ޖިމްތަކާއި، ސެލޫންތަައް އަދި ސިނަމާތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެެރުނު އެންގުމެއްގައި ވިދާޅުވެެފައި ވަނީ ވަކި ގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި، ސިނަމާތަކާއި ސެލޫންތައް ބަންދުކުރުމަށް އަންގާކަމަށެެވެެ.

ނަމަވެސް، ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެކަމަށާއި އަދި އެ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހާރު މާލެ ސަރަހައްދުގައި ވަނީ ރޭގަނޑު 9:00 އިން ފެށިގެން ދަންވަރު 4:00 އަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ.

މި ނިންމުންތައް ނިންމަމުން ދަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ނުވާ މިންވަަރަށް މުޅި ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 700 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފަައެވެ. އިއްޔެ އަކީ މިހާތަނަށް މި ބަލީގައި އެންމެ ގިނަ މީހުން ރާއްޖެއިން ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީކޭބުނާނީއަޅެ

    އަދިވެސް ރެސްޓޯރަންޓުން ނޫނިއްޔާ ނުކާތި ގޭގަ ބަދިގެ ހުއްޓަސް ، ރޯދަ ވީއްލުން ކަޑަ އިފްތާރު ބަރާބަރު