ރާއްޖެ ޓީވީގެ މެނޭޖްމަންޓުން އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ "ވައްކަމުގައި މަތި އަޅަން" އުޅުނަސް މި ޚިޔާނާތުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ޓަކައި ކުރައްވާ މަސައްކަތް ނުހުއްޓުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ބައިވެރިވި ނޫސްވެރިޔާ ވަނީ ރާއްޖޭގައި އެތައް ޚިޔާނާތުގެ މައްސަލަތައް ހިނގަމުންދާއިރު ހަމައެކަނި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ވާހަކަ ރައީސް ނަޝީދު މާ ބޮޑަށް ދައްކަވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލާ މެދު ރައީސް ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ. އަދި އެއީ ސުވާލެއް ނޫން ކަމާއި ހީވާ ހީވުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަޝީދު ވަނީ ރާއްޖެ ޓީވީއަށް އަމާޒު ކުރައްވައި ބަހުގެ ހަމަލާތަކެއް ވެސް ދެއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ ޓީވީން "ވައްކަމުގެ މަތި އަޅުވަން" ބޭނުންވިޔަސް އެމަނިކުފާނު އެ މަސައްކަތް ކުރުން ހުއްޓައެއް ނުލައްވާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމާއި، އެ ޚިޔާނާތުން އެތައް ފައިސާއަށް ދައުލަތަށް ނުލިބި ގެއްލިގެން ދިއުމުގެ ސަބަބުން ރާއްޖޭގައި ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ތަރައްގީގެ މަޝްރޫއުތައް ވެސް މަޑުޖެހެމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު، ބައްދަލުވުން ނިންމަވާލައްވަމުން ވެސް ނަޝީދު ވަނީ ރާއްޖެ ޓީވީއަށް ބަހުގެ ހަމަލާއެއް ރައްދު ކުރައްވާފައެވެ.

"ރާއްޖެ ޓީވީން އަޅުގަނޑު މި ޚިޔާނާތުގެ މައްސަލަ ބޮޑުކޮށްގެން އުޅޭތީ އަދި އެ ކަމާ ކިތަންމެ ކަންބޮޑުވިޔަސް އަޅުގަނޑަކަށް ނެތް މި މަސައްކަތް ހުއްޓާލެވޭކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މަސައްކަތް ނިންމާލާނީ މި ޚިޔާނާތުގެ ފައިސާ ދައުލަތަށް އަނބުރާ ހޯދައިދީފައި،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ޓީވީ އަށް ނަޝީދު ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއިރު ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރަކީ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އެވެ، ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަނަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންތައް އާންމުކުރިއިރު އަކްރަމްގެ ނަން ހިމެނިގެން އޭނާ އެ މަގާމުން ސަސްޕެންޑް ވެސް ކުރިއެވެ. އެކަމަކު އަކްރަމްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ތަހުގީގީ އިދާރާތަކުން ކަނޑައެޅުމުން އޭނާގެ ސަސްޕެންޝަން ފަހުން ވަނީ އުވާލައިފައެވެ.

ނަޝީދު ވަނީ ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމަކާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ޚިޔާނާތުގެ ފައިސާ ހޯދުމަށް ހުށަހަޅުއްވައިފައެވެ. ރަައީސް ނަޝީދު މި ގޮތަށް ހުށަހެޅުއްވީ ޤަރާރެއްގެ ގޮތުގައި އެމްޑީޕީގެ ޤައުމީ މަޖިލީހަށެވެ. ޤައުމީ މަޖިލީހަށް އެމަނިކުފާނު މި ޤަރާރު ހުށަހަޅުއްވަން ނިންމެވީ ގައުމީ މަޖިލީހުގެ އިންތިޚާބު ކައިރިވެފައި ވަނިކޮށެވެ. އެމަނިކުފާނު ވަނީ ގައުމީ މަޖިލީހަށް ޚިޔާނާތުގައި ދުރު ބަޔަކު އިންތިޚާބު ކުރުމަށް ވެސް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭ މިގައުމުގައި ހުޅުޖެހި ކަންތަކުގައިވެސް މަތިނުޖެހޭނެ ރިޔާސީގަނޑުވަރުން ނެރުނު ބަނގުރާފުޅިތަކުގެ ވާހަކަވެސް ރާއްޖެ ޓީ ވީ އިން ކިޔަންވާނެ އަދި ދިވެހިމޭސްތިރި ހުލިވި ވާހަކަވެސް ...

    84
    8
    • ނައިކް

      ނަޝީދު ކަލޭ މިހާރު ތިޔަ މޮޔަގޮވަނީ، ވާނުވާ ނޭގި ކިޔޭ ނުކިޔޭ ނޭނގޭ ހިސާބުގަ ތިހުރީ، ބަލަ އަކުރަމު ކަމާލުއްދީނާ ދެކޮޅަށް ތިޔަ ނެރެގެން އުޅޭ ޝިފާގެ ހާލު މާދެރަ އިނގޭތޯ އޭނާގެ ކޮރަޕްޝަނުނުގެ މައްސަލަތަކުން އޭސީސީ ފުނިޖެހިފަ..މިއޮއްހާ ދުވަހު ކަލޭ ގޮވީ ރާއްޖެ ޓީވީވީން އެމްއެމްޕީއރުސީގެ ކޮރަޕްޝަން ހާމަކުރިވާހަކަ މިއަދު އެހެން އެއްޗެއްް ތިޔަ ކިޔަނީ އަމިއްލަ އެދުމުން ފޯވެ މަބޮޑޭވީމަ ވާނެ ހައެތި ތިވަނީ..ކަލޭ ޕާޓީ މީހުންވެސް ކަލޭ ދައްކާވާހަކަ އަޑެއްނާހާ މިހާރު ތި ލެވަލަށް ވެއްޓުނީމަ

  2. ޕީކަބޫ

    ކައިގެން ކުޅޭނީ. ފުރަތަމަ މިތަނަށް އިންޑިޔގެ ކާފަރު ސިފައިން އަރުވައިގެން މިބިމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަންނަށް ހަދާފައިވާ ސިއްރު ޑީލުތައް ތަހުގީގުކޮއްބަލަ، ތިއިން އެކަކަށްވެސް އެކަމުންބޯދަމައި ގަނެވޭތޯ. ބޮއްޅައަކީ ކަންކަމުގެ މަތިޖަހަން ހެޑްލައިން އަޅާ ދެއުޅިއެއް ނުވާ އެއްޗެއް

    85
    5
    • ޡިމޯ

      އަކުރަމު ކަމާލުއްދީނު ހޮވިދާނެތީ ހާދަބިރެއް އެބަ ގަނެއޭ މީހަކު.. އެކަމު ބުނަން ތިޔަ ފެންނުވަރާ ޝިފާއަށްވުރެއް އަކޫ މާ ރަނގަޅު.. މިއޮއްހާ ދުވަހު ރާއްޖެޓީވީ އޯކޭ ތިމާގެ ދިފާއުގަ ރެއާ ދުވާލު ޖިހާދު ކުރީ އެކުދިން އޭރު އޯކޭ ތިމާ ބޭނުން ނުވާ މީހަކު ޕުރަމޯޓު ކުރީމަ ކަޑަވީ.. ތިޔައީ ތިޔަ ޑިމޮކުރަސީގެ އައްޕައޭ ކިޔާ މީހާގެ ހާލު ތިޔަ ޒާތުގެ ޑިމޯ ކުރޭޒީ ހިފައިގެން ނުތެޅުނިއްޔާ ރަމގަޅީ.

  3. ރަދީފް

    ކޮބާ ރޯނުއެދުރު އާމިރު.

    11
    2
  4. ބުއްޅަ

    ޓްރަމްޕް އަށް ސީއެންއެން ގޯސްވީ، މިކަލޭގެއަށް ރާޓީވީ!

    23
  5. ޒަހާ

    ދައުލަތުގެ 444 ރުފިޔާއަށް ހިޔާނަތްވެ އަމިއްލައަށް މީޑިއާ އަދި ރައްޔިތުންގެ މަޖްލިސްގައި އިއުތިރާފްވެފައިވާއިރު މިމައްސަލަ ބަލާ މީނާނެ ގޮޑި ގެއްލުވާލަން ސާލިޙް ނޫޅެ ހުންނަނީ މިދެމީހުން ގުޅިގެން ވައްކަން ކުރާތީ

    19
  6. ގަނޖ

    މަސްތުވާ ތަކެތި ވިއްކާ މީހުންގެ މުއްސަދި ކަމުގެ ވާހަކަ ކޮބާތަ

    28
    2
  7. Anonymous

    ނަސީދު ހުރިހާ ގުރުބާނީއެއް އެވެލައްވަނީ ދިވެހިން ނަށް ޓަކާ ރަނގަޅުގޮތް ހޯދައި ދިނުމަށް

    10
    60
  8. ސަލާމް

    ކަލޭ ކިތަންމެ ބާރައް ތިކަމާބެހޭ ވާހަކަ ދެއްކިޔަސް އެކަމެއް
    ކަލޭމެން ނަކައް ނުކުރެވޭނެ ބޭލޭނީ އަމިއްލަސޯޓު ކުރންކެރޭބަޔަކު ދެއިރުދެ ދަޅަޔައް ތިހެން ނުގޮވާނެ މުސް ކުޅިންގެ ހަރު ބަހެއްއޮވޭ ބޭހާއި ނުކުޅޭތިބަޑި ނޭންގިހުއްޓާ އަނދައިފާނޭ ގޭމަކޮޔާއި ފިހިދާނޭ ކަލޭމެން ބޭނުންވީ އެނަމުގަ ރައީސްޔާމީން ޖަލައްލާން ހީކުރީ ޔާމީން ޖަލައްލީމަ އެއަޑު ކެނޑޭނެކަމައް އެއަޑުވީގަދަ މިޔަދު ތިތިބެނީ ޖަލައްލެވުނު މޮޔަހީވެފަ

    16
    1
  9. ހުސޭނުބޭ

    މިވީހާތަނަށް ބުއްޅަބެޔަށް ޤައުމަށް ފައިދާހުރި ކަމެއް ކޮށްދެވެފައި އެބަ އޮތްތަ؟

    19
  10. ކާފަ

    ގުއި އަނގަނުތަ ޅާ ކަންކޮއްފަ ދައްކާބަލަ ބުއް ޅްބޭ.. ކަލޭ ސަލާމަތްކުރަންވެސް މޑޕ މެންބަރުން ތިބީ އަދީބު އަތުން ލާރި ކައިގެން. ވެރިކަމުގަ ކަލޭމެން. މަޖިލީހުގަ ކަލޭމެން. ދެން ކޮންކަމެއް ނުވެގެން ތިއުލެނީ...

    13
  11. އިބްރާހިމް

    މީނާ މިއުޅެނީ މީނާއަށް ބައިއަޅާގޮތަށް އަނެއްކާވެސް ބޭރުގެ ލާދީނީ ޖަމާއަތަކަށް ދިވެހިދައުލަތުން ލާރިގަނޑެއް ދޭންވެގެން. މީނާގެ ވެރިކަމުގައިވެސް 800މ ޑޮލަރެއްގެ މައްސަލައެއް އުފައްދައިގެން އިނގެރޭސިވިލާތުގެ ގްރާންޑް ތޯންޓަން ކިޔާ ޖަމާޢަތަކަށް އެތަކެއް މިލިއަން ޑޮލަރެއް ވަނީ ދީފައެވެ. ވީކަމެއް ޙަރާމެވެ. ދައުލަތް ލޫޓްވުން ނޫންކަމެއް ނުކުރޭ. އަބަދުވެސް މޮޅު ދޮގެއް ހަދައިގެން ރައްޔިތުންގެ މަޤްބޫލްކަން ހޯދުންނޫންކަމެއް ނުކުރޭ.

    14
  12. ގުނބޯ ހައްދަނީ

    ރާއްޖެ ޓީވީ އަކީ އެމްޑީޕީގެ ޕްރޮޕަގަންޑާ ފަތުރާ ޗެނަލްއެއްކަން އެންމެންވެސް ދަނޭ.

    18
  13. Anonymous

    މިސޮތު މިވަރަކަށް ތެޅިބާލަނީ ހުޅުޖެހިމީހާއަށް ވީމަތަ؟

    33
    2
  14. ލޯބިވާ ވަޠަން

    ޢެހެންވީމަ ދޯ ކ ކަލޭ ކޮންމެ ރެއަ ކުހެން ހުޅުމާލެއަށް ގޮސް އަދީބު އާއި ބައްދަލުތިކުރަނީ.

    13
  15. ވަޒީރު

    މުޅި ރާއްޖެ އަށް ކޮވިޑް ފަތުތާފަ ދެބޯގެރި ދުއްވަނީ...

    17
  16. ބުއްޅަ

    ކަލޭމެންވެސް ކޮށްފަ ހުރި ވައް ކަންތަ ކާއި، ޙިޔާނާތްތައް ވެސް ބަލަން ވާނެ.

    13
  17. Anonymous

    ތިހިުރިހާ ވައްކަމުގެ މައްސަލަ ބަލާނިމެންދެން އެ ފައިސާތައް ބޭނުންވެސް ނުކޮއް އެނެގިމީހުން ތިބޭނެ ދޯ ހެހެހެ

  18. ދިރާސާ

    މިވަގުތު ބުނެވެން އޮތް އެތި އެބުނެލީ.

  19. ރައްޔިތުމީހާ

    އެލެ ކްސް ތިޔަ އުޅުއްވަނީ މެންބަރުންނާއި މުއައްސަސާތަ ކުގެ އިސްވެރިންނަށް ބިރު ދައް ކައިގެން 2023 ރިޔާސީ އިންތިހާބު ނުބާއްވައި ބޮޑުވަޒީރު ކަން ހޯދަން.. މީނާ މަޖިލިސް ރައީސް ކަމުން ވަ ކި ކޮށް ހަތަރު ކަށިމަތި މާލޭ މީހާ ކައިރީ ގޮނޑީގައި ބައިންދަންފެނޭ.. އޭރުން ހުންނާނެ ނިޒާމީ ނު ކުތާ ނަގާލާފައި..