ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތްތައް ވެސް ލަސްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު އަބްދުﷲ އަފީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްވެފައިވާތީވެ އިންސާފު ޤާއިމް ކޮށްދިނުމުގެ މަސައްކަތަށް ހުރަސް އެޅުމުންދާ ކަމަށް ވިދާޅުވެފައެވެ. ބިލު ދިރާސާކުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވައި ބިލުގެ މަސައްކަތް ލަސްވަނީ ބަންޑާރަ ނައިބުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ޒޫމް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އޭގައި ޤަބޫލު ކުރަން ޖެހޭ ވާހަކަތަކެއް ވެސް ހިމެނޭ ކަމަށެވެ. އެއީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވުމުގައި ސަރުކާރުގެ މަސައްކަތް އަދި މަޖިލީހުގެ މަސައްކަތްތައް ވެސް ލަސްވެއްޖެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގައި ރަނގަޅު ވާހަކައެއް އޮވެދާނެ، މަޖިލީހުގެ މަސައްކަތްތައް ވެސް ލަސްވެއްޖެ، ސަރުކާރުގެ މަސައްކަތްތައް ވެސް ލަސްވެއްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ކަންކަމުގައި ޚިޔާލު ދެކަފިވުންތައް އެބަ އޮތެވެ. މި ގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އޮވެއެވެ. އަދި މީގެ ކުރީގައި ވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތް ލަސްވާތީ ނަޝީދު ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.

ރައީސް ނަޝީދު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުން ލަސްވުމާއި ޚިޔާނާތުގެ ބައިވެރިންނަށް ފިޔަވަޅު އެޅުން ލަސްވުމުގެ އިތުރުން ޚިޔާނާތުގެ ފައިސާ އަނބުރާ ނުހޯދި ލަސްވަމުންދާތީއެވެ. އެމަނިކުފާނު ވަނީ ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމެއް މަޖިލީހުން ކަނޑައަޅައިގެން މަޖިލީހާއި އެ ފާމާ ގުޅިގެން އެ މަސައްކަތް ކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެބުރޭ

    ކެތްތެރިކަން ކޮލުންލީ މިހާރު ރައްޔިތުންނަށް އަނިޔާ ދެވިއްޖެ މުޅިޤަމްމުގަ ހީހީފަ ކޮވިޑް ފަތުރާފި އަހެއްކާ 7 ވަނަރާޅުނަގަން ރާވަންވީތަ

  2. ހަސަނު23232

    އެއްކަލަ ކަންތައް ފާވެގަތީ

  3. ޙހހހ

    ބޮޑުވަޒީރުކަމަށް ކަރުހިއްކާ މީހަކަށް ތިވަރުވެދާނެ

  4. ދަލާސްޓް

    މަޖިލިސް ރައީސް ކަމުން ނަޝީދު ބޭރުކުރަން އިތުބާރުނެތް ކަމުގެ ވޯޓް ނަގަން ވެއްދުމުގެ މަގުމަތީގަައި

  5. އަހްމަދު

    މިސަރުކާރުން ބޭރުމީހުންމެދުވެރިކޮށް ކަންކަންކުރަންމިއުޅެނީ ސަރުކާރުގެލާރިގިނަކަމުންބާ