ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީއިން މި ހަބަރު ފެވިފައިވާ ފަދައިން ދުނިޔޭގެ އެކި ހިސާބު ތަކުގެ މީޑިއާ ތަކުގެ ސުރުހީތަކުން ވެސް ފެނިގެން ދަނީ މި ހަބަރެވެ.

އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ކިޔަމުން އަންނަ މަޝްހޫރު ނޫސް އެޖެންސީތައް ކަމަށްވާ ބީބީސީ، އެންޑީޓީވީ، އަލްޖަޒީރާ، ޓައިމްސް އޮފް އިންޑިއާ އަދި އިންޑިއާ ޓުޑޭ ފަދަ މިކަހަލަ އެތައް ނޫހެއްގައި މި ހަބަރު ލިޔެވިފައިވެއެވެ.

އިންޑިއާ ޓުޑޭއިން ގެނެސްދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ ބޮމުގެ ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ރައީސް ނަޝީދު ޒަހަމްވެއްޖެ ކަމަށާއި މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ. މި ނޫހުން ރިޕޯޓު ކޮށްފައިވަނީ ދިވެހިން ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓަކަށް އިޝާރާތް ކޮށްފައެވެ.

ބީބީސީއިން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ރައީސް ނަޝީދު ގެއިން ބޭރަށް ނިކުންނަވަނިކޮށް ގެޔާ ދިމަ މަގުމަތީގައި އެއްޗެއް ގޮވައި އަނިޔާ ވެފައިވާ ކަމަށެވެ.

އަލްޖަޒީރާ ނޫހުން މި ހަމަލާގެ މައުލޫމާތު ގެނެސްދީފައިވާއިރު ފާހަގަ ކޮށްފައިވަނީ މިއީ ބޮމުގެ ހަމަލާއެއް ކަމަށާއި، ހަމަލައިގައި އެމަނިކުފާނު ޒަހަމްވެ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. ޕީއެސްއެމް އާއި ހަވާލާދީ އިތުރަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވަނީ މި ހަމަލައިގައި ބިދޭސީ މީހަކަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ މީޑިއާ ތަކުގެ ސަމާލުކަން ލިބުމާއި އެކު އެކި ގައުމުތަކުގެ ކެބިނެޓް މިނިސްޓަރުންނާއި، ސިޔާސީ ގޮތުން އިސް ބޭފުޅުން އަންނަނީ ސޯޝަލް މީޑިއާގެ ބޮޑަތި ޕްލެޓްފޯމުތައް މެދުވެރިކޮށް ރައީސް ނަޝީދަށް ހަމްދަރުދީގެ މެސެޖުތައް ފޮނުވައި މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ރައީސް ނަޝީދަކީ ތިމާވެށީގެ ރޮނގުންނާއި އިންސާނީ ހައްޤުތަކުގެ ރޮނގުން ބައިނަލް އަގްވާމީ އެވޯޑްތަކެއް ވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިލްޔާސް ވަހީދު

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ދެބަދޭތެރޭ ވެއްޓުނު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަޤްވާމީ މީޑިއާތަކާއި ރާއްޖޭގެ ނޫސްތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ކިޔަމުން އަންނަ މަޝްހޫރު ނޫސް އެޖެންސީތައް ކަމަށްވާ ބީބީސީ، އެންޑީޓީވީ، އަލްޖަޒީރާ، ޓައިމްސް އޮފް އިންޑިއާ އަދި އިންޑިއާ ޓުޑޭ ފަދަ މިކަހަލަ އެތައް ނޫހެއްގައި މި ހަބަރު ލިޔެވިފައިވެއެވެ. މިހާރު މިހާދިސާޔައް ހޮލީވުޑު ލޮލީވުޑް ބޮލީވުޑް ފިލްމުހެދުމައްތަޔާރުވަމުންދަނީ މިއަންނައަހަރު ގުރެމީގަ ވަނަކާލާނެ ........

  2. ޙހހހ

    އޭނަ އެންމެ ބޭނުންވާ ކަންތައްތައް ތީ..

  3. ނަސި

    ދެރަކަމެއް ސޯލިހުބެ ހުރިހާ ގާތައް ފުރޮޅާތި އެންމެގަލެއްވެސް ނުބާއްވާތި ނުފޮޅުލާ

  4. ޑައެލޯގް

    މިއީ އަންނި ބޭނުންވާގޮތް މަޝްހޫރުވާން

  5. ސިޔާސީ ރޭވުންގަނޑެއް

    ނަޝީދަކީ މީޑިއާގެ ސަމާލުކަމާއި އާންމުންގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ސިޔާސީ މީހެއް!!

    2
    2
  6. އިންޑިއާގެ ބޮޑު ރޭވުމެއް!

    ލައިވް ޓީވީގައި ލޯންޗެއްގައި ރައީސަކު އަވަހާރަކޮށްލަން ދިން ހަމަލާ ދުނިޔޭގެ މީޑިއާތަކުން ދެނެހުރިކަމަށްވެސް ނުހަދާ! މިހާރުވެސް ތިކަމުގެ އަޑީގައި ތިބި ބަޔަކާއިމެދު ސުވާލު އުފެދިއްޖެ!

  7. ތުއްޓެ

    ރައީސް ނަޝީދު އަމިއްލަ އެދުމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ދިން ހަމަލާ ދުނިޔޭގެ މީޑިއާތަކުގެ ފަލަސުރުޚީގައި އެހެން ގޮަތަކަށް!

    3
    1
  8. ޒަމާން

    ރައީސް ނަޝީދަކީ ތިމާވެށީގެ ރޮނގުންނާއި އިންސާނީ ހައްޤުތަކުގެ ރޮނގުން ބައިނަލް އަގްވާމީ އެވޯޑްތަކެއް ވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އިސްލާމްދީނާއި ދެކޮޅުވެރި ދީނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ރޮގުން ދީނާއި ދެކޮޅު ކާފަރު ގައުމުތަކުގެ ރުހުން ހޯދާފައިވާ ބޭފުޅެކެވެ. މިހެން ލިޔެލިނަމަ ފުރިހަމަވީސް