ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އިމިއުނައިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ.ފައިސަލް މިކަން ހާމަކުރެއްވީ ޓްވިޓާައި އައިޖީއެމްއެޗުގެ ޑައިޓީޝަން އާޝިއާ އަބްދުއްރަހީމް ގެ ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ. މާބަނޑު މީހުންނަށް ކުރިމަތިވާ ނުރައްކަލާއި ގުޅޭގޮތުން އާޝިއާ ފާޅުކުރި ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމާފައިވާ ކަމަށެވެ.

އާޝިޔާ ވިދާޅުވީ އޭނާ އިންނެވީ ބަލިވެ ކަމަށާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހަކަށް ވުމުން ބައްޔަށް ހުށަހެޅުމުގެ ފުުރުސަތު ބޮޑު ކަމަށެވެ. މާބަނޑު މީހުންނަށް ވެކްސިން ނުދޭތީ، އޭނާގެ ކުޑަ ދެ ކުދިންނާއި އާއިލާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށާއި ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ ދެ ވައްތަރެއްގެ ވެކްސިނެވެ. އެއީ ކޮވިޝީލްޑް ވެކްސިން އާއި ސިނޮފާމް ވެކްސިނެވެ. ސަރުކާރުން ދަނީ އުމުރުނއ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން މަސައްކަތްކުރަމުންނެވެ. ސިއްހަތާބެހޭ ވަޒީރު ވަނީ މީގެކުރިން ރާއްޖެއަށް ފައިޒާ ވެކްސިން ހޯދަން މަސައްކަތްކުރާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާބަނޑު މީހުންނަށް މިހާރު ދެމުން އަންނަނީ ފައިޒާާ ވެކްސިން އާއި މޮޑާނާ ވެކްސިން އެވެ. މި ދެ ވެކްސިނަކީ މާބަނޑު މީހުންނަށް އެންމެ އެކަށީގެންވާ ވައްތަރުގެ ވެކްސިން ކަމަށް ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީޝް

    16 18 ދެމެދުކުދިންނައް ފައިޒާވެކްސިން ދޭންސަރުކާރުންވިސްނަނީތަ ނުވަތަ މިހާރުޖަހަނީތަ ނުބައިސަރުކާރު ދިވެހިރައްޔިތުންނައްއޮޅުވާލާނީކިހާވަރަކައްތިބުނާފައިޒާވެކްސިންމިހާރުވެސް 16 18 އަހަރާދެމެދު ސީއެޗްއެއްސީ ކުދިން ގަޔައްއެބަޖަހާދެންކޮންވިސްނާވާހަކައެއް އެއްވެސްވެކްސިންއަޕްޓޭޓެއްވެސް ނެތްވަ ގައް ބޮޑުން ގެދަރިންގ ގގަޔައްތިގޖަހަނީ