ޅ. ނައިފަރުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވީ، މިއަދު މެންދުރު 12:30 ހާއިރު ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 83 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

އަދި އެ މީހާ ނިޔާވެފައި ވަނީ ކޮވިޑް ބަލީީގައި ކަމަށާއި، މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 76 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައިވެސް ރާއްޖެއިން ވަނީ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައެވެ. ރޭ ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

އެހެންކަމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން 32،665 މީހަކު ކޮވިޑް-19 ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވަނީ 734 މީހެކެވެ. މިހާތަނަށް މިބަލިން 25،473 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު ފަރުވާ ދެމުން އަންނަ 7،109 މީހުންގެ ތެރެއިން 198 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑްް

    މިހާރު މުސްކުޅި ބަލީގަ މީހަކު މަރުވެސް ނުވޭ.