ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭގޮތުން ކަންބޮޑުވުންތައް އެބަހުރި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން އަސްލަމް ވިދާޅުވީ، ވޯޓާސް ލިސްޓާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި ހުރި މައްސަލަތައް އަންނަ ހޯމަ ދުވަހު އީސީއަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަސްލަމް ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދޭ ތަން ނުފެންނަ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށްވޯޓާސް ލިސްޓާ ގުޅޭ ގޮތުން ހުށަހެޅީ އެންމެ ޝަކުވާއެއް ކަމަށްވިޔަސް، ވަރަށް ގިނަ ޝަކުވާ އެ ލިސްޓާ ގުޅޭގޮތުން ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވޯޓުލާ މީހުންގެ އައިޑީކާޑު ނަމްބަރު އެ ލިސްޓުގައި ހިމަނާފައި ނެތުމެވެ.

"އެއްވެސް ޝަކުވާއެއް ނެތް ސާފުކޮށް އޮތް ލިސްޓެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބައިވަރު ޝަކުވާ އެބަހުރި، ކުޑަކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހުރިކަން މިހާތަނަށް ވެސް ފާހަގަވެފައިވޭ, އެއީ އެއްވެސް މައްސަލައެއް ނެތް ލިސްޓެއް ކަމަކަށް ގަބޫލުނުކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރެވޭ އެންމެ މުހިންމު ވަސީލަތަކީ އައީޑީކާޑު ނަމްބަރު ކަމަށާއި އެ މައުލޫމާތު ނެތް ނަމަ އެކަންކަން ކަށަވަރު ކުރަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިޑީކާޑުގެ ނަމްބަރު ނުބައިކޮށް އޮވެއްޖެ ނަމަ އެ ޝަކުވާ ކޮމިޝަނަށް ހުށަހަޅަން އެ ކޮމިޝަނުން އެދިފައި ވިޔަސް، އެ މައުލޫމާތު އާންމު ނުކުރަނީސް އެކަން ނުކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އެ މައުލޫމާތު ދޭން އެ ޕާޓީން އެދުމުން ވެސް އެ މައުލޫމާތު ކޮމިޝަނުން މިހާތަނަށް ނުދޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. ނިޔާޒް ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމު މިހާރު އޮތްގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށާއި އެކަމަކު އެއީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށެވެ.

"މަރުވާ މީހުންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ދިމާވުމުން އިތުރު ލިޔުމަކާ ނުލައި އެ ޝަކުވާއެއް ބަލައިގަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ކަންބޮޑުވުންތަކަށް ހައްލު ކުރަން އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށާއި އަދި އެކަމަށް އެހެން ޕާޓީތަކުން ވެސް މަސައްކަތް ކުރަން އޭނާ ގޮވާލެއްވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބުގެ ވޯޓާސް ލިސްޓާ މެދު ޝަކުވާ އޮތް ނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ވޯޓާސް ލިސްޓުގައިި ނަން އޮތްތޯ އެސްއެމްއެސް މެދުވެރިކޮށް ވެސް ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަވޯޓާ

  އީސީ އިން ތިއުޅެނީ ކޯއްޗެއް ހަދަންކަން ވަރަށްސާފު

 2. ނިޒާރު

  ކަލޭމެން ކަންބޮޑު ނުވާ އެއްކަމެއް ވެސް އެހެން ބަޔަކަށް ކުރެވޭތަ.؟ކަލޭ މެއްނަށް ހަމަ އެކަނި ރަގަޅުވާނީ ކެނެރީގެ ނަޝީދު ކުރާކަންތައް!

 3. ނަޖީ

  ކޮމްމެހެން ނުޖެހޭޭޭޣަޣިޑީ ނަމްބަރު ޖަހާކަށެ މަގޭޭޭޣަޣިޑީ ޖަހާގެން ނުވާނެI

 4. ޙަބޭސް

  އައިޑީ ނަމްބަރ އެއަކީ އެއްވެސްއިރަކު އާއްމުކުރާ ލިސްގައި ހިމަނާ މަޢުލޫތެއްނޫން ތިއުޅެނީ އެހެން ކަމެއްގަ މަގޭ އައިޑީ ނަމްބަރ އާއްމުކުރާ ލިސްޓްގައި ހިމަނައިގެން ނުވާނެ