ރަައްޔިތުންގެެ މަޖިލީހުގެެ ރައީސް، ރައީސް މުހަަައްމަދު ނަޝީދަަށް ދިން ހަަމަލާ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ކުއްވެެރިކޮށްފިއެވެެ.

ދެެންމެެއަކު ރައީސް ނަޝީދުގެެ ގެކޮޅު ކަަމަށްވާ ކެެނަރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދިން ހަަމަަލާ އާއި ގުޅިގެން އެެމްއާރުއެމްއިން ކުރި ޓްވީޓުގައި ވިދާޅުވެފައި ވަނީ، މިރޭ އެމަނިކުފަނަށް ދެއްވާފައި ވަަނީ ނިރުބުވެެރި ހަމަލާއެއް ކަމަށާއި، މި ހަމަލާ އެ ޕާޓީން ހަރުކަށި އިބާރާތުން ކުއްވެެރިކުރައްވާ ކަމަށެވެ.

ރައީސް ނަޝީދާއި މި ހަމަލާގައި ޒަހަމްވި އެެހެެން ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭކަމަށް އެމްއާރުއެމްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

މި ހަމަލާ ރަނގަޅަަށް ތަހުގީގުކޮށް މިކަން ރާވައި ހިންގި ފަަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަ ކަމަށާއި، މިފަދަ އަަމަލުތަކަށް ރާއްޖޭގައި ޖާގަަ ދެވިގެން ނުވާނެ ކަމަށް ވެސް އެމްއާރުއެމްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

މި ހަމާލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތު އެމަނިކުފާނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ. މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެޕްޓެމްބަރު 11 / މޮސާދު

    އަމިއްލަ އަށް ކުޅުއްވި ޑްރާމާ އެމެރިކާގެ އެފް.ބީ.އައި ލައްވާ ތަހުގީގުކޮށް ދެން ދީނަށް އުޅޭ ބަޔެއްގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އެބަޔަކަށް އަދަބުދީ މުއުމިނުންނަށް އިސްލާމްދީނަށް އުޅެން ދަތިކޮށް ފިއްތުންތައް ކުރިމަތިކޮށް ދުއްތުރާ ކުރެވުނީމާ އެހެރީ ތިބޭފުޅާގެ (ނަޝީދުގެ) މަގުސަދު ހާސިލް ވެފައި.

    5
    1