އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފިއެވެ.

އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވާއިރު، ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ އޭޑީކޭ ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިސްބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އެމްއެންޑީއެފް އިން ކުރި ޓުވިޓެއްގައި ބުނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެ މުއައްސަސާ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެމުއައްސަސާގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ލެވެލް މަތިކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެއިން ނިކުމެވަޑައިގެން ކާރު ކޮޅަށް އަރަން ދިޔަ ވަގުތު އެ ސަރަހައްދުގައި އެއްވެސް ގޮއްވާލައިގެންނެވެ. މިހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ އަނިޔާ އަދި ސާފުވެފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ސިޔާސީ ބޭފުޅުން ވަނީ ކުށްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙވވބނ

  އިންޑިޔާ އޮންނަ ކޮންމެ ތަނެއް އަބަދުވެސް މިހާލަތަށްފޮނުވާލާ. ލަންކާ އަދިވެސް އެއުޅެނީ އެކަމުންއަރައިނުގަނެވިގެން.

  5
  2
 2. Anonymous

  ކޮކްރަޗް މަރާ ސްޕްރޭވެސްދީފަ ބައިތިއްބާތި.

 3. ރާއްޖޭގެ މީހުން

  މަރޭކޮވިޑު ކޮބާތަ މިރޭ. އޮނަހިރިރޭފާހަނގަކުރަނީ. ސިފައިންގެ އެހީއާއެކު

  3
  1
 4. ޙައްގުބަސް

  އެލާޓް ލެވެލް މަތިކޮށްގެން އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްބަލަ!! ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްބަސްވުމެއް އިންޑިޔާއާއެކު ހަދާ މިރާއްޖެގައި އިންޑިޔާ ސިފައިން ބައިތިއްބައިގެން ތިއުޅެނީ!! އެއްބަސްވުންތައް ހާމަކުރުމުގެ ބަދަލުގައި ތަންތަނަށް އަރާ ތިބެގެން ދޮގުތައް ހަދަނީ!! އެއްބަސްވުން ފޮރުވައިގެން އުޅުނަސް އެހާމަވާނެ!! ގައްދާރު ބަޔަކު ގައުމަށް ވެފައިވާނަމަ އަދަބު ލިބޭނެ!!

  3
  2
 5. އަހުމަދު

  މިނިސްޓަރ އިސްތިއުފާދޭންޖެހޭނެ.

  6
  1
 6. ޖަޒީރާބޯއީ

  ރާއްޖޭގައި މިފަދަކަންކަން ތަހްގީގްކުރުމަކީ ވަރަށްވެސް ފަސޭހަކަމެއް އެހެނަސް މިއިން އެއްވެސްކަމެއް ކުރިޔަކަށް ނުގެންދާނެ މީހައްތަހާވެސް ސިޔާސީ ކުޅިވަރު.

  7
  1
 7. ނުޖެހޭނެ

  މިކަމުގައި ރައީސް ނަޝީދުގެ ބޮޑީގާޑުން ކުށްވެރި ކުރެވޭނެ ކަމަކަށް ނުފެނޭ. އެމަނިކުފާނަކީ ސެކިއުރިޓީއިން ތިއްބަސްވެސް ވަރަށް ލޫޒްކޮށް އުޅުއްވާ ބޭފުޅެއް ކަމުން ސެކިއުރިޓީ ގާޑުންނަށް އެހާ ބޮޑަކަށް ނުބެލޭނެ. ކުށްވެރި ކުރަންޏާ ކުރަންވީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް. މިވަރުގެ ކަމެއް ހިނގިއިރު އިންޓެލިގެންސަށް ކޮންމެވެސް ވަރަކަށް ރޭކާ ލާފަ އޮންނާނީ