ޏ. ފުވައްމުލައް ސިޓީން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު މިހާރު އެރަށުން ޖުމްލަ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

އެރަށުން އެންމެ ފުރަތަމަ މިއަދު ފައްސިވެފައި ވަނީ އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެއީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އެ ރަށުގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި މީހެެކެވެ.

މި ވޭދަނައާ ގުޅިގެން އެ ސިޓީއަށް އަރާފާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެ ވޭދަނައާ ގުޅިގެން އެ ރަށުން ނެގި ސުންކުތަކުން މިހާރު ނުަވަ މީހަކު މި ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެ ނުވަ މީހުންނަކީ ފުރަތަމަ ފައްސިވި މީހާއާ ގާތުން އެއްތާވި މީހުންނެވެ.

އެ ވޭދަނައާ ގުޅިގެން މިހާރު އެރަށު 35 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.

އެރަށުން މިއަދު ފައްސިވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުގެ ކުޑަ ކުދިންވެސް ހިމެނެއެވެ.

އެ ރަށުން ފައްސިވެފައި ތިބި ބާކީ ތިބި ދެ މީހުންނަކީ ކަރަންޓީންގައި ތިއްބާ ފައްސިވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު