ނުހައްޤު މުއްސަނދިކަން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤާނޫނުލް އުޤޫބާލަތަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމްް މުހައްމަދު ސާލިހް ތަސްދީގުު ކުރައްވައިފިއެވެ.

މި ބިލަކީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި ވަނީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔައިރު، ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމުކުރުމަކީ ކުށެއް ކަމަށެވެ.

ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ދުވަސްވަރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އެ މުވައްޒަފުގެ ނަމުގައި ނުވަތަ މުވައްޒަފުގެ އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައިވެއެވެ.

ބިލުގައިވާ ގޮތުން، އެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ. އަދި އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް މުދަލެއް ލިބިފައިވަނީ ވެސް ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ.

މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެހެންވާނަމަ އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާ ނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވާ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އުވޭނެކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ކަމަށް އެ ޤާނޫނީ އޮނިގަނޑުގައި ބަޔާން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކައްބެ

  ވަރަށް ރަނގަޅު ތިޔަބޭފުޅާވެސް ނުހަށްގުން މުއްސަނދިވެފަ ހުރިތޯ ބަލަން އެބަޖެހޭ އަޑުއެހިން ތިޔަބޭފުޅާއަށްވެސް ބައެއްޢޅިފަހުރިކަމަށް މިއީ ތޯތޯވާހަކަ އެއްނޫން ފޭހުނު އިލޮށި އަމިއްލަލޮރަށް ނުހަރަށްޗޭ .

  • ކޮވިޑް

   ކައްބެ ތީކީ ސުވަލެއް އުފެދޭ ކަމެއްނޫން އެދަނީ މިހާރު ވާގަނޑު ރެޑީ ކުރަމުން މިކަން ކުރުވަނީ އެއްމެ ލޯބި އެއްމެ ގާތް އެއްމެ އިޙްލަސްތެރި އަންނި . ރެހެންދި ލިފްޓް މިކަމާ ހެކިވާނެ،

 2. ނަން

  އަދުރޭ، ނިހާން. ޔާމީން، ފަދަ މީހުންގެ މިލްކިއްޔާތުގައި ހުރި މުދާ އަވަހަށް ނީލަމުގަ ވިއްކާލަންވީ

  2
  14
 3. ނަންކިޔސަް

  އަދުރޭ، ނިހާން. ޔާމީން، ފަދަ މީހުންގެ މިލްކިއްޔާތުގައި ހުރި މުދާ އަވަހަށް ނީލަމުގަ ވިއްކާލަންވީ.

  2
  12
 4. އަނިލް

  އަންނި، އީވާ ރޮޒެއިނާ،މިހެނގޮސް މަޖޮލިހުގައި ތިބި އެމްޑީޕީ މެމްބަރުންގެވެސް މިލްކިއްޔާތަށް ވެސް ނަގާ ނީލަމަށް ލާންވީ

  1
  1
 5. ހުސޭނުބޭ

  އަދީބު އަތުން ނެގި 37 މިލިއަން ރުފިޔާ ނުހިމެނޭގޮތަށް ދޯ ބިލް ތަސްދީގުކުރީ

 6. Anonymous

  ޤާނޫނަކު ކުށެއްކަމަށް ކަނޑައަޅާކަމެއް ކުށަކަށްވާނީވެސް ކުށްކަނޑައަޅާ ތާރީޚުގެ ފަހުން ކުރާ ކުށަށޭ. ޤާނޫނު ދަންނަނީވެސް އެގޮތޭ ވީމާ ކުރިން ނުޙައްޤު މުއްސަނދިކަން ލިބުނު މީހުން .....

 7. ކާފަ

  ވާ ވާ.. ވައްކަން ކުރާނެވަރަށް ކޮއްފަ ދެން ބިލު ތަސްދިޤު ކުރީ..

 8. އެމަންޖެ

  ނުހައްޤު ހުރިހާ ކަމެއްވެސް އޮތީ މަނިކުފާނުންގެ އަތުގަ.

 9. ޟިލާ

  ..ތިއުޅުނީ ގުއިރޯނު ގަޖެހެން.އަމިއްލަ އައްފޭސް ސި އިލޮށި ގަނޑު އަމިއްލަލޮލައްހެރެން..

 10. ޙގފދ

  ރީކޯ މޫސަގެ 3 ރިސޯޓު
  މާރިޔާގެ ގެސްޓުހައުސް ވިޔަފާރި
  އިބޫގެ ޕޭން އިންޓަނޭޝަނަލް
  ރޮޒޭނާގެ ހޮސްޕިޓާ

 11. އަބްދޫ

  ނުހައްގު މުއްސަނދިކަމެއްލިބުނު ބޭފުޅެއް ސިއްކަ އަހުމަދު އިސްމާއީލް މަނިކަކީ އެއީ މައިޓް ކުންފުނީގެ ވަޒީފާއެއްގަ ހުރެފާ މުސާރަޔަށް ލިބުނު 100 ރުފިޔާއިންބާ މުއްސަނދިވީ.ހަމަޔަގީނުންވެސް ޅިޔަނު ކެރަފާ ސައްތާރަށް މައިޓްކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ އަދަބު ކަނޑައެޅުނު ފައިސާ ނުދެއްކީމަ އިފްލާސްކުރި . އިފްލާސް ނިމުމުން ދެޅިޔަނުން ވިޔަފަރި ފެށި އަދިވެސް އެހެރަ ސިއްކަގެ ވިޔަފަރިއަކީ އެހިސާބުން ގުޅިގެން އަންނަ ވިޔަފާރި ވީމާ މިވިޔަފާރިވާނީ ހަމަ ނުހައްގު މުއްސަނދި ކަމަކަށް ނޫންބާ؟

 12. ދިރާސާވެރިޔާ

  އަހަރުމެންނަށް ވަޒީފާ އިން ލިބޭ އާމްދަނީން ނުވެގެން އއިތުރު މަސަ އްކަތް ކޮ އްގެން އާމްދަނީ ހޯދަން މަޖުބޫރުވަނީ.. ކޮންމެ މީހަކުވެސް އެމީހެ އްގެ އަމި އްލަ އަށް އުޅެން ކޮރަޕްޝަނަށް ނުވާގޮތަށް މު އްސަދި ވުމުގެ ހަ އްގު އޮންނަންވާނެ. އާމްދަނީ އާއ އި ނުބަ އްދަލު ދިރި އުޅުމެ އް އުޅޭ ކޮންމެ މީހަކީ ކުށްވެރިޔަކަށް ވެ އްޖެ އްޔާ މިގަ އުމުގަ އި ޖެހޭނީ ބޮސް ދިންވަރަށް ރުހިގެން ތިބެން. އަމި އްލަ މީހާ އިތުރުގޮތެ އް ހޯދަ އިގެން ވިޔަފާރިކުރުމަކީވެސް މަނާކަމެ އް

 13. ވަގުތުންވަގުތައް

  ނުހައްގުން މުއްސަދިވެ އޭގެ ބޭނުން ނަހަމަގޮތުގައި ހިފާ ރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ބިންތައް ކުޑައަގެއްދީފައި ގަނެގެން ކިބަޅި ލަގުޒަރީ އެޕާޓްހެދުމަށްފަހު ބޮޑު އަގުގައި ވިއްކުމުގެ ވިޔަފާރިކުރަން ނަފާހޯދިގޮތް ބަލަންޖެހޭނެއެވެ. އަދީބު އަތުން ލިބުނު ލާރި ކޮބާތޯއެވެ. މަނިކުފާނުގެ ކޮއްކުގެ ފިރިމީހާގެ އެކައުންޓްގައި ހުރި ފައިސާ ކޮބާތޯއެވެ. ކޮއްކޮގެ އެޑިޓްރިޕޯޓް ރައީސްއޮފީހުން ސައިޓަށް ލުމަށްފަހު ނެގުމަށްފަހު ދެވަނަ ފަހަރަށް ލިއިރު ބޮޑު ހިޔާނާތުގެ ފައިސާއަށް ވީގޮތް ސާފުކުރަން ޖެހެއެވެ.

 14. އަބްދޫ

  އިބޫސާލިހާއި އިބޫސާލިހް ގެ އަންބިމީހާ ކައިބޮއިހެދީ ސިއްކަ އަހްމަދު އިސްމައީލް ހަރަދު ކޮށްގެންތަ؟މައިޓްކުންފުނި ؟ ހައްގު ފައިސާތަ ؟ ތިބީހައްގު މުއްސަނދިކަމުގަބާ؟