ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި އަމިއްލައަށް އިސްނަގައިގެން ސަރުކާރަށް މަސައްކަތް ކޮށްދޭން އެދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރެކޯޑް އަދަދަކަށް ވޭދަނަތައް ރިޕޯޓް ކުރެވެމުންދާއިރު ބައެއް ރަށްރަށުގައި ކޮވިޑަށް ޓެސްޓު ކުރެވެނޭ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައި ނެތް ކަމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމަށް އާޑަމް ޝަރީފް ވިދާޅުވީ ސަރުކާރަށް އިތުރު އެހީއާއި ވަސީލަތްތަކާއި މަސައްކަތްތަށް ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ. މި ގޮތުން ސަރުކާރަށް ކުރަން ދަތިވެފައިވާ މަސައްކަތްތައް ވޮލިއުންޓިއާކޮށް ކޮށްދޭން ތައްޔާރަށް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުވެސް އަޅުގަނޑުމެން ވަނީ ރައީސް ސޯލިހަށް ވެސް ސިޓީއަކުން ދަންނަވާފައި އަނެއްކާ ވެސް އިތުރު ރާޅެއް އަދި ވަރަށް ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވާން ފެށި މި ދަނޑިވަޅުގައި، ވާދަވެރި ފަރާތްތަކުގެ ގޮތުގައި ޕީޕީއެމްއާއި ޕީއެންސީ އޮތީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭށޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ވެކްސިން ސިޔާސަތަށް ފާޑުކިޔަމުން އާދަމް ޝަރީފް ވިދާޅުވީ، ވެކްސިން ދިނުމުގައި އެއްވެސް ތަރުތީބެއް ޕްލޭނެއް ނެތް ކަމަށެވެ. އަދި ސަރުކާރުން މިހާރަށްވުރެ ބޮޑަށް ތައްޔާރުވާން ޖެހޭކަމަށް ވިދާޅުވިއެވެ. ވެކްސިން ހުސްވެގެން ދިއައީ ވެސް ސަރުކާރުން މާ ބޮޑު ތަރުތީބެއް އެ ކަމުގައި ނެތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މި ކަމުގެ ސީރިއަސްކަން ޑޮކްޓަރުން ވެސް ދަނީ ފާހަގަކުރަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. މިހެންވެ ދީފައިވާ ލުއިތައް މެދުކަނޑާލައި އަނެއްކާ ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އިއްޔެ އެކަނި 734 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އެއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ އަދަދެެވެ. އޭގެ ކުރީ ދުވަހު އެކަނި 600 އެއްހާ މީހުން ފައްސިވިއެވެ. އެއީ އެ އަދަދަށް މީހުން ފައްސިވި ފުރަތަމަ ދުވަހެވެ. ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަހޫ

  ދަތްދޮ ޅި އާދަނޫ ކޮއްމެރެއަކު މީހުންޖަމާކޮއްގެން ވަގުންސަލާމަތްނުވެގެން ތެ ޅިބާލަނީ ސަރުކާރަށްއެހީވަންތޯ.ގަމާރުވިއަސް މީ ބޮޑުވަރު.

  2
  3
 2. މީނަގެ

  މީނަ މިހާރު މިހުރީ ބުއްދިގޯސްވެވަބާ؟

  3
  1
 3. ހާޝިމް

  ފުރުސަތުގެ ބޭނުން ކުރައްވާނެކަމައް އުއްމީދު ކުރަން އެއްބާރުލުންދެއްވާ

  6
  1
 4. ބަކުރު

  އެހެންވެގެންނޭ އަފިރިން ޕީޕީއެމަށް މިފަހަރު ވޯޓުދިނީ ޝުކުރިއްޔާ ރައީސްޔާމީން.