21:38

އިނގިރޭސިވިލާތުގެ ކޮވިޑް "ރަތް ލިސްޓް" ގައި ރާއްޖެ ހިމަނައިފި

20:07

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައި އޮތް އައްޑޫސިޓީގައި އުސޫލުތަކަށް ގޮން ޖަހައި އެމްޑީޕީން ވެހިކަލް ބުރެއް ބާއްވައިފި

19:41

ލޭގަނޑުވާ ކަމުގެ އެކި މައްސަލަ ފެންމަތިވި ނަމަވެސް، އިނގިރޭސިވިލާތުގެ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ކޮވިޝީލްޑް ވެކްސިން ދިނުމަށް އެގައުމުން ނިންމައިފި

19:08

މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވަމުންދާތީ، ވަގުތީ ގޮތުން މަސައްކަތް ކުރާނެ ނަރުހުންނާއި މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފި

17:26

ފަތުރުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވި ނ. ވެލިދޫ އަށް އަރާ ފޭބުން މަނާ ކޮށްފި

16:30

ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

16:20

ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

15:51

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އައްޑޫ އާއި ފުވައްމުލަކުގައި ކާފިއު އިއުލާނު ކޮށްފި

15:48

ގދ. ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:46

ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ

05:27

މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާ އިން އިއްޔެވެސް ރެކޯޑް އަދަދަކަށް މީހުން އެ ބައްޔަށް ފައްސިވެއްޖެ.

05:08

ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ދެއްކި ޅ. ނައިފަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

04:12

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ހަތަކަށް އަރައިފި.

03:47

މާފުށިން އިތުރު 20 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

02:58

ކޮވިޑް ޖެހިގެން މިއަދު ހަވަނަ މީހަކު ނިޔާވެއްޖެ.

00:57

ނ. އަތޮޅު ވެލިދޫން 16 ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

00:50

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ އަމިއްލަ ކުންފުނިތަކާއި އޮފީސްތައްވެސް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

00:37

މިހާރު ކޮވިޑް-19 ފެތުރެމުންދާ ބައެއް ރަށްތަކުގެ ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަންގައިފި

00:36

މިހާރު ކޮވިޑް-19 ފެތުރެމުންދާ ފަސް ރަށެއްގައި 12 ގަޑިއިރު ވަންދެން ކާފިއު އިއުލާނުކޮށްފި

މިއަދަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން ކޮވިޑްގައި ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. މިއަދު ފަސް މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެތެރެއިން ދެމީހުން ނިޔާވީ މާލެއިންނެވެ. ދެމީހަކު ޅ.އަތޮޅު ނައިފަރުން ނިޔާވިއިރު އެކަކު ވަނީ ރަސްދޫން ނިޔާވެފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުން ދިއުމަކީ މަރުތައް ކުރިއަށް އޮތްތަނުގައި އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރެކެވެ. މިއަދު ވެސް ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު ހުރީ ފައްސަތޭކައަށްވުރެ މަތީގައެވެ.

ރާއްޖެ އިން އާބާދީގެ ބޮޑު އިންސައްތައަކަށް ކޮވިޑް ވެކްސިން ދީފައި ވަނިކޮށް ގިނަ ބަޔަކު ފައްސިވަމުން އަންނާތީ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑުން ދިފާއުވުމަށް މިހާތަނަށް އާބާދީގެ އެންމެ ބޮޑު އިންސައްތައަކަށް ވެކްސިން ދީފައިވާ އިސްރާއީލުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވަމުން ދިޔަ ނަމަވެސް އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ވެކްސިން ދެމުންދާ ގައުމުތަކުން ފައްސިވާ އަދަދު މާބޮޑަށް މަދުވަމުން ނުދާކަމަށް މިއަދު ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް މިރިޕޯޓަށް އަދި ގިނަ ސައިންސްވެރިން އެއްބަހެއް ނުވެއެވެ. އިސްރާއީލްގައި ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.