ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުން ހޯދައި ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު މީހުން ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ގެއިން ނިކުމެގެން ކާރަށް އަރާވަޑައިގަންނަވަން ވެގެން ހިނގާފައި ދަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިފާރަވެރިއަކަށް ވެސް ވަނީ އަނިޔާވެފައެވެ. އެހެން ނަމަވެސް ނަޝީދަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މިހަމަލާ އާއި ގުޅިގެން އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ކަމުގެ ހަބަރު އެކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއި އެކު ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއަކަށް އެ ކޯލިޝަނުން އެދެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ނަޝީދަށް ދީފައިވާ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާއި ބެހޭ މުއްސަސާތަކަށް ގޮވާލާފައެވެ. އަދި ހަމަ އެއާއެކު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިތުރުން ކޯލިޝަންގެ އެންމެހާ ބޭފުޅުންގެ ފަރާތުން ހަމަލާ ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ހަމަލާއެއް ހިންގުމުގައި ތިބި ބަޔަކު ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރަސްގެފާނު

  މާރިޔާހުރީ ކޮންފެ ކްޝަނެއްގަބާ ؟

  2
  1
 2. ދުންކަރާސް

  ތިޔަ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން އަދި އެކަންހިނގި ބަޔަކަށް ޙައްޤު އަދަބުދިނުމަށް ގޮވާލަން ހަޤީގަތް ހޯދައި ރައްޔިތުންނަށް ހާމަކޯށްދިނުމަށް ގޮވާލަން މީގެ ކުރިން ހިންގި ތިޔަފަދަ ޢަމަލްތަކުގެ މައްސަލަތައް ބަލާ އިންސާފުހޯދިހެނެއްނޫން އިންސާފު ހޯދާނީކީ ހަމަ ހީވަނީ ބޮޑުވަޒީރުކަން ބޭނުންވެގެން މީހުންގެ ތާއީދު ހޯދުމަށް ރޭވުމަކުންހިންގިކަމެއްހެން

  15
  7
  • ފެކްޓަރ

   ރައީސް ނަސީދު އަކީ ތާއީދު ހޯދުމަށް އެއްވެސް މީހަކަށް އަދި އަމިއްލަ ހަށިކޮޅަށް ގެއްލުން ދޭނެ ބޭފުޅެއް ނޫން، އަދި ކިއެއކަން ދިވެހި ތާރީހު ހެކިދޭ ، ތިބާ ތިވަނީ މާބޮޑަށް ޖަޒުބާތުގަ ޖެހިފަ، ރައީސް ނަސީދު އަބަދުވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވަނީ، އެރައްޔިތުންގެ އަޑު އަްސަވައި

   5
   3
  • ފެކްޓަރ

   ރައީސް ނަސީދު އަކީ ތާއީދު ހޯއްދެވުމަށް އެއްވެސް ބޭފުޅަކަށް ނުވަތަ އަމިއްލަ ހަށިކޮޅަށް ގެއްލުން ދޭނެ ބޭފުޅެއް ނޫން، އަދި ކިއެއްތަ ދިވެހި ތާރީހު މިކަމަށް ހެކިދޭ ، ރައީސް ނަސީދު އަބަދުވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވަނީ އެރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާ އެބައިމީހުން ގެ އަޑު އައްސަވައި އޮޅުންފިލުވައި ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ވަކާލަތު ކުރައްވައިގެން ، އެންމެ ނިކަމެތި މީހާގެ އިހުސާސް ތަށް ވެސް އަޑު އައްސަވައި ވަޑައިންނަވާ ބޭފުޅެއް ކަން ދިވެހިން ދަނޭ ، ރައީސް ނަސީދު ރައްޔިތުންގެ ގެ ތާއީދު ހޯއްދަވަނީ އެމަކިނުފާނުގެ ، އެމަނިކުފާނުގެ އިގްތިސޯދީ އަދި އިޖުތިމާއީ ފަލްސަފާ ދިވެހިންނަށް ވިއްކަވައިގެން، މި ރާއްޖެ އަދި ރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ މާ ފަހި މާދަމާ އެއް އެދި، ހަމަ އެހެންމެ އަބަދުވެސް ލުއި ފަސޭހަ ކަމާއެކު ރައްޔިތުންގެ ކަންތައްތައް ފަހިވެ ގައުމާ މެދު ދެކޭ ފޮނި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް ކެނޑި ނޭޅި ބުރަކަށް މަސައްކަތް ކުރައްވައިގެން.

   3
   3
  • ފެކްޓަރ

   ރައީސް ނަސީދު ދިވެހިން ގެ ތާއީދު ހޯއްދަވަނީ އެމަނިކުފާނަކީ ލާއިންސާނީ އަނިޔާ އާއި ، ބޭއިންސާފާއި ކޮރަޕްސަންގެ ކުރިމަތީގައި ކުޑަ ކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި އެގޮތުގެ މަތީ ދެމި ހުންނަވައިގެން ، ހަގީގަތަކީ ރައީސް ނަސީދުގެ މުޅި ސަޔާސީ ހަޔާތް ވޭތި ކުރެއްވީ މި ދެންނެވި މަސްދަރު ތަކުގެ މަތީގައި ކަން ، ރައީސް ނަސީދު އަކީ ކާމިޔާބީއަށް ވާސިލްވުމަށް އަބަދުވެސް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ، ދިވެހި ތާރީހު ދެކެފައި ނުވޭ ގައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި ރައީސް ނަސީދު ފަދަ ދެވަނައެއް، ސިޔާސީ މައިދާނުގައި އެމަނިކުފާނަށް ކުރިމަތި ވެވަޑައިގެންނެވި އެންމެހާ ގޮންޖެހުންތަކާ ކުރިމަތިލައްވައި ނަތީޖާ ނެރެދެއްވި ބޭފުޅެއް ، ދަންނަވާލަން އޮތީ ރައީސް ނަސީދު އަކީ ހިތްވަރު ގަދަ ކަންކަމާ ކެރިގެން ކުރިމަތި ލައްވާ ބޭފުޅެއްގެ ގޮތުގައި ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބޭފުޅެއްކަން، ހަތުރުންގެ މިފަދަ ފިނޑި އަމަލަކުން ފަސްފަހަތަށް ޖެހި ވަޑައި ނުގަންނަވާނެކަން، ރައީސް ނަސީދު އަކީ އެމަނިކުފާނާއި މެދު އަނިޔާވެރިކަން އިސްކޮށްގެން ހުއްޓުވޭނެ ބޭފުޅެއް ނަމަ ރައީސް މައުމޫނު މާޒީގައި އެކަން ކާމިޔާބު ކުރެއްވީސްކަން ، ދުއާ އަކީ މާތް ﷲ ރައީސް ނަސީދު އަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވައި އަވަސް ސިފާ އެއް މިންވަރު ކޮށްދެއްވުން. ަ امين
   (މި ރާއްޖޭގެ މަސްރަހުގައި މިއަދުގެވެސް ހަގީގަތަކީ ރައީސް ނަސީދުގެ އަގުހުރި އިހްލާސްތެރި މިނެއްނެތް ހިދުމަތަށް ދިވެހި ގައުމު ނުހަނު ބޭނުންވާކަން، ބައެއް ބޭފުޅުންނަށް ހަޖަމް ކުރަން އުނދަގޫ ވެ ލެއްވިޔަސް ރ.ނަސީދު އަކީ ރ.ޔާމީނު ފަދައިން ތަމްސީލު ކުޅުއްވި ބޭފުޅެއް ނޫން ކަމާއި ދިވެހިންގެ ހައްގުގައި ހުރިހާ ހަކަތަ އެއް ގުރުބާން ކުރައްވަމުން ގެންދެވި ބޭފުޅެއް ކަން މާ ބޮޑަށް އެނގި ހާމަ ވާން އޮތްއިރު މިފަދަ ހަގީގަތް ފަސް އަޅާ ފޮރުވުމަކީ ވާނެ ކަމެއް ނޫން )

   2
   3
 3. ފެކްޓަރ

 4. ރޫހީ

  ފެކްޓަރ ތި ބުނި ކަހަލަ މީހަކަށް ރ ނަސީދު ވެދާނެ. އަހަރުމެން މިދައްކަނީ މިއުޅޭ ރ ނަޝީދުގެ ވާހަކަ