މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ޝަރިޔަތް ކުރިޔަށް ދަނިކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ޕީޖީން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އަލީގެ ޕާސްޕޯޓު ކްރިމިނަލް ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގެން ގޮސްފައެވެ. އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އެވެ. ކްރިމިނަލް ކޯޓުން ޕާސްޕޯޓް ބާތިލްކުރި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރިއެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާ މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުގެ ބެންޗުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުކޮށްފައެވެ.

މުއްދަތެއް ބަޔާންކޮށްފައި އޮތްވައި މުއްދަތު ހަމަވުމަށް ފަހު ހައިކޯޓުގައި އަމުރާ ބެހޭ ގޮތުން ޗެލެންޖެ ކުރުމަށް ބަދަލުގައި ކްރިމިނަލް ކޯޓަށް އެ އަމުރު ރިވައިޒް ނުކުރެވޭނެތޯ ފަނޑިޔާރު މަހާޒު ސުވާލުކުުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކަންތައްތައް ހިނގާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި އާއްމުކޮށް ކަންތައްކުރާ ގޮތަކަށް ނޫން ކަމަށެވެ. އެކަމާއި ގުޅިގެންވެސް ގޮތް ނިންމަވާނީ އެއް ގާޒީއެއް ކަމަށެވެ. މައްސަލަ އިސްތިއުނާފް ކުރީ ވަކި މުއްދަތަކަށް މީހަކު ޖާމިނުކުރުމާވާފައި ޕާސްޕޯޓް ދޫކުރުމަށް ދޫކުރުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ނުފެންނާތީ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޕާސްޕޯޓް ދުކުރުމާއި ގުޅޭ ގޮތުން ދައުލަތުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް އަޑުއެހުމުގައި ގާޒި ވިދާޅުވިޔަސް ލިޔުމުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ.

ދައުލަތުން ބުނީ މައްސަލާގައި އާދަޔާ ހިލާފަށް ކޮށްފައިވާ އަނެއް ކަމެއް ކަމަށް ފެންނަނީ ކޯޓުގެ އަމިއްލަ އިސްނެގުމަކަށް މެޑިކަލް ޗެކަޕް ހަދައި ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ހަބީރަކު ހާޒިރުކޮށް މައްސަލާގައި ގޮތެއް ނިންމުން ކަމަށެވެ.

ފުރަތަމަ އަޑު އެހުމުގައި ޓްރިޓޮޕްގެ ޑޮކިއުމެންޓްތަކެއް ބަލާލަން ލިބުނު ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެކަމަކު ޑރ ޝާން އަށް ރިޔާކޮށް އައިޖީއެމްއެޗުން ދިން ކަމަށް ބުނާ ލިޔުން އަދވެސް ނުލިބޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އަލީ ވަހީދުގެ އައިރު ހާޒިރުގައި މައްސަލަ ހިންގިދާނެކަމާއި މެދު ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތިކޮށްފައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ޖަވާބެް ދައުލަތަކަށް ނުދެވުނެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ މައްސަލަ ދެންއޮންނާ ދުވަހެއް އާއްމުކުރާނެ ކަމަށް

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަިަައިބޫ

    ފަންޑިޔާރުންނައް އަލީ ވަހީދު ކިހާ ވަރެއްދިން ބާ އޭ ހަމަ ހިތައް އަރާ، އަބޫ ޖަހުލު ދައްކާ ވާހަކަ އާ ތި ފަންޑިޔާރުން ދައްކާ ވާހަކައާ އެއްވެސް ތަފާތެއް ނެތް ވިއްޔަ

  2. އަންނި

    ތިކަމުގަ މައްސަލައެއް އޮއްތަނެއް ނުފެނޭ.

  3. ގެރި

    މިސަރުކާުރު އޮތީ ރޭޕަށް ފައްސިވެފަ

  4. ބަކަރި

    މި ސަރުކާރުން ޖިންސީގޯނާ ކުރާ މީހުންދެކެ ވަރަށް ލޯބިވާކަމަށް ފާހަގަވޭ

  5. ގެރި

    އަދިވެސް އޭނަގެ ތަންތަންދޯ ޗެކްކުރުވަނީ ބޭރަށް ފޮނުވައިގެން.. ރޭޕް ސަރުކާރު އިސްތިއުފާ

  6. ފަޓާސް

    މައްސަލާގައި ޖާމިނުވި މީހާ ދުލުން އިޤްރާރުވި ބަސް ބުނީމާ ހުރިހާކަމެއް ހަމަވީތޯ. ދެން ދައުލަތަށް ގޮތް ހުސްވީތޯ. ޖާމިމިނުވިމީހާ އަށް އަޅޭނެ ފިޔަވަޅެއް ދެން ނެތީތޯ. ޤާނޫނު އަވަހާރަ ވީތޯ.