އއ. ހިމަންދޫން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ފަހަަކަށް އަރާފައެވެ.

އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ ކަރަންޓީންގައި ނެތް މީހެކެވެ. އެ ވޭދަނައާ ގުޅިގެން އެރަަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ދަނީ މީހުން ކޮވިޑަށް ފައްސިވަމުންނެވެ. އެގޮތުން މިހާރުވެސް ކޮވިޑް ފެތުރެމުންދާތީ އަތޮޅު ތެރޭގެ 30 ރަށަކަށް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއިރު، އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު