ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެއްވާފައި ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ކަމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީންް ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސްް ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރ ާކަމަށެވެ. އެ ޕާޓީން ދެކޭ ގޮތުގައި އެ ހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެކެވެ.

މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ރައީސް މުޙަންމަދު ނަޝީދަށް ފަރުވާ ދެއްވަމުން ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

"މިޕާޓީގެ ދުޢާ އަކީ، ރައީސް މުޙައްމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ." އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަަމުންނެވެ. އެމަނިކުފާނަށް ހަމަލާ ދީފައި ވަނީ ދިރިއުޅުއްވާ ގެެކޮޅުން ނިކުމެވޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށެެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިފާރަވެރިޔާއަށާއި، ބިދޭސީއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ނަޝީދު އަށް އަމާޒުކޮށް ދިން ހަމަލާ ކޯލިޝަނުގެ ހުރިހާ ޕާޓީއަކުން އަދި އިދިކޮޅު ޕީއެންސީ/ޕީޕީއެމްް ހިމެނޭ ކޯލިޝަަނުން ވަަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން ވެސް ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ....

    އަޖައިބެއް...ތި ބުނަނީ ރައްޔިތުން މީ ގަމާރު ބައެކޭތޯ...ބޮން ހަދާ މީހާއަށް އެނގޭނެ ދޯ އޭގެ ބާރު ހުނނާނެ މިންވަރު...ދެން ކީއްވެބާ ޔަގީނުން މަރުވާނެ ވަރުގެ ބޮމެއް ގޮއްވާނުލީ...ފެން ބޮމެއް ދުން ބޮމެއް އަޑު ބޮމެއް ގޮއްވާލައިގެން މީހުން މަރަން އުޅެން މީ 1800މ ވަނަ އަހަރުތޯ...ގަބޫލުކުރެވޭކަހަލަ ފިލްމް ކުޅެބަލަ...

    10
    1
    • ފިނޑި އަމަލެއް

      އެކަން ކުރި ބައެއްގެ ފެންވަރު ނެތީ، އެއަށްވުރެ ބޮޑު އެއްޗެއް ހެދޭ ނަމަ އެކަހަލަ ޖާހިލުން ނުހަދާ ތިބޭނެތަ، މި ރާއްޖެ ސީރިޔާ، ޔަމަން ކަހަލަ ތަންތަން ގޮތަށް ފުނޑާލަން އުޅޭ ބަޔަކު މި ގައުމުގަ އެބަވޭ، މިބައިމީހުންގެ ހުރިހާވެސް ކަމަކީ ވައްކަން ކުރުމާއި ފިތުނަ ފަސާދަ އުފެއްދުން ،
      ރައީސް ނަސީދު އަށް އަވަސް ސިފާ އެއް މިންވަރު ކުރައްވާށި! އަދި މިކަން ކުރި ބަޔަކު ހޯދާ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ސަލާމަތީ ބާރު ތަކަށް ގޮވާލާން ، ތަހުގީގީ އިދާރާ ތަކުން ވީ އެންމެ އަވަހަކަށް ދިވެހި ބިމުގައި މި ހިންގި ފިނޑި ޢަމަލުހައި ސާމިލް ވާ ބަޔަކު ތިބި ތާކުން ދަމާ ނެރެ ހައްގު އަދަބު ދިނުމަށް ގޮވާލަން !

    • މުޅި އޮޑީގައި ހަސަނުގެ ދެފައި

      އިތުރަށް ރައީސް ނަޝީދުގެ ނުފޫޒު އެމްޑީޕީ ތެރޭ ގަދަވާގޮތް މިވީ.

  2. ދަރާ

    މީ ހަމަ ނަޝީދުއަށް ދިން ހަމަލާ އެއްބާއޭ ހިތަށްއަރަނީ . އިންތިފާގެއް ނޫންބާއޭ .ސައި ކަލުގެ ބެޓެރީ ގޮވުން. ހަމަ ހީނުވަނީ އެހާ ހާމަ ކަން ބޮޑު ގޮތެއްގަ ނަޝީދު އަށް މީހަ ކު ހަމަލާ ދީފާނެ ހެން . އިންޓެލިޖެންސަށް ވެސް ހަމަ ޚަބަރެއްވެސް ނުވެ. ތިޔަތާ ކައިރީގަ ނެތްބާ ސީސީޓީވީ ކެމެރާ އެއް ވެސް.

    10
  3. ހުސޭނުބޭ

    އަވަހާރަ ޑްރާމާ އެޕިސޯޑް 2

    10
    1
  4. އެމްޑީޕީ

    ސްލޯލިހް އިސްތިއުފާދީފައި ބޮޑުވަޒީރައް ވެރިކަންދޭނެ. ދެން ރޭވިފައިހުރިގޮތަކީ މިއީ.

  5. ސޮއްބެ

    އަންނިގެ ފިލްމެއް ކަމަށް ގަބޫލު ކުރެވެނީ

  6. ސަޓޯ

    ކިބާ ހެކި ؟؟