ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ބައްޔަށް ފައްސިވާ ނިސްބަތް ފުރަތަމަ ފަހަރަށް 19.7 އިންސައްތައަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވާ ރޭޓު 19.7 އިންސައްތަ އަށް އަރާފައިވާއިރު، އިއްޔެ މި އަދަދު އުޅުނީ 15 އިންސައްތައިގައެވެ. މިއަދު މި އަދަދު މިހާ މަތިވެފައިވަނީ އިއްޔެއަށް ވުރެ ބޮޑު ތަނުން ޓެސްޓް ކުރި މީހުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ.

އިއްޔެ ރާއްޖެއިން 4،787 މީހަކު ކޮވިޑަށް ޓެސްޓް ހަދާފައިވާއިރު، މިއަދު މިބައްޔަށް ޓެސްޓް ކޮށްފައިވަނީ 3،574 މީހެކެވެ. މިއީ އިއްޔެއާއި އަޅާބަލާއިރު، 1،213 އަދަދު ދަށް އަދަދެކެވެ.

ރާއްޖޭގައި ބައްޔަށް ފައްސިވާ ނިސްބަތް 19.7 އިންސައްތަ އަށް އަރާފައިވާއިރު، މި ބަލީގައި މިއަދު 4 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 33،368 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 703 މީހަކު މިރޭ ފައްސިވެފައިވާ މީހުންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 25،675 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު 7،607 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 203 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު