ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ "އެތެރެއިން ދިން ހަމަލާއެއް" ކަމަށްދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެކޮޅު ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަަގަށް ކާރުކޮޅަށް އަރަން ދިޔަ މަގުމަތީ އެއްޗެއް ގޮއްވާލައިގެންނެވެ.
ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ކުރި ޓްވީޓެއްގައި ވަނީ އެ ހާދިސާ ހިންގި އިރު ނަޝީދުގެ ބޮޑީގާޑުން ކޮބާތޯ ސުވާލު ކޮށްފައެވެ. ބޮޑީގާޑުންނަޝީދުގެ ކާރު ޗެކް ނުކުރީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލު ކޮށްފައެވެ. "އަހަރެން %90 ގަބޫލުކުރަނީ މިއީ އެތެރެއިން ދިން ހަމަލާއެއް ކަމަށް." މީރާ ބުންޏެވެ.
ނަޝީދަށް ދިން ހަމަލާއަކީ ރޭވިގެން ހިންގާފައިވާ ނިރުބަވެރި ހަމަލާއެއް ކަމަށް މީރާ ސިފަ ކޮށްފައިވާއިރު އޭނާ ވަނީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެހަމަލާ ކުއްވެރި ކުރެއްވުމުން އެއީ މައުމޫން ރާވައިގެން ކުރައްވާފައިވާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
މީރާ އަކީ މީގެ ކުރިން ވެސް މިފަދަ ތަފާތު އެކި ތުހުމަތުތައް މާބޮޑު ހެއްކެއް ނެތި އެކި ފަރާތްތަކުގެ މައްޗަށް ކުރަމުން އަންނަ މީހެކެވެ.
މި ހާދިސާގައި ރައީސް ނަޝިދަަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށާއި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން ޑްރައިވަރަށްވެސް ވަނީ އަނިޔާވެފައެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ފުލުހުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ތަހްގީގު ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ހަމަލާ އާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ތިޔަ މީ ރާ އަކީވެސް އަންނި ގޮތަށް ހިނދުކޮޅު އަންނަ ގޮއްޔެއެއް ކަން ނޭގެ އެއްނު. އެހެންނާ ފަހެ ދެން މައމޫނާ ޖައްސާލުމުގެ ބޭނުމަކީ ކޮބާ.
ހު ރިހާ ކަމެއް އަ ރުއްވައިގެންފަ ތޯއްޗެ
ލަދުހަޔާތާ އަޚްލާޤާ ހިލްމާ ދެންވެސް އެއްޗެއް އޮތިއްޔާ އެއެއްޗެއްވެސް
މައުމޫނޭ ނުކިޔާ ނުހުރެވޭދޯ އެކޮޔެ ހަޖަމުނުވަނީދޯ ރައީސް މައުމޫނާ މިކަމާހުރީ ކޮންގުޅުމެއް
ބޮޑަށްބެލެވެނީ ގޭތެރޭގެކަމެއްކަމަށް ؟ ކޮބާ މިކަނބުލޭގެމަންމަ ؟ ކީއްވެ ގެއިންނިކުތުމުގެކުރިން
ކިޔާދުއާނުކިޔެވީ؟
ސައިކަލުގެ ބެޓެ ރި ގޮވައިގެން ވެސް ވެދާނެ، ތިގޮތަށް ވިސްނާކަށް ނުވާނެ،
މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ.
އެތާކު ކީއްކުރަން ހުރި އިގިރޭސިވިލާތުމީހެއް އެއީ ސީދާ ރާވައިގެން ސަމާލުޖަން
ހޯދަން
ބައިސްކަލެއްގެ މަޑިދަށުން ދިމާވިކަމެއްގެ ސަބަބުން ނަޝީދުއަށް އަނިޔާލިބުނުކަން ވަރަށްދެރަ އެކަމު މީރާ އެބުނާގޮތަށް އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން އަންނިގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.
ބޯހަމަ ހަމަޖެހޭތޯ ޗެކް ކޮށްލަބަލަ.ހަމަލާ ކުއްވެރި ކުރާ ކޮންމެ މީހަކީ އެހަމަލާޔާ ގުޅުން ހުރި މީހެއްތަ؟އަންނި އަކީވެސް ގައުމުގެ ރައީސްކަން ކޮށްފަހުރި އަދި އެތައް ހާސް ބަޔެއްގެ ތާއީދު އޮތް މީހެއް.މަޖިލިސްގެ ރައީސް.އެމްޑީޕީ ރައީސް .އެހެންވީމާ ދެރަވާނެ އެންމެންވެސް .ހަމަލާ ކުށްވެރިކުރާނެ. ހެޔޮ ވިސްނުން ދެއްވާށި.
މިއީ ކަލޭގެ ބަަައްޕައާ އިންޑިޔާއިން ރާވައިގެން ދިން ހަމަލާއެއް. ކަމެއްހާސިލް ކުރަންވެގެން ކުޑަކޮށް ޒަޚަމްވެސް ވާންޖެހޭނެތާ. ތީ ކޮންބައެއް،، ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް
މިއީ ރާއްޖޭގަ ކޮވިޑް ގޯހުން ގޯހަށް ދުއްވަފަ ރައްޔިތުން ގ އޮޅުވާލަން ޖައްސާ ގޭމް އެއް..
މީރާއެވެ އަހަންނަށް ވެސް ޤަބޫލުކުރެވެނީ މި ހަމަލާ ދިނީ އެތެރެއިންކަމަށެވެ. އެކަމަކު މަށަށް ޤަބޫލުކުރެވެނީ އެއީ އަމިއްލް އެދުމަށް ޤައުމުގެ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ކިލަމބުކޮށް ބައިނަލްއަޤވާމީ ސަމާލުކަން ހޯދަން ތިޔަގޭގެ އެތެރެއިން ރޭވިގެން ދިވެހި ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށް. އެމަނިކުފާނަކީ މިކަމުގައި ލީޑް ރޯލް ކުޅެދިން އެކްޓަރ އަދި ސްޓަންޓްމަން. އެމަނިކުފާނަކީ ތިޔަގޭގެ އެތެރެއިން ރާވައިގެން އިސްތިއުފާ ބަޣާވާތެއްކަމުގައި ސިފަކުރި، ކޯޓަށް ހާޒިރުކުރި އިރު ބިންމައްޗަށް ވެއްޓިގަނެ ފުލުހުންގެ ބޮލުގަ ބަދުނާމު އެޅުވުމުގެ ސްޓަންޓްގެ ލީޑް އެކްޓަރުވެސްމެ އަދި ޔޫކޭގައި އެދެއްގެ މަތީގައި އޮނަގަނޑުންތިރި އެއްކޮށް ބެންޑޭޖް ކުރައްވައިގެން އޮށޯވެ އޮންނަވާ ފޮޓޯ އާއްމުކުރެއްވި ސްޓަންޓްމަން ވެސްމެ އެހެން ނޫންތޯ؟ ވީމާ މިހާރު ހީނަރުވަމުން އަންނަ ޕޮޕިއުލްރިޓީ އަށް ބަލާފައި ދެން މިފަދަ ސްޓަންޓެއް ތިޔަގޭގެ އެތެރެއިން ރާވާ ހިންގުމުން ދިވެހި ރައްޔިތުން ހައިރާން ވާންޖެހޭތަ؟ އަހަރެމެން ހައިރާން ވީހީ މިކަން ނުހިނގި ނަމަ!
އެތެރެއިން ރަވައިގެން އަންނަ ކަންކަމުގައި ކުރީގެ ފިރިމީހާއަށް ލަނޑުދޭން މަންމާފުޅު ކުރިކަމެކޭތޯ ތި ބުނުއްވީ! އެތެރެގެއިން ރާވާ ޙަމަލާ އެނގޭނީ ހަމަ އަނބިދަރިންނަށް
ބޮޑަށް ގަބޫލު ކުރެވެނީ ހަމަލާ ރޭވީ "އެތެރެއިން ކަމަށް"
މީރާ މީ ރޯނު އެދުރެއް. ހަމަޖެހޭ އެއްޗެއްނޫން.
ކޮވިޑް ޑުރާމާ.