ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާއަށް ފަހު މިރޭ ކުއްލި ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާ ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާ ފަށްޓަވަމުން އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ޑޮކްޓަރުންނާއި އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެވެމުންދާ މިންވަރަކުން މަޖިލީހުގެ މެންބަރުންނަށް ޚިއްސާ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ފަރާތުން ތަހުގީގުގެ މައުލޫމާތު ވެސް ލިބެމުންދާ މިންވަރަށް ޚިއްސާ ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާ މި ވަގުތަށް ވަނީ މެދުކަނޑާލައިފައެވެ. އެކަމަކު ޖަލްސާ އިރުކޮޅެއް ތެރޭ އަނެއްކާ ވެސް ފަށާނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ އެއްވެސް މެންބަރަކު މަޖިލީހުން ދުރަށް ވަޑައިނުގެން ތިއްބެވުމަށް އީވާ އެދިވަޑައިގެންނެވިއެވެ.
ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެއިން ނިކުމެވަޑައިގެން ކާރު ކޮޅަށް އަރަން ދިޔަ ވަގުތު އެ ސަރަހައްދުގައި އެއްވެސް ގޮއްވާލައިގެންނެވެ. މިހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ އަނިޔާ އަދި ސާފުވެފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ހަށިފާރަވެރިޔާއާއި ސިފައިންގެ ތިން ބޭފުޅަކަށާއި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެ ކައިރީ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް އާންމު ރައްޔިތުން އެ ސަރަހައްދުގައި އަދި އޭޑީކޭ ހޮސްޕިޓަލް ހުރި ސަރަހައްދުގައި ވެސް އިރުތަކެއް ވަން ދެން ހުޅުނެވެ. ފުލުހުންނާއި ސިފައިންގެ އެލާޓް ލެވެލް ވެސް ވަނީ މަތިކޮށްފައެވެ.
ރައީތުން ބޮޑު ބަލިމަޑުކަމުގަ ބަލިވެ މަރުވަމުން ދާއިރު ކީއްވެގެންތޯ ތިގޮތަށް ދިގު ދެމިގެންދާ ޖަލްސާ ނުބާއްވަނީ.
ވަރަށް ބޮލަށް އުދަނގޫވޭ ތާނަލިޔާއިރު އަކުރުގަ ނުކުތާޖަހާ އިރު ނެއިގޭޙާލުގަވެސް ތިއްކެއްޖަހާލާތީ. މިސާލަކަށް ޞުރުޚީ ޖަހަންޖެހޭ
ތަނުގަސުރުޙީ. ތަންކޮޅެއް ޒިންމާ ދާރުވާންފެނޭ.
އަަސްލުވެސް މަވެސް ތިބަނދިވަރު ކިޔާ ކިޔާ ހަންވަނީ. ވަގުތު ކުދިންނޭގެ ދެން ބުނާނެ އެެއްޗެއް. އުސާމާ އެއީ މަގޭ ފޭވަރިޓް އޭނަ ދެން ފަހަރަކުންް ރަނގަޅު ކޮށްލާނެ.
އަބޫޖަހުލުވެސް ބުނި ދިގުދެމިންވާ ސިހުރެކޭ
މިރެއަކީ ރަމަޟާމަހުގެ 25 ވިލޭރެ މީ ވެސް ބަރަކާތުން ފުރިގެންވާރެއެއް އެހެންވީމަ ރައީސް ނަޟީދަށް ހެވެއް އެދޭނަމަ ބާއްވަންވީ މަޖިލިސް ޖަލްސާތޯ ނުވަތަ މުސައްލަ މަތީ އިނދެ އެމަނިކުފާނަށް ހެޔޮދުއާކޮށް އެއަމަލް ހިންގިފަޜާތް ހާމަކުރައްވާތޯ ކީރިތި ﷲ ގެ ހަޒްރަތުގައި ދުޢާކުރުންތޯ މޮޅު އިތުރުގޮތަކީ...