އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 300 އެއްހާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފު ކުރުމަށް އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް އެންމެ ފަހުން އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

އެއީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެ މައުލޫމާތު ހޯދުމަށް ހުށަހެޅުއްވިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ މައުލޫމާތު ނުލިބި ލަސްވަމުން ދިއުމުން ރައީސް ނަޝީދު ހުށަހެޅުއްވީއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މި މައުލޫމާތުތައް މިހާރު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި ގޮތުން ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓު ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭގެ ތެރޭގައި، ސަލަމާތީ ޚިދުމަތްތަކާއި ޝަރުއީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި، އެ ތަންތަނުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންގެ ނަންތައް ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި މީގެ ކުރިން ސަރުކާރުގެ ވަޒީރު ކަން ކުރައްވާފައިވާ ބޭފުޅުންނާއި މިހާރު ވެސް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަންތައް ވެސް ހިމެނޭ ކަން ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބަޔާން ނެރެފައި މިވަނީ ޒޫމް މެދުވެރިކޮށް ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބިފައިވާ ފައިސާއިން ޚިޔާނާތް ވެގެން ގެއްލިގެން ދިޔަ ފައިސާ ހޯދުމަށް ޓަކައި އެމަނިކުފާނުގެ ވިސްނުންފުޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމަކާއި ރައްޔިތުންގެ މަޖިލީހުން ގުޅިގެން އެ ފައިސާތައް ހޯދުމަށެވެ. މި ފާމް ކަނޑައަޅާނީ ވެސް ރައްޔިތުންގެ މަޖިލީހުންނެވެ. މި ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް ދިނުމަށް އެ ގަރާރުގައިވެއެވެ.

މި ގަރާރު ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ވެސް ގާތް ވެފައިވަނިކޮށެވެ. މި އިންތިޚާބުގައި ޚިޔާނާތާ ދުރު މީހުން އިންތިޚާބު ކޮށްދިނުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ އެތައް ބަޔެއްގެ ލިސްޓެއް އެކުލަވާލާފައިވީ ނަމަވެސް މި ފަރާތްތަކުގެ ނަންތައް ހާމައެއް ނުކުރެއެވެ. ތަހުގީގީ އިދާރާތަކުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ނަންތައް ހާމަކުރަމުންދާނީ ދައުވާ ކުރެވޭ މަރުހަލާއިންނެވެ. އެއީ އެ ލިސްޓުގައި ޚިޔާނާތުގައި ބައިވެރިނުވާ ބަޔަކު ވެސް ހިމެނޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޮޔަގޮލާ

    ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބީ އާ ގުޅިގެން، ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވެރިކަން ބީވެދާނެކަމުގެ ބިރު ހީވުމުން، ބައިމީހުން ފިޔަވާ އެހެން އެންމެން އިނދަޖައްސާލުމުގެ ރޫހެއްގައި ކުރިއަށް ގެންދާ ކަމަކާ ވަރަށް ވައްތަރު.

    15
  2. މަބޭ

    ލޯކަލްކައުންސިލް އިންތިހާބުން ލިބުނުހިތިނަތީޖާއިން އަރައިގަތުމައް ދެބޯގެރިދުއްވަންފެށީ

    12
    1
  3. ޛހޖޖހ

    އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވާ ހިންގުމަށް ނިންމައި އެހިޔާނާތުގެ ފަނިއެޅުވި ކަމަށް އިއުތިރާފުވި މީހާގެ ނަން ތިލިސްޓުގަ އެބައޮތްތަ؟

    21
  4. ގެރި

    އެމްޑީޕީ އަކީ ޑިކްޓޭޓަރޝިޕްއެއް. ތިބީ ހުސް ވަގުން.. ރޭޕިސްޓުންނާ ކުށްވެރިން ހިމާޔަތްކުރާ ނާގާބިލް ޕާޓީ

    22
  5. ހުސޭނުބޭ

    ފޭކް ލިސްޓެއް! ތިޢިގެ މުލުވަގުގެ ނަން އޮތީ ކަނޑާލާފައި! މުލުވަގަކީ ބުއްޅަބޭ!

    11
  6. ރެފްރީ

    ލިސްޓުގެ ފަސްވަނައިގާއޮތީ މުހަންމަދު ނަޝީދު ކިޔާމީހެއްގެނަން .. އަލިފު ހާ

  7. ގުރަހާ

    ތިޔަލިސްޓުގެ އެންމެންގެ ތެރޭގައި މުހައްމަދު ނަޝީދު ކިޔާމީހަކާއި ސޯލިހު ކިޔާމީހަކު ހިމެނޭ އެދެމީހުން ލިސްޓުހަދާފަ ރެކެންނޫޅުމަށް ގޮވާލަން ތިޔައުޅެނީ ރިހޭފައިމަށްޗަށް ފޮއިވެއްޓިދާނެކަމުގެ ގަންނާކުރަށްވާ ބިރުން ރައީސްޔާމީން ހައްޖަށް ދުރުވި ވަގުތު ހުރިހާކަމެއްވަޔނީ ނިންމާފަ ގުނބޯ ނަހަށްދާ..

  8. ލލ

    އެމްއެމްޕީއާރުސީ ފިލްމު މަޖިލިސް ގައި އަޅުވަނީތޯ ؟ ތީގެ ބަތަލަކީ ނަޝީދު ތޯ ؟

  9. ކާލި

    ތިޔަ ފިލްމުގެ ޝޫޓިން ނަގާ ސްޓޫޑިއޯ އެސެޓް ރިކަވަރީ ކޮމިޝަނުން ތިޔަ ފިލްމުގެ ޝޫޓިން މަސައްކަތް ކުރާތާ ދެއަހަރުވަނީ އަދިވެސް ފިލްމު ބޮޑް ސްކިރީން ގައި އަޅުވާ ވަރަށް ޝޫޓިންގެ މަސައްކަތް ނުނިމެނީސް މަޖިލިސް ގައި އަޅުވަނީތޯ ؟

  10. ސސ

    ތިޔަ ލިސްޓު ނިކަން ޕަބްލިޝް ކޮށްބަލަ ރައްޔިތުން ނަށްވެސް އެގެންވާނެ ތިޔަބަޔަކުވެސް މިހާރު ތިޔޮތީ ލިސްޓް މަޖިލިސްގައި ނުންތޯ ؟

  11. ކެމެރޫން

    އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވާ ހިންގުމަށް އައިޑިއަރދީ އަދީބުލައްވާ ހުރިހާ ނުބައިކަމެއް ހިންގި މުލުވަގު ނަޝީދު އަދި ނުވިތަނަކަށް އިއުތިރާފުވީވެސް މީނާ ދެންކޯއްޗެއްތައް އެމްޑީޕީ ބައިގަނޑު ކިޔަނީ މީނާގެ ނަންލިސްޓަކުނެތް /މީނާގެ ނަން ތިލިސްޓުގަ އެބައޮތްތަ؟

  12. Anonymous

    ލިސްޓްގެ އެއްމެ ކުރީގައި އޮންނަންޖެހެނީ ރައީސް އިބޫ ސާލިހުގެ ނަން، އެއީ އެމްއެމްޕީއާރް ސީގެ މުލުވަގު އަދީބު ވެސް ބުނެފައިވަނީ 35މިލިޔަން ޑޮލަރ އިބޫސާލިހަށް ހޯދާފައިވާކަން އަދި އެ ފައިސާދަބަސް ރ.އިބޫސާލިޙު އަމިއްލަފުޅަށް ގެންދިޔަ މަންޒަރު ވީޑިއޯއިން އާއްމުންނަށް ފެނިފައި ވަނީވެސް،