މަގާމުގެ ވާޖިބު އަދާ ކުރުމުމުގައި ކުރެވެން ހުރި އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް އައްޔަށް ކުރެއްވި އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ހިދުމަތްކުރުމަށް ލިބިވަޑައިގަތް ފުރުސަތަކަކީ އެކަމަނާއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

މިއަދު ޝައުނާ ކުރެއްވި ޓުވިޓެއްގައި ވަނީ އޭނާ މަގާމުގައި ހުންނަވައިގެން އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހާމަ ކުރައްވާފައެވެ.

އެގޮތުން ޝައުނާ ވިދާޅުވީ، އެކަމަނާ އިސްކަން ދެއްވާނެ ކަންތައްތަކުގެ ތެރޭގައި، ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައިގެ އިތުރުން ޓެކްނޮލޮޖީ ހިމެނޭ ކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރ އުވާލެއްވުމާ ގުޅިގެން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތައް، އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުން ގެންދަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

ތިމާވެށީގެ ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ ޝައުނާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ވެސް ކުރައްވައިފައެވެ. ޝައުނާ އަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. Anonymous

  ތި މަގާމުގައި ހުރެ ކަލޭ ކުރާނެހައިވެސް ކަމަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުން. އިސްލާމް ދީނަށް ފުރައްސާރަ ކޮއްގެން ޕުރަމޯޝަން ކަލޭއަށް ތި ލިބުނީ

  38
  2
 2. އިބްރާހިމް

  ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލުމަށްޓަކައި ބޭނުންވަނީ އެމްޑީއެންގެ އިސްވެރިންނަށް ސަރުކާރުގެ މަތީ ވަޟީފާތަށް ދިނުންކަމީ ޝައްކެތްވެސް ނެތްކަމެކެވެ.

  26
  1
 3. ކާފަ

  ހެހެހެހެހެހެހެހެ

  17
  1
 4. ހުޅުރާއްޖެ

  ޔައުނީ އެންމެ ރަނގަޅަށް ލާދީނީކަން އިތުރުކުރާނަން. އަދި މަލީހު ހަދާފައި އޮތް ޕްލޭން ތަންފީޒުކޮށްފައި މެޑެލް ޖަހާނަން.

  29
  2
 5. ހާލިސް

  ކަމަނާއަށް އޮންނާނީ ވަގު ގުޅުން ބާއްވާ އިލިޔާސް ލަބީބާއި ގުޅިގެން ފޯންގެ ހިދުމަތް ދޭން އިންޑިއާގެ ރިލައަންސް ކުންފުނި ގެނައުންތޯ؟ ނަޝީދާއި އިލިޔާސްއާއި ކަމަނާއަށް ބޯކޮށް ލާރި އަންނާނެހެން. ދެވަނަ ކަމަކަށް އޮންނާނީ ނަޝީދު ބޭނުންކޮށްގެން ފިލްމު ކުޅުވުން. ކަނޑު އަޑީގައްޔާއި ގަސްގަހުގެ ކުރީގައްޔާއި ފުރާޅުތައްމަތީގައި

  29
  2
 6. އެމަންޖެ

  މާސްކު ކޮބާ...؟؟؟ 😷

  23
  3
 7. ޙުވާބެ

  ޜަގަޅައް އަދާނު ކުރިޔަސް ކާކު ކުއެ ކަން ބަލާނީ.އަދިނުވެސް ކުރެވޭނެ އެވަރުގެ މިނިސްޓަރެއް ނޫން

  18
  1
 8. ޝީނާ

  ކޮން ކަމަނާއެއް އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހަކަށް ނުޖެހޭ ކަމަނާ ކިޔައިގެން މަތިފަޑިއަށް ލާކަށް ކަމަނާ ނުކިޔަސް ލިޔެވިދާނެ މިނިސް ޓަރ ކަމެއް ލިބުނަސް ޢިއްޒަތެއް ނުލިބޭނެ . ޝައުނާ ބުނުއްވާނީ ވިދާޅެއް ނުވާނެ މިނިސްޓަރ ކަމެއް ލިބުނަކަސް

  24
  3
  • ކަނީރު

   ޝީނާ ކަލޭ ހާދަ ޖޭވެފަ. ކަލެއަށްވެސް ލިބޭނެ ކިޔަވައިގެން މަސައްކަތް ކޮށްފިއްޔާ. އަދި ނުތެޅިހުރޭ

 9. ވައިރަސް

  ކޮން ރަނގަޅެއް ވާނީ. ލާދީނީ ވީމަ.

  29
  2
 10. ތަމެންދޯ

  މީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މިސަރުކާރުން ދޭ އިނާޔަތް ތަކަކީ ފުރަތަމަ ކަމަކީ ބުރުގާ ނާޅާ ހުންނަ ދިވެހި އަންހެނަކަށް އަދި ޚާއްސަ ކޮށް އެމީހަކީ ދަރިން ލިބިފައި ހުރި މީހަކަށްވާއިރު އެފަދަ މީހަށް ދިވެހިރާއްޖޭގެ މިނިސްޓަރު ކަން ދިނުން އެއީ ސީދާ ދީނަށް ފުރައްސާރަ ކުރުން ނޫން ދެން ކޮން ކަމެއްތޭ...

 11. ދިވެހިސޮރު

  ދެން ކޮބައިތަ ހުސޭނު

 12. ބޮލުރޮދި

  އެއެއްޗެއްގަ ހުރިއޮށްޓަރެއް ދޯ ފެންނާނީ........