ލާމު އަތޮޅުން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެއަތޮޅުން ފައްސިވެފައިވާ 11 މީހުންގެ ތެރޭގައި ހިމެނެނީ ގަމުން ފައްސިވެފައިވާ 4 މީހަކާއި އިސްދޫއިން ފައްސިވެފައިވާ 4 މީހަކާއި މާވަށުން ފައްސިވެފައިވާ 3 މީހެކެވެ.

ގަމުން މިހާތަނަށް 49 މީހަކު ވަނީ ފައްސިވެފައެވެ. އަދި އިސްދޫއިން ޖުމްލަ 14 މީހަކު ފައްސިވެފައިވާއިރު، މާވަށުން މިހާތަނަށް ފައްސިވެފައިވަނީ 4 މީހެކެވެ.

މިއާއި އެކީ ލާމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 349 އަށް އަރާފައެވެ.

ލާމުގައި ކޮވިޑް-19 އެންމެ ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވަނީ މާންދޫ އިހާއާއި ގުޅިގެންނެވެ. މާންދޫ އިހާ އާއި ގުޅުން ހުރި މީހުން ފޮނަދޫ، ދަނބިދޫގައި ވެސް އެބަ ތިއްބެވެ.މާންދޫ އިހަލާއި ގުޅިގެން ގަމުން 130 އަށްވުރެ ގިނަ ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ގަމުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުންގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.