ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި، ކޮވިޑާ ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ކޮވިޑްގެ ޙާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލަށް އަރުވާފައިވާ ކަމަށެވެ.
އެ ވާޗުއަލް ބައްދަލުވުމުގައި އަހުމަދު ހަލީލް އާއި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެވަޑައިގަތެވެ.
ކޮވިޑް-19 ގެ ހާލަތު ދިމާވި ފަހުން ޝާހިދު ގެންދަވަނީ އދ.ގ އިތުރުން ދުނިޔޭގެ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއެކު ބައްދަލު ކުރައްވައި ރާއްޖެއަށް އެހީތެރިކަން ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކޮށްފައިވާއިރު، ރާއްޖޭގައި ބަލިމަޑުކަމުގެ ހާލަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ގޯސްވެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފައިވެއެވެ.
އިއްޔެ އެކަނި 734 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އަދަދެެވެ. އޭގެ ކުރީ ދުވަހު އެކަނި 600 އެއްހާ މީހުން ފައްސިވިއެވެ. އެއީ އެ އަދަދަށް މީހުން ފައްސިވި ފުރަތަމަ ދުވަހެވެ. ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.
ތިޔައުޅެނީ ލާރިކޮޅެއްހޯދަން ރަށްޔަތުންނަށް ވަރަށ ް އޮޅުވާލެވިއްޖެ ދޯ.
ހިއްސާކޮށް ލާރިކޮޅެއްހޯދައިގެން ކާލާ، މިއޮތްހާދުވަހު ލިބުނު ލާރިއަށް ހެދިގޮތެއް ބަލާނެމީހަކު ނެތް! ކާޕެޓަށްވެ ނިމިއްޖެ. އެކަމަކުބުނި ވޭތުވެދިޔަ 40 އަހަރު އެހީ ނުލިބޭވަރަށް ހޯދައިފީމޭ. ކޮބާހޭ އެހީތައް. ކުރިކަމެއް ފެންނާކަށްނެތް.
ބުނަން ކެރުނުތަ އިންޑިއާއިން މިގައުމަށް އެހީވަމުންވަމުން ގޮސް ދިން ހިލޭ އެހީބޮނޑިއެކޭ މިފަހަރު މިއީ. އެއަށްވުރެ ރީތިކޮށް ބުނާނަމަ އެގައުމުން އައި ބަލާވެރިކަމެކޭ ބުނަންޖެހޭނީ..