ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދަމުންދާ މި ދަނޑިވަޅުގައި ޗައިނާގެ އެހީތެރިކަމަށް އެދި އެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު، އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު މުޙައްމަދު ނާޝިދު (ނާޑު) ވިދާޅުވެއްޖެއެވެ.

ނާޑު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވަސީލަތްތައް މަދު ޤައުމެއް ކަމަށާއި ފްލޯޓިން ހޮސްޕިޓަލެއް ވެސް ގެންނަން ޖެހޭ މި ދަނޑިވަޅުގައި ބޭރު ދުނިޔޭގެ އެހީތެރިކަމާއި އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.

"ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޗައިނާގެ އެހީތެރިކަމަށް އެދެން ޖެހޭ،" ނާޑު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވި ފަހުން މިހާތަނަށް އައި އިރު ވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ އެއް ގައުމަކީ ޗައިނާއެވެ. ޗައިނާއިން އުފެއްދި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައިވެއެވެ. ޗައިނާގައި ހާލަތު ދަށްވެގެން ދިޔަ ދަނޑިވަޅުގައި ރާއްޖެއިން ވެސް ވަނީ ދިވެހި މަސް ދަޅު ކޭސްތަކެއް ޗައިނާއަށް އެހީއެއްގެ ގޮތުގައި ފޯރުކޮށްދީފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފައިވެއެވެ.

އިއްޔެ އެކަނި 734 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އަދަދެެވެ. އޭގެ ކުރީ ދުވަހު އެކަނި 600 އެއްހާ މީހުން ފައްސިވިއެވެ. އެއީ އެ އަދަދަށް މީހުން ފައްސިވި ފުރަތަމަ ދުވަހެވެ. ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    އެއިރުންއެޖެހެނީ އުނބަށް . އެކަމަކުވެސް މިދަނޑިވަޅު ގާ ލަދުހަޔާތްކަނޑާލާފަވެސް އެހީތެރިކަންހޯދުމަކީ ކުރަންޖެހޭކަމެއް. ބޮޑުވަޒީރަށް އިބުރަތެއްހާސިލުކުރެވޭނެކަމަށް އުންމީދުކުރަން!! "އަލިފު ހާ"

  2. އަލާ

    ވީ ހާލެއްގަވާން މިގައުމު އޮންނާނީ އަދިވެސް އިންޑިއާއާއެކު. މިގައުމުގެ ބަޔަކު މަރުވިއަސް ނުކެނޑޭނެ ފަދަ ގަދަ ބަދަހި ގުޅުމެކޯ އޮންނަނީ. އިންޑިއާ ސިފައިން އެމީހުންގެ އާއިލާއާއެކު އައިސް ތިބެން ހުޅުވާލާފަ އޮތް ގައުމެއް މިއީ.

  3. ރަހާ

    ޗައިނާ ލާފެި ހަލަފެލެއު. ޕީޕީއެމް ވަގުން