މިރޭ ރައްޔތިުންގެ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭގެ 10:45 ގައި ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ. އަދި މިރޭގެ ޖަލްސާ އަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ދެންމެ ވަނީ ނޯޓިސް ފޮނުވާފައެވެ.

މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާއެއް ދީފަވަނިކޮށެވެ. ރައީސް ނަޝީދަށް އެފަދަ ހަމަލާ އެއް ދިނުމާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެއިން ނިކުމެވަޑައިގެން ކާރު ކޮޅަށް އަރަން ދިޔަ ވަގުތު އެ ސަރަހައްދުގައި އެއްވެސް ގޮއްވާލައިގެންނެވެ. މިހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ އަނިޔާ އަދި ސާފުވެފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ސިޔާސީ ބޭފުޅުން ވަނީ ކުށްވެރި ކުރައްވާފައެވެ.

މީގެ އިތުރުން މި ހަމަލާ އާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ އޭޑީކޭ ސަރަހައްދުގައި ތިބެގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސްބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އެމްއެންޑީއެފް އިން ކުރި ޓުވިޓެއްގައި ބުނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެ މުއައްސަސާ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެމުއައްސަސާގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ލެވެލް މަތިކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަޔަސިންތް

    ވާނެގޮތް ތިފެންނަނީ

  2. ލޮލް

    މިމީހުން ކުރާ ކަންތަކަށް އާންމުން މާބޮޑު ސަމާލުކަމެއް ދޭނެކަމެއް ނެތް. ދެއުޅިއެއްނުވާ ބޮޓުން ތަކަކަށް މެޖޯރިޓީ ދީގެން ރައްޔިތުން ހަނާވަނީ.