ރައްޔިތުންގެެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަހަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ނުވަތަ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ. ޖައިޝަންކަރު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރި ކުރައްވައި ޖައިޝަންކަރ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ޖައިޝަންްކަރު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައިި ވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް މިިރޭ ދިން ހަމަލާ އާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދަށް އަވަސް ޝިފާއަަކަށް އެދިވަޑައިގަންނަވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އަދި، ނަޝީދު ފަސްޖެެހިވަޑައިނުގަންނަވާނެ ކަމަށް ޖައިޝަންްކަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެެ.

 

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންް ވަނީ ވަރަށް ބޮޑަށް ހަރުދަނާވެގެން ގޮސްފައެވެ. ޑރ. ޖައިޝަންކަަރުވެސް ވަނީ ދާދިފަހުންް ރާއްޖެ ވަޑައިގެންފައެެވެ. އިންޑިއާއަކީ ރައީސް ނަޝީދު އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ޤައުމެކެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެންމެ ގާތް ގުޅުމެއް ބޭއްވީ އިންޑިއާއާއެވެ.

މިރޭ ނަޝީދަށް ދިން ހަމާލާގައި އެެމަނިކުފާނުގެ ލޮލަށް ގެއްލުން ލިބިފައި ވާކަމަށާއި، ސާޖަރީގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން ކަމަށް މައުލޫމާތު ލިބެެއެވެ. މިވަގުތު އެމަނިކުފާނަށް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ. މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ. މިއާއެކު ސިފައިންގެ އެލާޓް ވެސް ވަނީ މަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ބޭބެ

    ކަލޭމެން ކުރުވާ ކަންތައް!! އިންޑިޔާއައުޓް!!

    68
    2
    • އިންޑިއާގެ މަކަރުވެރި ރޭވުމެއް!

      އިންޑިއާ ސިފައިން މިގައުމުގައި ގާއިމްވެ ތިބެންފެށި ހިސާބުންވެސް މަމެން ހީކޮށްގެން ތިބިން މިފަދަ ދުވަހެއް އައިސްދާނެ ކަމަށް!

  2. ޞބހހ

    ރަނގަޅަށް ތަހުގީގުކޮށްފިނަމަ މިކަމުގެ އަޑީގަ އިންޑިއާގެ އަތެއްވުމުގެ ފުރުސަތު ވަރަށް ބޮޑު. މުޅި ސަރަހައްދުގެ ހުރިހާ ގައުމަކަށް ދުއްޕާންކުރަމުންދާ ބައެއް މި ބީޖޭޕީ އިންޑިއާއަކީ.

    65
    1
    • ރޯނުގަނޑު

      ކަލޭ ހާދަ މޮޅޭ ދޯ، އަނގަ އެއް އޮތީމަ ތަޅުވަނީ ދޯ ދެން ، ތީ ބޮޑުވަރު ކަންނޭގެ

      10
      4
  3. ބޯގޯސް

    އޮންނަނީ ވެ ރިކަމުންވެސް ވައްޓާލަފަ ﷲ ގެ އި ރާދަފުޅުން ދެންވެ ރިކަމެއް ނުވެސް ލިބެނެ ރަށުގެ ކަންތައް އިސްލާހުކުރަން އުލުނިއްޔާ މާތަހމާތާހި ރުވާނެ މިތާގެ ކަންތަކާ ނުބެހި ކަލޭމެނައް ރައިސްޔަމިން ފަހަތައް ޖެއްސުނުތަ ވެ ރިކަމުގަ ތިތިބީ ވައްކަންކޮއްގެންއަ ރާ ﷲ ގެ ކޮފާ ކަލެމެންގެ މައްޗައްތިއޮތި

    47
    2
  4. ހަންޑި

    ތީ ދޯ ވެގެން އުޅޭ ގޮތަކީ.

    38
  5. ޢަގީލަންބާ

    ކަލޭ ބޭކާރު ވާހަކަ ނުދައްކކާ

    57
    1
  6. ސޫނީ

    ސާބަހޭ، ތިޔަކު ރަނި ނޫސްވެ ރިކަން، މިދަނޑިވަޅުގަވެސް ފިތުނައުފެއްދޭތޯ، ރޯދަމަހުގެ ފަހު 10 ކަންވެސް ހަނދާން ނެތީތޯ؟

    8
    37
  7. ހަޑިމިލޭރު

    އަމިއްލަ ގައުމުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށް ނުދެވޭ އިރުވެސް ދިވެހިން އިނދަޖައްސަން އުޅޭނެކަމެއްނެތް.

    75
    1
  8. ހާލުފޮޅި

    މޮޅެތި ވާހަކަ ދައްކައިގެން ދިވެހިރާއްޖެ ބަނޑުދަށަށް ލާން އުޅުއްވާނެ ކަމެއްނެތް... އަމިއްލ ޤައުމުގެ ނިކަމެތި ފަޤީރުންނަށް އަޅާލިއްޔާ މާރަނގަޅެއްނު..

    73
  9. ހުސޭނުބޭ

    މި ޑްރާމާގެ ޑައިރެކްޓަރު ދޯ މީނައަކީ

    82
  10. ނޫންތަ؟

    އަނހަ، އޭނާ ފަހަތަށް ޖެހުނަސް ކަލޭމެން ތިބޭނެ އޭނާގެ ބުރިކަށީގައި އަތްވިއްދާފައި ކުރިޔަށް ކޮއްޕަން.

    70
    1
  11. ހަޔަސިންތް

    لله ގެ رحمة ފުޅުން ދިވެހި ރަތްޔަތުން އޭނަ ފަތަށް ޖައްސާނެ މިއީ ހިންދޫ ކަރާގެ ސްޓެޓެއްނުން ތިގޮތަށް ދާހިލީ ކަން ކަމަށް ފާޑުނުކިޠޭނެ ކިތައްމެބޮޑަސް

    81
    1
  12. ބޮޓު

    ފަހަތައް ޖައްސާނަން، ފަހަތައް ޖެއްސޭތަން ދައްކާނަން. އެކަމް ބޮންގޮއްވުން އެއީ އިންސައިޑް ޖޮބެއްކަމަށް ދޯ ބޮޑަށް ބެލެވެނީ. އައްނިގެ ދަރިވެސް އެބުނަނީ އިންސައިޑް ޖޮބެއްކަމަށް.

    46
  13. ނުބޭނިބަލަ

    މަވެސް މީ ރައީސް ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރެެއް.. އަހަރެމެން ފަހަތަކަށް ނުޖެއްސޭނެ.. އެކަމަކު އެހެން ބުނަން ކަލޭ ތީ ކާކު؟ ހަމަލާ ކުށްވެރި ކުރަންޏާ ކުރަންވީ.. މިތާ ފަހަތަށް ޖެހޭނެ މީހުންނާއި ކުރިޔަށް ޖެހޭނެ މީހުންނާ ކަލޭމެންނަކަށް ނޭގޭނެ.. މިތަނަށް ނުބޭނި އަމިއްލަ ގައުމު ސަލާމަތް ކުރެވޭތޯ ބަލާބަލަ

    55
  14. ބެޓެލް ޔަރްމޫކް

    ޢިންޑިޔާ ރާއްޖެއަށް އެރުމުގެ މާސްޓަރ ޕުލޭން. ޢިންޑިޔަ ކޮވިޑް ޓުއަރިސްޓުންގެނަމުގައި އިންޑިޢާ ހައިލީ ޓްރޭން ކޮމާންޑޯސް މިހާރު ރާއްޖޭގައި ޖާސޫސްކޮށް ރާއްޖޭގެ މީހުން އުޅޭ ރައްރަށުގައި އިޝާރާތަކަށް ބަލަބަލަ.

    34
  15. ޏަން

    ކޮމެންޓްސް ތައް އިގިރޭސިބަހުން ލިޔަންވީ އޭރުންދޯ އިންޑިޔާގެ އެމްބެސެޑަރަށް އެގޭނީ ދިވެހިން ތިބިގޮތް

    36
  16. ހަސަނާ

    މިއީ އިންޑިއާ އާއި ބެހޭކަމެއްނޫން. ދިވެހިރާއްޖޭގެ ދާޚިލީކަމެއް.

    43
  17. މުހައްމަދު ޝާހް، ރ.ވާދޫ

    މިމީހުނަށް ހާދަވަރެއް މިއަރަނީ. ނަޝީދުގެ ފަހަތުން ދިވެހިރާއްޖެއަށް އިންޑިޔާ ވަކިހިއްޕާލާފަހުތިވަރު ވިސްނާލާ. އިންޑިޔާ އަތުން ލައްކަ ކައިފަ ހުރިކަން މި ފަޅާއަރަނީ.

    34
  18. ސުމާ

    ތިކަން އިނގޭ މާކުރިންވެސް.ހުރިހާ ކަމެއް މިގޯސްވަނީ ތި އިންޑިއާ އަކާހުރެ.އެމީހުންބޭނުންވަނީ މަލިކަށް ވެރިވިގޮތަށް ދިވެހި ރާއްޖެވެސް އެމީހުންގެ ބާރުދަށަށް ގެންނަން.

    34
  19. ސަޓޯ

    ހުރި ގޮތައް މައްޗަށް އަރާނީ ދޯ މޯދީ ؟؟؟

    26
  20. ސޮއްބެ

    ސިމްޕަތީ ވޯޓު ހޯދައިގެން ބޮޑުވަޒީރު ކަން ހޯދަން ކުޅޭ ޑުރާމެއް ކަމަށް މަމެންނަށް ގަބޫލު ކުރެވެނީ.

    10
  21. Anonymous

    އިންޑިއަާ ރައްޔަތުން ފަާހަާނަާ އަާއި ބޯފެން ލި ބެޭތޯ ކަލެޭ ބަލަާ

  22. ޙަހަހަހަހަހހަހަހ

    މި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
    ޤައުމަށް ނަޝީދު ބޭނުމެއްނުވޭ ކަލޮ

    12
  23. އައުޓުބޭ

    ހޫން ކަލޭ އޭނަ ކޮނޑަށް ލައިގެން ދުވޭ! އަހަންނަށް ހެޔޮ 0 ޓޮލަރެންސް

  24. ހިތްހަލާލު

    އެމީހެއްގެ އަމަލުތަކުގެ ނަތީޖާ މިދުނިޔޭގައިވެސް ބައެއްމީހުނަށް ލިބޭ ، އަދި އާހިރަތުގެ އަޒާބު މާބޮޑުވެދާނެ އެދުވަހަކު ތިޔަ ޑޮކްޓަރުންނެއް ހަމަ ގައިމުވެސް ނުތިބޭނެ ފަރުވާ ދޭކަށް ، ތިކަމުން ސަލާމަތްވެއްޖެއްޔާ އަމަލުތަށް އިސްލާހުކުރުމަށް ނަސޭހަތްތެރިވަން ..އަވސް ޝިފާއަކަށް އެދެން،.

  25. ކައުންސެލަރު 🙌

    ކުއްލިއަކަށް އިންޑިޔާ މިތަނަށް މި ފާވީ ކީއްވެއޯ؟

  26. މަސއޫދު

    ކަލެޔަށް މިގައުގެ ކަންކަމުގައި ބަސްބުނުމުގެ ހުއްދަދިނީކާކު! އަމިއްލަ ގައުމުގެ ކަންކަން ރަގަޅު ކުރެވޭތޯބަލާ!

  27. ޢަތީ

    ޖައްސާނަން.. ވޯޓުން ޖައްސާނީ ...