ރަައއްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ސަރުކާރު ހިންގާ ކޯލިޝަަަނުގައި ހިމެނޭ އަދާލަތު ޕާޓީން ކުއްވެރިކޮށްފިއެވެެ.

އެކަން ކުށްވެރިކޮށް އަަދާލަަތު ޕާޓީން ކުރި ޓްވީޓެެއްގަައި ވިދާޅުވެެފައި ވަނީ، ރައީސް ނަަޝީދު ކާރުކޮޅަށްއަރާ ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ހަމަލާ އެެ ޕާޓީން ކުއްވެރިކުރާކަމަށެވެ. އަދި މި ހާދިސާގެ ސަަބަބުން ގެއްލުން ލިބުނު އެންްމެހާ ފަރާތްތަކަށް އަވަަސް ޝިފާއަކަށް އެދޭކަމަށް އަދާލަތު ޕާޓީން ކުރި ޓްވީޓުގައި ވަަނީ ވިދާޅުވެފަައެވެެ.

އެެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ލަސްނުކޮށް މި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށާއި، އަދި މި ހަމަލާ ދިނުމުގެ އަޑީގައި ތިބި މީހުންނަށް ކަމާބެހޭ ފަރާތްތަކުންް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން އެޕާޓީން ވަނީ މި މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއްވުމަަަށް އެންމެހާ ފަރާތްްތަކަށް އިލްްތިމާސްކުރަައްވާފައެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގޮކޮޅު ކައިރިން ކާރުކޮޅަށް އަރާވަޑައިގަންްނަވަނިކޮށެވެ.

މި ހަމާލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތު އެމަނިކުފާނަށް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާކހުގގނ

    ނާކާމިޔާބުވުމަކީ ތިމާގެ ޖަމާއަތް ހަލާކުގެތެރެއަށް އެއްލާލަންވީ ކަމެއްނޫނޭ ބުނެ އިމްރާނު ޓުވީޓުފޮނުވިތާ އަދި 4 ދުވަސްނުވެ މިކަންމިހިންގީ. އެހެންވީމާ ފުލުހުންގެ އިންޓެލްއަށް މިކަން ހިންގަންއުޅޭކަން އެނގިފައިވާކަމަށް ބެލުމުގެ ފުރުސަތު އެބައޮތް.
    .