ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ އެންމެ މަތީ އަހަންމިއްޔަތުގައި ތަހުގީގު ކުރަމުންދާ ކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި މި ހަމަލާގައި ދެން އަނިޔާވި އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މި މައްސަލަ އެންމެ މަތީ ދަރަޖައިގަ އަހަމިއްޔަތު ދީގެން ފުލުހުން ތަހުގީގު ކުރާ ކަން ކަށަވަރު ކުރާނަން." ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ ޓްވީޓްގައިވެއެވެ.

 

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ގޮކޮޅު ކައިރިން ކާރުކޮޅަށް އަރާވަޑައިގަންްނަވަނިކޮށެވެ.

މި ހަމާލާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތު އެމަނިކުފާނަށް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މި ހަދިސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެެރިޔަކަށާއި ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާ ދިން ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިހާރު އަަންނަނީ ހަރަަކާތްތެރިވަމުންނެވެ. ސިފައިންގެ އެލާޓް ވެސް ވަނީ މިއާއެކު މަތިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  "ﷲ ގަންދީ ބުނަން.... މުޙައްމަދު ނަޝީދާއި އޭނާއަށް އެހީތެރިވާ މީހުންނަކީ އިސްލާމްދީނުގެ ޢަދުއްވުން" ޝައިޚް އިމްރާން / 23 ޑިސެމްބަރ 2011

 2. ލޮލް

  އޯހޯތް، ލާދީނީ އިމްރާނު. ކޮބާ އެމްޑީއެންއިން ނެރުނު ލާދީނީ ރިޕޯޓު ތައްޔާރުކުރި މީހުންގެ މައްސަލަ؟ އެމައްސަލައަށް ވަރަށް ދެރަވަރު އަހަންމިއްޔަތުކަމެއް ދީގެން ދޯ ތިއުޅެނީ. ހުރި ނުބައި ނުލަފާކަން ދެކިބަލަ.

 3. ާއަހުމަދު

  ހިޔެއްނުވެ

 4. ....އެހެން...

  ޜައްޔިތު އާދައިގެ މީހަކަށް ކަމެއް ވީމަ ކީއްވެތޯ އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ނުދޭންވީ....ރައްޔިތުން މުހިންނު ނޫނީތޯ...ވެރިންނާއި ރައްޔިތުން ތަފާތުކުރުން އެއީ ދީނުގަ އޮތްގޮތްތޯ...
  މިރޭގެ މި ހާދިސާވެސް އެންމެ އާދައިގެ މީހާއަށް ކުރިމަތިވާ ކަންތައްވެސް އެންމެ މަތީ އަހަންމިއްޔަތުކަން ދީގެން ބެލުމަށް ގޮވާލަން...

  12
 5. ީއަލީ

  މިއަދު ކޮވިޑް ޖެހިގެން 6 މަރު އެވާހަކަ ނުދައްކާ މީ ކޮން ވާހަކަ އެއްތޯ؟؟

 6. ޞަބްރާ

  ކޮބާހޭ ރިޟްވާންގެ މައްސަލަ. ކޮބާހޭ އަފްރާޝީމް ގެ މައްސަލަ. ކޮބާހޭ ޔާމީން ރަޝީދުގެ މައްސަލަ. ކޮބާހޭ އަނިޔާ ލިބިފައިވާ އެހެންމީހުންގެ މައްސަލަ.

  14
 7. ކާފަ

  ޑރ. އަފުރާޝީމުގެ ޔަތީމު ކުދިންކޮޅު ސަލާމްބުނި ސޭކު އިމުރާނަަށް

 8. ޤާދިރު

  ފޭލިޔަރެއް އެއްކަމެއް ވެސް ނުވާނެ