މިހާރު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތުގައިވެސް ފައިމަގުގައި ހިނގާފައި މިސްކިތަަށް ދަމުނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ވަނީ އިއުލާނުކޮށްފައެވެ. އެއީ ރޭގަނޑު 9:00 އިން މެންދަމު 4:00 އަށެވެ. މިވަގުތު ތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެެކެވެ.

މިގޮތަށް މަނާކޮށްފައި އޮތުމުން، ދަމުދަމާދަށް ދެވޭނެ ތޯ ގިނަބަޔަކު ސުވާލު ކުރަމުން އަންނަ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދަމުނަމާކަށް ދާ ފަރާތްތަކަށް ‏ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ފައިމަގުގައި މިސްކިތަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 7109 މީހުން ކޮވިޑް ބަލި މީހުންގެ ތެރޭގައި އެބަތިއްބެވެ. އޭގެތެރެއިން 198 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލލ

    ކޮވިޑޭ ކިޔާއިގެން ބޭރުން ފައިސާ ހޯދަނީ ކާފިއު އިއުލާން ކޮށްގެން، ކޮވިޑް އޮއްވާ ގައިގޯޅި ލޯކަލް އިންތިހާބް ބޭއްވީ، ވެކްސިން ޖެހުމުގެ ނަމުގައި މާލޭ މަގުތަކުގައި މީހުން ތޮއްޖެއްސީ، މިޔަކީ ކޮވިޑް ކޮންޓުރޯލް ކުރަން އުޅޭ ބަޔެއްތޯ؟ ހުރިހާ ކަމެއް ބޮއްސުންލީމާ މިސްކިތު އިމާމު ލައްވާ އެއްޗެހި ގޮއްވާ ބަޔެއް !

    13
  2. ކިޔުންތެރިއެއް

    ވެހިކަލު ދަންޔާ ވޮވިޑު ބުރާގެންދާނެ ދެއްތޯ.

    10
  3. މާމަ

    ނަމާދުދެކެ ޝައިތާނުން ބިރުގަންނާނެ.. ރޯދަމަހު ޝައިތާނުން ކަަސްތަޅުއެޅުވުނު އިރު މި ބައިގަނޑުވެސް ކަސްތަޅުއެޅުވުންނަމަ ކިހާ ރަނގަޅު

    19