ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް މަތިކޮށްފިއެވެ.

ފުލުހުން "ވަގުތު" އަށްު ވިދާޅުވި އެލަރޓް ލެވެލް މަތިކޮށްފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް-19އިގެ ހާލަތު އޮތްގޮތުންނާއި މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަސް ދިން ހަމަލާ އާއި ގުޅިގެން ކަމަށެވެ. ފުލުހުންގެ އެލަރޓް ލެވެލް މަތިކުރިކަން ހާމަކޮށްފައި ވަނީ މީގެ ކުދަ އިރުކޮޅެއް ކުރިންނެވެ.

މިރޭގެ ވަގުތެއްގައި އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވާއިރު، އެމްއެންޑީއެފް އިން ކުރި ޓުވިޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެ މުއައްސަސާ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެމުއައްސަސާގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ލެވެލް މަތިކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ އޭޑީކޭ ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިސްބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެއިން ނިކުމެވަޑައިގެން ކާރު ކޮޅަށް އަރަން ދިޔަ ވަގުތު އެ ސަރަހައްދުގައި އެއްވެސް ގޮއްވާލައިގެންނެވެ. މިހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ އަނިޔާ އަދި ސާފުވެފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ގިނަ ސިޔާސީ ބޭފުޅުން ވަނީ ކުށްވެރި ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ބާއްވާ މަޖިލީހުގެ ކުއްލި ޖަލްސާ އެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައވެެ. އެ ޖަލްސާ އަށް މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާ އެއް ބާއްވަން ހުށަހެޅުއްވީމަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު