ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތް އައިސިސް އިން ނަގައިފިއެވެ.

މި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައިވާ ކަމަށް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އާދިލް ބުރާރު ވަނީ އޭނާ ކުރި ޓްވީޓެއްގައި ބުނެފައެވެ. ނަމަވެސް މިއީ އައިއެސް އިން ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް އާދިލް ވެސް ވަނީ ބުނެފައެވެ.

އައިއެސްއިން މި ކަމުގެ ޒިންމާ އުފުލާފައިވާ ކަން ހާމަކޮށްފައި ވަނީ ޑާކް ވެބް ތްރެޑެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.

މި ހަމަލާގައި ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް ފަރުވާ ދެމުންދާ އިރު، އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

ނިރުބަވެރި ހަމަލައާ ގުޅިގެން ރައީސް ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެމަނިކުފާނަށް މިހާރު ފަރުވާ ދެމުން ގެންދަވަނީ ހޭނައްތައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ހަޔަސިންތް

  ރައްޔިތުންނޭ ހޭއަރާ ގަމުގެ ދުވަސް ދުއްވާލުމުގެ މާސްޓަރ ޕްލޭން ތިފެންނަނީ އަޢިސިސް އަކީ ތިބުނާ މީހަކު ކަމަށް ތިވާނީ ޔާ ﷲ މިމުސީބާތުން ގައުމާ ަޅަމެން ސަލާމަތް ކުރައްވާށި ޢާމީން

  210
  8
  • އައޮ

   ދީނީ ހަރުކށި މީހުންގެ ކަމެއް މީ 100% ޔަގީން ހޯދާފަ ހަވަރައްދޭންވީ

   38
   110
   • ޣެރިބެ

    ރީނދޫ ގެރިނަތައް ރާވާގެން އިގިރޭސި މީހަކު ބަހައްޓާގެން ރައްޔިތުންގެ ސަމާލުކަން ހޯދަން ޖައްސާ ސްޓަންޓު

    118
    26
  • އިންޑިއާގެ މަކަރުވެރި ހީލަތްތެރި ރޭވުމެއް!

   އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
   ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

   18
   2
   • އަހުމަދު

    އައިއެސްތަ ކުށެއް ނެތް މައުސޫމު މީހުން މެރީ؟ ނޫނީ އެމެރިކާ،ރަޝިއާ،ސައުދީ ސަރުކާރު،ސީރިޔާ ގެ ބައްޝާރު އަސަދުގަނޑުތަ މެރީ...؟ އައިއެސް އުފަންވީ މިބުނެވިދިޔަ ކާފަރުންގެ ބައިގަނޑާ ހެދީ. އެމެރިކާއިން ޢީރާގާއި ތަންތަނަށް ހޭކެނޑިގެން އަރައިނުގަނެ ތިބިނަމަ އައިއެސްއަށް ހަނގުރާމައިގެ އާލާތްތައްވެސް ނުލިބުނީސް. ކާފަރުންކޮޅަށް އެރޭތޯބަލާތި ކަލޯ....

   • އިންޑިއާގެ މަކަރުވެރި ރޭވުމެއް!

    ހާދަ އަވަހަކަށް އައިސިސްގެ ބޮލުގަ ތިއިލްޒާމު އެޅުވީ އެއްވެސް ތަހުގީގަކާއި ނުލާ؟؟

 2. އެޖެންޑާ2021

  އެއްވެސްޖަމާޢަތަކުން ތިމަންމެން ޒިންމާނަގައިފީމޭ
  ބުންޏަސް ދެންވާގޮތެއްނެއިގޭ. މިޤައުމުގަ އެޖަމާ
  ޢަތުގެ މީހުން އެގެންތިބޭނަމަވަރަށް ރަނގަޅު. އެނގޭގޮތެއްއޮތްނަމަ އެކަން ޢާއްމުންނަށްވެސް
  ފާހަގަކުރެވޭގޮތެއްއޮތީޔާމު ޢާއްމުންވެސް އެކަހަލަ
  މީހުނަށް ބެލެވޭނެ.

  34
  7
 3. ސާބަސް

  އިންޑިޔާގެ ނޫސްވެރިންނަށް އެންމެ ބޮޑަަށް އެނގޭނީ!

  135
  5
 4. ޑިމޮކްރަޓިސްޓް

  މިގައުމު މިހާލަށް ވައްޓާލީ މިގައުމަށް ޑިމޮކްރަސީ ނުގެނެވިގެން ތެޅިބޭލި ބަޔަކު. މުޅިގައުމު ބައިބައިކޮށް ފިތުނަކޮށް އާއިލާތައް ބައިބައިކޮށް ހެދި ޑިމޮކްރަސީ ގެނައިމީހުން މިކަމުގެ ފުރިހަމަ ޒިންމާނަގަންޖެގޭ. އެހެން ބައެއްގެ ބޮލަށް ހުރިހާ ނުބައިކަމެއް ކަނޑާލާ މިމީހުނަށް އަރާ އެއްފަރާތުގަ ނުތިބެވޭނެ.

  147
  8
 5. ޙަލީމު

  ސިޔާސީ އަދި ޖިއޯޕޮލިޓިކްސްގެ ބޭނުމަށް "ޓެރަރިޒަމް"ގެ ނަމުގައި ޤައުމުތަކުގައި މިފަދަ ކަންކަން ހިނގާ އޭގެ ފައިދާ ވަނީ ބޭރުގެ ނުފޫޒުތަކުން ނަގާފަ! ބަޔަކު މީހުން ކުއްލިޔަކަށް މިއީ ވަކި ޓެރެރިސްޓް ޖަމާއަތެއްގެ ކަމެކޭ މާކުރިން ކިޔައިގެން މިފަތުރަނީ ވަކި ނެރޭޓިވްއެއް ނެރެންވެގެން! ރައްޔިތުން މިކަމާ ސަމާލުވާންޖެހޭ! މިރާއްޖޭގައި މުޅި ތާރީޚުގައިވެސް މިފަދަ ކަންކަން ހިނގާފައިވަނީ ހަމަ ސިޔާސީ ކަންކަމުގައި! މިއީ ދިވެހިން ސަމާލުވާންޖެހޭ ކަމެއް! ހައިޖާނެއް ހިނގައި އެންމެން ޖަޒުބާތުގައި ޖައްސައި ހިނގާ ބޮޑެތި ޖަރީމާތަށް ނިމޭ އިރު ރައްޔިތުން ނިކަމެތިވެ ބިކަވާތަން ފެންނަނީ!

  85
  2
  • ޑީން

   ހެޔޮ ވާހަކައެއް. ދެރަކަމަކީ ތިކަން ދަންނަ ދިވެހިން ވަރަށް މަދު. ތިހާ ހޭލުންތެރިއެެއް ނޫން ގިނަ ދިވެހިން. ނަމާދު ކުރަން ޖެހޭތީ އެކަމާ ރުޅިއަންނަ މީހުން ބުނަނީ ދީނީ ހަރުކަށި ފިކުރު ކަމެކޭ އެއި.

   21
   1
 6. ޞަބްރާ

  އައިސިސް އަކީ އިސްލާމްދީނުގެ ދުޝްމަނުން އިސްލާމްދީން ނައްތާލުމަށް ހަތިޔާރެއްގެ ގޮތުގަ ބޭނުންކުރާ ބައެއް. އައިސިސް އަކީ މުސްލިމުންނަށް ހެދިގެން އުޅޭ ބޮޑެތި ކުއްތައް ކުރާ މާފިޔާ ފަދަ ގޭންގެއް

  84
  4
 7. ސާރ

  ބޮޑައް ވައްތަރީ އިންޑިޔާއާއި ނަޝީދުއާއި ވެގެން ހިންގައިގެން އުޅޭ ޑުރާމާއަކާ. ވެދާނެ މިތާގަ ވެރިކަން ބަދަލުކުރަންވެގެން ރޭވުންތަކެއް ހިންގަނީކަމައްވެސް.

  100
  19
  • ކޮވެލި

   އިންޑިއާސިފައިން ދިގުމުއްދަތަކަށް މިގައުމުގަބައިތިއްބަންވެގެން ރާވާލި
   ދޮ ރާއްޓަކަށްވުންގާތް ؟

   30
   3
  • ސޮސެޖ

   ވެދާނެ. ތިބުނި ވާހަކަ ބިލީވެބްލް!

   15
   3
 8. ޙާމިދު

  މީ އިންޑިޔާގެ "ރޯ" އިން ކުުރިކަމަކާ ވައްތަރީ. އެހެންވެ އަވަހަށް އައިއެސް ބޮލުގަ އަޅުވާފަ ފޯކަސް ގެއްލުވާލަން މިއުޅެނީ. #އިންޑިޔާއައުޓް

  105
  7
 9. ޖަމާލު

  ތިޔަ ވާހަކަ ގަބޫލެއް ނުކުރެވޭ ތިޔައީ އިންޑިއާ ގުޅިގެން ފަތުރާވާހަކައެއް... ޒިންމާ ނަގއިފިކަމައް އިންޑިއާ މީހާ ބުނިނަމަވެސް ތިޔަކަމުގެ ޒިންމާ އެއްވެސް ބަޔަކު އުފުލިކަމަކައް ބައިނަލްއަގުވާމީ ނޫސް އިދާރަ ތަކަކުން އަދި ނުބުނޭ

  77
  4
 10. ހިންނަވަެު

  ތިޔަ ޓްވިޓަރ ހޭންޑްލަރ ގެ އިންޓަރ ގްރެޓީއާ މެދު ސުވާލު އުފެދޭ.... ކައިޒީން ފޮލޯ ކުރާމޯހުންގެ އަދަދުވެސް ގިނަ ތިޔަ އިންޑިއާ މީހާއަސްވުރެން

  49
  2
 11. މުހައްމަދު

  ހަމަ ތަނަކުން މީހަކު ޓްވީޓެއް ކޮއްލާއިރަށް އެކަމުގެ ހަޤީގައް ބަލާނުލާ ޚަބަރުތައް ގެނެސްދެމުން ތިޔަގެންދަނީ ކުރާނެކަމެއް ނެތިގެން ހެއްޏޭ.

  69
  3
 12. އިންޑިއާ އައުޓް

  ދެން އެމްމެ އަވަހައް އިވޭނީ މަޖިލީހުގެ ޖަލްސާއެއްގަ ކޮމްމެވެސް ގޮލަޔަކު ނަށީދުގެ ހަށިފާރަވެރިންނައް އިންޑިއާ ސިފައިން ބޭތިއްބުމައް ގޮވާލާ އަޑު ހަމަ އޭގެން ގޮލައެއްތާއީދުވެސް ކުރާނެ މަޑުމަޑުން ގޮސް އިންޑިއާ އަވަށަކަށް ވާނެ އެހިސާބަކަށް މަ ދުނިޔޭގަ ހުރެއްޖެއްޔާ ނަސީބެއް

  20
  2
 13. ނިޒާނު

  މިހާވު ކަމެއް ހިނގާއި ރު ކޮބާތޯ ޑިފެންސް މިނިސްޓަ ރުގެ ބަހެއް ތިޔަ އަންނިވެސް ވެއްޖެ އެއްނޫން ބައިގަނޑާއެކީ އިސްލާހު ޖާޑިއައްލާން...ބޮޑުކަމެއް މުޅިގައު އިންޑިއާގެ ދަށައް..

  12
  1
 14. ނިޒާމު

  ޒިންމާ އުފުލީ މޯދީ އޭވެސް ނުނެވިދާނެ ނޫނީ ލުތުފީއޭވެސް ބުނެވިދާ މީ ދެން ކޯއްޗެއް

  12
  1
 15. ކާފަ

  މީ އިންޑިޔާގެ ރޭވުމެއް.

  15
  1
 16. ޚެކު

  ޑާކް ވެބް ވާހަކަ އާއްމު ކު ރުމަކީ ނަސީދު ވާހަކަ ވު ރެން މާ ނު ރައްކާ ތެ ރި ކަމެއް ކަން ޔަކީ...!!!

 17. ށޖދ

  މީ އައިސސް އެއް ނޫން. އައިސިސް އަކީ އެމީހުންގެ ބާރާ އަޑު ކެނޑިފަ އޮތީމަ ތާކު ކަމެއްވާ އިރަށް "ޒިންމާ" ނަގާ ބަޔެއް! ހޭބުއްދި ސަލާމަތުން ތިބި ބަޔަކަށް އެނގޭނެ މިކަން. މީ ހަމަ ސީދާ ސިޔާސީ ސްޓަންޓެއް.

  18
  1
 18. ސްޓަންޓް

  ނަށީދުގެ މަޤުބޫލުކަން ކުޑަވާތީ އެބޭޅާ އަމިއްލަޔަށް ޖެއްސި ސްޓަންޓެއްނޫންބާ؟

  18
  5
 19. ޙުއްތު

  ތިކަމަކީ ބޭރުގެ ގަޢުމަކުން ރާއްޖެއަށް އަތްގަދަ ކުރުމަށް ފަށައިގަތް ކުޅިވަރަކަށް ވެސް ވެދާނެ،

  21
  1
 20. ސިޔާސީ ކުޅިވަރު

  އެމްއެމްޕީއާރުސީގެ މައްސަލަ ބަލާތީ އަދީބު އަޑީގަ ހުރެގެން ކުރި ކަމެއްތޯ

  8
  1
 21. ތާއީދު އަނބުރާ ހޯދުމަށް

  މި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައިވާ ކަމަށް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އާދިލް ބުރާރު ވަނީ އޭނާ ކުރި ޓްވީޓެއްގައި ބުނެފައެވެ. ހާދަ އަވަހަކަށް ވަކި ބަޔަކުގެ ބޮލުގަ އިލްޒާމު އެޅުވީ!! މިކަމުގެ އަޑީގައި ތިބި މީހުންނާއި މެދު ސުވާލު އުފެދޭ؟

 22. ބީޖޭޕީ އައުޓް

  އިންޑިއާ ސިފައިން އައުޓް! އިންޑިއާ ސިފައިން އައުޓް! އިންޑިއާ ސިފައިން އައުޓް! އިންޑިއާ ސިފައިން އައުޓް! އިންޑިއާ ސިފައިން އައުޓް!

  12
 23. ކަނޑިކި

  ސްކްރީންޝޮޓެއް ނެއްތަ؟؟ ޕްރޫފް ބޭނުން ދޯ އަސްލު 🤓

  8
  1
 24. މަކަރާއި ހީލަތުން ވެރިކަމާއި ތާއީދު

  އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
  ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

  #ނުލަފާކެރެފާ
  #ރޯ އިންޓެލް
  #އެމްއެންޑީއެފް
  #ދިވެހި ތާރީޚް

 25. އަހުމަދު

  އައިއެސްތަ ކުށެއް ނެތް މައުސޫމު މީހުން މެރީ؟ ނޫނީ އެމެރިކާ،ރަޝިއާ،ސައުދީ ސަރުކާރު،ސީރިޔާ ގެ ބައްޝާރު އަސަދުގަނޑުތަ މެރީ...؟ އައިއެސް އުފަންވީ މިބުނެވިދިޔަ ކާފަރުންގެ ބައިގަނޑާ ހެދީ. އެމެރިކާއިން ޢީރާގާއި ތަންތަނަށް ހޭކެނޑިގެން އަރައިނުގަނެ ތިބިނަމަ އައިއެސްއަށް ހަނގުރާމައިގެ އާލާތްތައްވެސް ނުލިބުނީސް. ކާފަރުންކޮޅަށް އެރޭތޯބަލާތި ކަލޯ....

 26. ސާމިޔާ

  މީ މަބުނި ވާހަކަ މި ހާރު އޮއިވަރު ދާގޮތަޢްބަލާއިރު ދީނީ މީހުން ބޮލުގަ ތިކަން ނާޅުވައެތް ނުދާނެ ނަސީދުއާ އޭނަ ގެ ލާދީނީ ފިކުރަށް ތާއީދުކުރާ މީހުންގެ އަބަދުވެސް އަމާޒެއްދީނީ މީހުންނަކީ މިހާރު މަސްރަހު ދާގޮތައްބަލާއިރު ދީ ކުޅެލި ބޮޑު ޑުރާމާޔަކާ ވަރަށްވައްތަރު ހަމަ ކުރިންވެސް ހީވިގޮތައް ކަންކަންތިދަނީ