މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 703 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު މިއީ ރާއްޖެއިން ދެވަނަ އަށް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހުއެވެ.

ރާއްޖެއިން އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެ އެވެ. އިއްޔެ ރާއްޖެއިން 734 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިއަދު 703 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3574 މީހަކު ޓެސްޓުކޮށްގެންނެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވިވި މީހުންގެ ޖުމްލަ އަދަދު ވަނީ 33،368 އަށް އަރާފައެވެ.

މިހާރު ރާެއްޖޭގައި ބަލި ޖެހިފައި 7،607 މީހަކު އެބަތިއްބެެވެ. އޭގެތެރެއިން 203 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ރެއިން ފެށިގެން މާލޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮބާހޭ ނަތީޖާ

    ކޮން ފާއިތުވި 24 ގަޑި އިރެއް. އަދިވެސް 3 ވަނަ ދުވަހު ތިބުނާ ފްލޫކްލިނިކުން ސާމްޕަލް ނަގައިގެން ނަތީޖާ ނުލިބޭ. ދެން މި ނަމްބަރު ތައް ޤަބޫލުކުރާނީ ކިހިނެތް؟

    7
    2
  2. ކޮވިޑް

    އިންޑިއާއިން އަންނަފްލައިޓް ތައްހުއްޓޔވާކައް ނުވޭހޭ.

  3. އަބްސީ

    ފުރިހަމަ ޒިންމާ އެޗްޕީއޭއިން ނަގަން ޖެހޭނެ، ވޯޓަށް ޤައިމު ހުޅުވާލީ އެމީހުން މިހެންވާނެކަން އެގިހުރެ. މިއެންމެންނަށް އިންސާފު ވެރި ޝަރީއަތް ހިންގާ އަދަބު ދޭންޖެހޭ، މިވެރިކަމުގަ ނުވިޔަސް އެހެން ވެރިމަކެއްގަވެސް މިކަން ކުރާނަން އިންޝާ ﷲ