އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ދެމުންގެންދާ އެވޯޑެއް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަށް ދިނުމަށް ނިންމައިފިއެވެ.

މަހުލޫފް އަށް ދިނުމަށް ނިންމާފައިވަނީ އެ ޖަމިއްޔާ އިން ދެމުންގެންދާ ޑިފެންޑަ އޮފް ޑިމޮކްރަސީ އެވޯޑް (ޑީޑީއޭ) އެވެ.

މި އެވޯޑު މަހުލޫފްއާ ރަސްމީކޮށް ހަވާލުކުރާނީ ޕީޖީއޭގެ 40 ވަނަ އަހަރީ ފޯރަމާ ގުޅުވައިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ޔުކުރެއިންގެ ކިއޭވްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިއެވޯޑް މަހުލޫފް އަށް ދޭން ނިންމީ އޭނާއަށް ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫ ހާލަތްތަކާ އެކު ވެސް ޑިމޮކްރަސީގެ އުސޫލުތައް ރާއްޖޭގައި ނެގެހެއްޓެވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ޕީޖީއޭ އިން ވިދާޅުވިއެވެ.

މި އެވޯޑަށް ހޮވިވަޑައިގަތުމާ ގުޅިގެން މަހުލޫފް ވިދާޅުވީ އެވޯޑް އޭނާ ހާއްސަ ކުރައްވާނީ އާއިލާ އާއި ޑިމޮކުރަސީގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ.

ޕީޖީއޭ އަކީ ދުނިޔޭގެ 144 ގައުމެއްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ 1300 މެންބަރުން ތަމްސީލް ކުރާ ޖަމިއްޔާއެކެވެ.

ޑީޑީއޭ އެވޯޑް މީގެކުރިން ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި ގައުމުތަކުގެ ރައީސުންނާއި، ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްޔާތަކުގެ އިސްވެރިން ހިމެނެެވެ.

މަހުލޫފް އަށް މިފަދަ އެވޯޑެއް ލިބިވަޑައިގެންނެވިއިރު އޭނާގެ މައްޗަށް އުފުލާފައިވާމޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. މަހުލޫފް މީގެކުރިން ވަނީ 10 މަސް ދުވަސް ޖަލުގައި ވެސް ހޭދަކުރައްވާފައެވެ.