ރާއްޖޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ކޮންޓްރޯލް ކުރުން ސިފައިންނާއި ފުލުހުންނާ ހަވާލުކުރުމަށް އެމްއެންޑީއެފް އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ގޮވާލައްވައިފިއެވެ.

އިޙުސާން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ޑޮކްޓަރުންގެ ޓީމަކީ ފަންނީ އިރުޝާދު ދެއްވާ ބޭފުޅުންތަކެއް ކަމުގައި ހަމަޖައްސައި، އެޗްޕީއޭ އަކީ ކަންކަަން ހިންގުމުގެ އިދާރީ މަސައްކަތްތަކުގައި އެންމެ އިސް ފަރާތް ކަމުގައި ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

އިހުސާން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ކަންކަން ރާވައި ކޮންޓްރޯލުކުރުމުގެ ހުރިހާ ޒިންމާއެއް ސިފައިންނާ ފުލުހުންނަށް މަތިކުރުމަށް ގޮވާލައްވައިފައެވެ.

އިހުސާން ވިދާޅުވީ ކަންކަން އެގޮތަށް ނިންމައިފި ނަމަ ސަލާމަތީ ޚިދުމަތްތަކުގައި ކުރިން މަސައްކަތްކުރެއްވި ވަރަށް ގިނަ އޮފިސަރުންވެސް ދަރުމައަށް އެ މަސައްކަތުގައި އެހީތެރިވެވަޑައިގަންނަވަން ނިކުންނަވާނެ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އޭނާ ވެސް ހުންނެވީ ހިލޭ ސާބަހަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެންމެން ގުޅިގެން އެކީގައި މަސައްކަތްކޮށްފިނަމަ މި ކާރިސާއިން ސަލާމަތުން ރާއްޖެ ނެރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރުން ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް އަރައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިބްރާހީމް

    ތިޔަ ތިއްބެވީ ޤައުމަށް ވަފާތެރި ބޭފުޅުން.

    20
    10
    • އާރަށުގަ އޮންނަ އެތި

      ސްޓިކާ ޖަހަން ނެރެނީތޯ

      1
      1
  2. މާމިގިލީ މީހާ

    ކޮރޯނާ ވައިރެސް އަށް ބަޑި ޖަހާން ނެރޭ ބައެއްތަ، ސިފައިންނާ ފުލުހުން އެއީ.

    15
    18
  3. ާަައަހުމަދު

    ޢިހުސާން ބަޑި ޖައްސަވަނީތޯ ކޮވިޑް އަށް......

    12
    12
  4. ސޫނީ

    ކަލޭދޭބަލަ މިޔަންމާއަށް.. ކޮވިޑް ކޮންޓް ރޯލުވި ޤައުމެއްދައްކަބަލަ.. ހަމަ ދޭތެ ރެއަކުން ރާޅެއް ނަގާ

    10
    10
  5. އަހަރެން

    އޭރުން އަހަރެންވެސް ހިލޭ ސާބަހަށް މަސައްކަތް ކުރަން ނުކުން ނާނަން. ޢެމް އެން ޑީ އެފް ގެ ކުރީގެ މުވައްޒަފެއް

    16
    4
  6. ކިޔުންތެރިއެއް

    ފުލުހުންނާ ސިފައިންނަކަށް އިތުބާރެއްނެއް. މިނިވަން މުއްސަސާއަކަށް ވަނީ ބުނެލާ ބަހަކުންއެކަނި. ސިޔާސީ ވެރިންގެ އުނގުގައި ތިބެގެން މިކަމެއް ހައްލެއްނުކުރެވޭނެ. މިސަރުކާރުން ދައުރުހަމަކުރެވޭނެ ހަމައެކަނި ގޮތަކީ ރާއްޖޭގައި ކޮވިޑު ބާވާގެން. އަދި ޖީބު ފުރާލެވޭނެ އެންމެ ސަޅިގޮތަކީވެސް ކޮވިޑުންވީމަ.

    16
    5
  7. މެންބަރު

    ސާބަހޭ ތީ ދިވެހިދަރިންނަކީ ސާބަހޭ ސާބެހޭ

    14
    7
  8. ޑަލޭކަ

    ތިޔައީ މިހާރު އެއްވެސް އޮއްޓަރެއް ހުރި މީހެއް ނޫން

    10
    13
  9. ޙައްޕު

    ތީ ގޯސް ހިޔާލެއްނޫން!! ބޮޑުވަޒީރު ގެ ބާރު ނުހިނ ގާނަމަ ތީ އެންމެ ރަނ ގަޅު ގޮތް.މާލެތެރޭ ގައި ގަވައިދާ ހިލާފަށް އުޅޭ މީހުން މައިތިރި ކުރެވޭނީ އޭރުން.

    10
    5
  10. ލޮލް

    ބުރާންޗާ އެއީ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަސް އެކޭ
    އެހެންނޫނަސް ސިފައިންނާ ފުލުހުންނަކީ މާމޮޅު ބައެއްވެސްނޫން

    12
    12
  11. އަލީބާބާ

    ހާދަ އަވަހަކަށް އޮވަރ ރިއެޓް ތި ކުރަނީ. 0.24% ގައި ފެޓަލިޓީ ރޭޓް ހުރިއިރު، މާނައަކީ ބަލި ޖެހޭ މީހުންގެ 99.76% މީހުން ބަލިން ސަލާމަތްވާއިރު މާޝަލްލޯ ހިންގާ ޒާތަށް ކަންކަން ކުރަން ގޮވަނީ ކޮން ބުއްދިއެއް އައިސްގެންބާ؟ ކޮވިޑް ވައިރެސް ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން އެބަ ފެތުރޭ. މިއަދު ރާއްޖޭގެ ގިނަ މީހުންގެ ވިސްނުން ހުރީ ޕެނެޑޯލް ގުޅައެއް ކާލާއިރަށް ހުން މަޑުވާހެން ލޮކްޑައުން އިއުލާން ކުރާ ރޭ ވެސް ކޭސަސް މަދުވާންޖެހޭނެ ކަމަށް ޤަބޫލުކުރާ ވިސްނުމެވެ. ދިވެހިން އަދި އިވޮލިއުޝަން ސްޓޭޖްގެ ވަރަށް ފަހަތުގައި އުޅޭ ތަން ފެނިގެން މިދަނީ. ކެތްތެރިވެ ކަންކަން ބުއްދިވެރި ޕަރސްޕެކްޓިވް އަކުން ވަޒަންކޮށް ފިޔަވަޅުތައް އަޅަން ގޮވާލާ. މާޝަލް ލޯ ހިންގަން ހިތްވަރު ނުދީ.

    7
    8
  12. ސީރިޔަސް

    ތީވަރަށް އެހެންކަހަލަ ގޮވާލުމަކަށް ތިގޮވާލީ އެމީހުން ހަތިޔާ ރުގެ ބޭނުންކޮށްފި ނަމަ މުޅި ދުނިޔެއިިން ކޮރޯނާ ނައްޔާލަ ފާނެ

    10
    8
  13. ރަދީފުލް ކުމާރު

    ކޮވިޑުމަތިރިކުރާށޭކިޔާފާ ދުނިޔޭގެ އެއްވެސްބައަކުނެތް އެބައިމީހުންގެ ވެރިކަން ސިފައިންނަށް ހަވާލުކޮށްފައެއް. މިހާރު އިހުސާނުވެސް ތިޔަދޮންކުރަނީ ބައްޕާފުޅުފަދައިން މަޖުލީހަށް.

    1
    2
  14. ޓްރަމްޕް

    ކޮރޯނާއެވެ. ތިޔަ ކޮރޯނާއާ ހަނގުރާމަކުރެވޭނެ ހަމައެކަނި ގޮތަކީ މޫނު ނިވާކޮށް އަތްފައި ދޮވެ އަބަދުމެ ސައިބޯނި ބޭނުންކޮށް ގައިދޮވެ ހެދުމެވެ. ބުނާގޮތްވެސް ހަދައިގެން ކަންކަން ކޮންޓްރޯލްވާނީ ދެއްތޮ. އަޑުގެ ނެއްބާރައް ހަޅޭއްލެވުމަކުން ނުވާނެ އެއްވެސް ކަމެއް. ހަމަ ހީވަނީ އެހެންކަމަށް އެކަމަކު ވަގުތު ކަނޑައަޅުއްވަނީ އެހެންފަރާތަކުން....

  15. ދެން އަތްޖަހާ

    ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ގައުމުގެ ވެރިމީހާ ސީދާ ހަރަކާތަށް ނިކުމެގެން...ކަރަންޓީނު ފެސިލިޓީއަކަށް ގައުމު ހަދައިގެން ބޮޑު ލާރީގަ ހުޅިޖަހަން އުޅުނީމަ ހުންނާނީ ރާކަނިމަސް ކެވިފަ...

  16. ޙހހހ

    އެއީ ވަކިކޮންބައެއްތޯ ، މިއީ ﷲގެ ކޯފާއެއް ، މިއަށް އޮތް ހައްލަކީ ހެޔޮކަންކަމާއި ދުއާ ގިނަކުރުން ، އަދި ނުބާ ނުލަފާ މީހުންގެ ނުބާކަމުން ޤައުމު ސަލާމަތްކުރުން

  17. ޔާމިން

    ބޮޑު ގައްދާރެއް އެއީ.. ޔާމީން ވެރިކަމުގައި އަދީބު ހިބަޅިދޫއަށް ބަޑިތައް ގެންދިޔައިރު ބަޑިގުދަނުގެ ވެރިޔާތީ.. ރައްޔިތުންމެރިނަމަ ބަތަލަކަށްވާނެދޯ