ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ކައިރީ ބާރުގަދަ އެއްޗެއް ގޮއްވައި އެމަނިކުފާނަށް ދޭން އުޅުނު ހަމަލާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި ކުރީގެ ރައީސް މުޙައްމަދު ވަޙީދު ހަސަން މަނިކު ކުށްވެރި ކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދެއްވި ހަމަލާ ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް މާ ބޮޑަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫން ލިޔުއްވާފައިވެއެވެ.

"މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.

ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިޔާސީ ބައިބައިވުމާއި ނަފްރަތު އުފެއްދުމުގެ ޕްރޮޕަގަންޑާއަށް އެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރައީސް ނަޝީދަށް ދެއްވި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް އެއްބައިވާން އެބަ ޖެހޭ، ބައިބައިވުމުގެ ބަދަލުގައި ގުޅިގެން މަަސައްކަތް ކުރަން ވެއްޖެ،" ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ވަހީދު ލިޔުއްވާފައިވެއެވެ.

މި ހަމާލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތު އެމަނިކުފާނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިރާގު ހަގުރާމަ

    އަމިއްލަ އަށް ކުޅުއްވި ޑްރާމާ އެމެރިކާގެ އެފް.ބީ.އައި ލައްވާ ތަހުގީގުކޮށް، ދެން ދީނަށް އުޅޭ ބަޔެއްގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އެބަޔަކަށް އަދަބުދީ، މުއުމިނުންނަށް އިސްލާމްދީނަށް އުޅެން ދަތިކޮށް، ފިއްތުންތައް ކުރިމަތިކޮށް، ދުއްތުރާ ކުރެވުނީމާ އެހެރީ ތިބޭފުޅާގެ (ނަޝީދުގެ) މަގުސަދު ހާސިލް ވެފައި.

    5
    5
  2. ސާމަރާ

    ރައީސްޔާމީނަށް ދިންހަމަލާ މާވަރުގަދަ އެހަމަލާ ކުއްވެރިކުރުން މާއައުލާކަންބޮޑު އެއްވެސް ހަމަލާއެއް އެއްވެސް ރަށްޔިތަކަށް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން .

  3. ބޮމް

    އެޓެންޝަން ސީކާރސް