އައްޑޫ ސިޓީ ފޭދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީން މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ފައްސިވި މީހާއަކީވެސް ފޭދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާ ފައްސިކަން އެނގުނޫ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.

އެ ވޭދަނައާ ގުޅިގެން އައްޑޫ ސިޓީއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިހާރު ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާއިރު، މާދަމާ އިން ފެށިގެން އައްޑޫގައި ހަތް ދުވަހުގެ މުއްދަތަށް ކާފިއު ހިންގުމަށް ނިންމާފައި ވެއެވެ. ކާފިއު ހިންގުމަށް ނިންމާފައިވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ.

މީގެ ކުރިން އެ ސިޓީގެ ރަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށްވެސް އަރާ ފޭބުން އޮތީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު