ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

ރައީސް ޞާލިހާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިސްތިއުފާ އަށް ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގޮވާފައެވެ. އެބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުން އަންނަނީ ރައީސް ނަޝީދުގެ ހާލު ބަލައިލުމަށް އެބޭފުޅުން އޭޑީކޭ ކައިރިއަށް ވަޑައިގެންނެވުމުންނެވެ.

އޭޑީކޭ ސަރަހައްދުގައި އެމްއެންޑީއެފްގެ ބޭފުޅުންނާއި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މިހާރު އޭޑީކޭއަށް އާންމުން ވަނުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ރައީސް ޞާލިހް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާފައެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ވެންނެވި ވަގުތު އެމަނިކުފާނާއި ވަރަށް ކައިރީގައި ތިބެ އެމްޑީޕީ ސަޕޯޓަރުން އަޑުއުފުލިއެވެ. ނަމަވެސް އެމަނިކުފާނު ނިކުންނެވިއިރު އެމްޑީޕީ ސަޕޯޓަރުން ވަނީ ދުރަށް ޖައްސާފައެވެ.

އެމްޑީޕީގެ ސަޕޯޓަރުން ރުޅިގަދަވެފައި ސަރުކާރުން ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެޕްޓެމްބަރު 11 / ސީ.އައި.އޭ

    އަމިއްލަ އަށް ކުޅުއްވި ޑްރާމާ އެމެރިކާގެ އެފް.ބީ.އައި ލައްވާ ތަހުގީގުކޮށް ދެން ދީނަށް އުޅޭ ބަޔެއްގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އެބަޔަކަށް އަދަބުދީ މުއުމިނުންނަށް އިސްލާމްދީނަށް އުޅެން ދަތިކޮށް ފިއްތުންތައް ކުރިމަތިކޮށް ދުއްތުރާ ކުރެވުނީމާ އެހެރީ ތިބޭފުޅާގެ (ނަޝީދުގެ) މަގުސަދު ހާސިލް ވެފައި.

    62
    7
  2. Anonymous

    ބޮޑުވަޒީރު ނޫސްތަކުގެ ހެޑްލައިނައް އާއްމުންގެ ހަމްދަރުދީހޯދުމަށް އާއްމުން ވިސްނާތި.

  3. ހިސޯރުކޮށްފި

    ނަޝީދުގެ ނުފޫޒު އިތުރަށް ގަދަވާގޮތް މިވީ ޕާޓީ ތެރޭގައި.