ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.
އެންމެ ފަހުން ކޮވިޑް ބަލީގައި ނިޔާވި މީހާއަކީ އއ. ރަސްދޫގައި ނިޔާވި މީހެކެވެ. އެއީ ފިރިހެނެކެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ކޮވިޑަށް ފައްސިވެފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.
އެއީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އޭނާގެ އުމުރަކީ 61 އަހަރެވެ.
ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވީ، އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު 3:45 ހާއިރު ކަަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރޭ 3:38 ހާއިރު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އަންހެނެކެވެ. އޭގެ ފަހުން މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ.
މިހިސާބައް ދާން ސަރުކާރުން މަޑުކުރީ ކުރިޔާލާ އެއްވެސް ފިޔަވަޅެއް ނާޅާ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން
މިހާރުފެތުރެނި އިންޑިއާމީހުން ގެސަބަބުބް އެމީހުން މަސއްކައްކުރާ ސައިޓްތަކުގަތިބި ބަގުލަދޭޝްމީހުނައް ބޭރުން ޕުރޮޖެކްޓްތަކައް ގެނާއިންޖިނިއަރެއްވަނީ ކޮވިޑައް ޕޮޒިޓިއުވެފަ މައްލޫމީހެއް
އަދިވެސް އިންޑިޔާ މީހުން ގެނެވޭތޯބަލާ މި މީހުނަށް ރަށްޔިތުންނަށް ވުރެން ރުފިޔާ މުހިންމީ! މި ސަރުކާރު އެއްކޮށް ފެއިލްވެފަ މިއޮތީ!
މި ބަލި މި ޤައުމުގަ އުޅޭތާ 1 އަހަރަށްވުރެ ގިނަ ދުވަސްވީއިރު މި ކަން މާ ބޮޑު ކަމަކަށް ނަހަދާ ތިބުން އެއީ ސަރުކާރުން ވެފަވާ ވަރަށް ބޮޑު އިހުުމާލެއް، އަދި ޚާއްސަ ހުއްދައިގެ ދަށުން ރައްތަކަށް މީހުން ފޮނުވުމާއި، ވޯޓުލާން ކޮވިޑް ބަލިމީހުން ގެނައުންވެސް އެއީ ސަރުކާރުގެ އިހުމާލު، މިއީ ވަޤްތުން ވަޤްތަށް ތަޙްޤީޤްކޮށް ފިޔަވަޅު އަޅަންޖެހޭކަމެއް
ބަންދު ނު ކުރާތި ލޯނުތަ ކަށް ގޮތެއް ނަހަދާ
މިއަދު އިންޑިއާ އޮތްހާލަތުން އެމީހިންފޮނުވަދޭންބުނި ފުލޯޓިންހޮސްޕިޓަލްއެއްވެސް ނުފޮނުވޭނެ. ނަސީދުނުރުހުނަސް އިބޫ އާއި ސާހިދު އިސްނަގައިގެން ޗައިނާގެ އެހީތެރިކަމައްއެދިބަލަ އެމީހުންގެ ތަޖުރިބާހުންނާނެ ކޮވިޑުކޮންޓުރޯލްކުރަން....ޕުލީޒް ޕުލީޒް
ތިބުނާ ޗައިނާމީހުންދިޔަ އިރާގައް ކޮވިޑް ކޮންޓްރޯލްކުރަން އެކަމަކު ޗހޮކުން ދިޔައީ.
މިސަރުކާރުގެ އަނިޔާވެރިކަމާހެދި ނިކަމެރި ރައްޔިތުން މަރުވަމުން ދަނީ.. ކޮބާ މިޔަދު ހިއުމަން ރައިޓްސްއޭ ކިޔައިގެން ދުވާ ގްރޫޕްތައް
ސަރުކާރުގެ ފަރުވާކުޑަކަން ދިވެހިން ވިސްނާލަ ބަލަ 😡😡😡
ރައްޔަތުން ނޫޅޭ މާބޮޑުކަމަކަށްލައިގެން މަގުމައްޗައް ނުކުމެ ބަލާލީމަ ހިޔެއްނުވޭ ކަމެއްވެގެން އުޅޭހެންވެސް ޒުވާނުން ކުޅިވަރު ނުކުޅެވިގެން މުޒާހަރާ ދެންއޮތްބަޔަކު އެހެންކަމެއްވެގެން މުޒާހަރާ ގައުމު އިންޑިއާއަށް ވެގެން އުޅޭގޮތްވީމަ ތެޅިގަންނާނީ
އަދި އިންތިހާބެއް ނެއްތޯ؟