00:32

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން "ވަގުތު" އިން މެއި 07 ވަނަ ދުވަހު ގެނެސްދިން ބްލޮގް މިހައި ހިސާބުން ނިމުނީއެވެ. މެއި 08 ވަނަ ދުވަހުން ފެށިގެން ގެނެސްދޭ ޚަބަރުތަކުގެ ލިންކްތަކާއި އެންމެ ފަހުގެ މައުލޫމާތު ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

23:18

ހަމަލާ ދިނުމުގައި ބައިވެރިވި މީހެއްގެ ފޮޓޯ އާއްމުވެއްޖެ.

22:58

އެމްއެންޑީއެފްގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

22:54

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު: ބްލޭމް ގޭމަކަށް ދިއުމަށްވުރެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އިންޓެލިޖެންސަށް މިކަން އެނގޭނަމަ މިކަން ކުރިއަކު ނުދޭނެ. އަޅުގަނޑު ހިތައް އަރާ މިފަދަ ޑިވައިސްއެއް ހަދާއިރު އެއްވެސް ރައްޔިތަކަށް ހަމަ ހިލަމެއް ވެސް ނުވޭބާއޭ. މިކަން ކުރި މީހުން ފިލައިގެން މާގިނަ ދުވަހަކު ނުތިބެވޭނެ. އެމީހުން ހޯދޭނެ.

22:51

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު: ރާއްޖޭގައި މިފަދަ ހަމަލާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން. ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކުރެވިފައި އެބަހުރި. ޓެރަރިޒަމްގެ ނުރައްކާ އޮތް މީހުން ކޯޓުތަކުން މިނިވަންވެގެން ދިއުމުން މުއައްސަސާތަކަށް ގޮސް އެވާހަކަދައްކާ ފިޔަވަޅުތަކެއް އެޅިއްޖެ.

22:47

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ހަނގުރާމަތަކުގައި ބައިވެރިވި މީހުން މުޖުތަމައުގެ ތެރޭގައި އެބަތިބި. މިއީ ވަރަށް ކަންބޮޑުވާކަމެއް. މިހަމަލާ އިން ސެކިއުރިޓީ ފޭލިއާއެއްކަން އެނގޭނީ އެސެސްމަންޓެއް ހެދުމުން.

22:44

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: މިއީ ކޮމާންޑް ޑިޓޮނޭޝަނެއް. މިއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް. ފޯނަކަށް ވުރެ ބޮޑަށް ބެލެވެނީ ރިމޯޓް ޑިވައިސް އެއް ކަމަށް ބޭނުން ކޮށްފައި ވަނީ. 2007 ވަނަ އަހަރު ސަަލްޓަންޕާކްގައި ގޮއްވާލި އައިއީޑީއަށްވުރެ މިއައިއީޑީގެ މާބާރުގަދަ. މިއަށް ރޭޒާ ފުއް ގިނަ އަދަދަކަށް އަޅާފައި ހުރި.

22:42

މިނިސްޓަރު މާރިޔާ: އިންޓެލިޖެންސްގެ މައުލޫމާތު އަބަދުވެސް ލިބެމުންދޭ. އިންޓެލިޖެންސްގެ މައުލޫމާތު ލިބުނީމާ ކުރަންޖެހޭ ހުރިހާ ކަމެއް ދަނީ ކުރަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން ދިޔައީ ކުރަމުން. އިންޓެލިޖެންސް އެސެސްމަންޓްތަކުން އަޅުގަނޑުމެންނަށް އެނގޭ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަން.

22:36

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: އަޅުގަނޑުމެންގެ ތެރެއިން މިފަދަ ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެފަދަ އިންޑިކޭޝަނެއް ވެސް ލިބިފައި ނެތް.

22:34

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް މިހާރު ވަނީ އެމްބާއަށް ބަދަލުކޮށްފައި. މިއީ ޓެރަރިޒަމްގެ އަމަލަކާއި ގުޅިގެން ގެންވޭ އެންމެ މަތީ ދަރަޖައަށް ގެނެވިފައި. މިހާރު ސިފައިން ވަނީ މަރުކަޒުތަކަށް ގެނެވި ސަލާމަތީ ފިޔަވަޅުތަކަށް ގެނެވިފައި.

22:33

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: އިތުރު ޑިވައިސްއެއް އެތަނުގައި އޮތް ކަމަށް މައުލޫމާތު ލިބުނު. ނަމަވެސް އެކަން ބެލި ބެލުމުން އަސްލެއް ނެތްކަން އެނގުނު.

22:30

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: އެމަގުގައި ސައިކަލްތައް ބަހައްޓާފައި ހުންނާތީ އެކަން އޮތީ ރެއިސްކޮށްފައި. އެސައިކަލްތައް ނަގައި ދިނުމަށް ކަމާބެހޭ އިދާރާތަކުގައި ވާނީ އެދިފައި. އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ ހަފްތާއަކު ރިވައިސް ކުރަމުން އާދޭ.

22:29

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ރައީސް ނަޝީދަށް ދެނީ، ހަނގުރާމަ މަތީ ހަތިޔާރާއެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވޭ. އިއްޔެގެ ހާލަތުގައި ވެސް ފާލަން ކައިރީގައި އެޑްވާސް ޓީމުގެ ބަޔަކު ތިބިއިރު ވަޑައިގަންނަވަން އޮތް ރަށުގައި ވެސް ސިފައިންގެ ޓީމެއް ފޮނުވިފައި އޮތް. 24 ގަޑިއިރު އެމަނިކުފާނުގެ ގޭގައި ވެސް ސެކިއުރިޓީ ބެލެހެއްޓެމުންދޭ.

22:26

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ރައީސް ނަޝީދަކީ އެންމެ ހައިރިސްކްގައި ހިމެނޭ ބޭފުޅެއް. އެބޭފުޅާއާއި މެދު ލިބޭ އިންޓެލިޖެންސް އަބަދުވެސް ލިބޭ. އަދި ލިބިގެން އެކަމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވެސް އެޅެމުން އަންނަނީ. ސެކިއުރިޓީ ޕްލޭންގެ ދަށުން މަސައްކަތް ކުރަމުން އަންނަނީ. ދައުލަތުގެ އެހެން ބާރުތަކުގެ ވެރިންނަށްވުރެ މަތީ ސެކިއުރިޓީއެއް އަރުވަމުން ގެންދަނީ.

22:25

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: އެއް އެޖެންޓަކީ ތިން އަހަރުވީ އޮފިސަރެއް. ނަމަވެސް އޭނާ ވެސް ރިއެކްޓް ކުރި ގޮތާއިމެދު ހިތްހަމަޖެހޭ.

22:24

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ޕްރޮޓޮކޯލުން އަމަލު ކުރި ގޮތާއިމެދު ހިތްހަމަޖެހުނު. އެއީ އެމަނިކުފާނާއި ވާހަކަ ދައްކަވަމުން ބޮޑީގާޑުން ގެންދެވީ. މެއާއި ދިމާއަށް ތަދުވާކަމަށް ވިދާޅުވި. ސީޕީ ޓީމުން ޒަހަމްވެފައި ތިބެ ކުރި މަސައްކަތާއިމެދު ހިތްހަމަޖެހޭ.

22:23

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: މިގޮވުމުގެ ބާރު ހުރީ މައްޗަށް ކަމަށް މިހާތަނަށް ބެލެވެނީ. ހަމަލާ ދިނީ ކާރުކޮޅުގެ ދޮރު އެޖެންޓް ހުޅުވަން އުޅެނިކޮށް. އައިއީޑީ އޮތީ ރައީސް ނަޝީދުގެ ވާތް ފަރާތުގައި ހުރި ސައިކަލްގައި. އެމަނިކުފާނު ކާރުކޮޅަށް ލާފައިވޭ. ނަމަވެސް ޑްރައިވަރަށް ވެސް ޝޮކެއް ހުރުމުން ކާރު ނުދުއްވުނު. އެހައި ހިސާބުން ޕީއެސް އިން އެމަނިކުފާނު ޕެކަޕް ވެހިކަލަށް އަރުވައިގެން ވަގުތުން ވަގުތަށް ހޮސްޕިޓަލަށް ގެންދެވުނު. ގޮއްވާލި ކަމަށް ލަފާކުރެވެނީ 20:27 ގައި. ހޮސްޕިޓަލަށް ގެންދެވުނީ ގާތްގަނޑަކަށް 20:35 ގައި.

22:19

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގެންނެވީ 20:25 ގައި. ބޮޑީގާޑުން އަރިހުގައި ތިއްބެވި. ކުރީކޮޅުގައި ތިއްބެވީ ސީޕީ އެޖެންޓުން ތިއްބެވި. ފަހަތުގައި ދޮޅުފޫޓް ކައިރީގައި ބޮޑީގާޑު ހުންނެވި. ކަންމައްޗަށް ވާގޮތައް ޕާކްކޮށްފައި އޮތް ސައިކަލްގައި ހަރުކޮށްފައި ހުރި އައިއީޑީ ގޮއްވާލާފައިވޭ. ހަމަލާ ދިނުމާއިއެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންނެވި. އެވަގުތު ފަހަތުގައި ހުރި ބޮޑީގާޑަށް އަނިޔާވި. އަދި ދޮރުކޮޅު ހުޅުވަން ހުރި އެޖެންޓް ވެސް ޒަހަމްވި. ޑިވައިސްގެ އަޑުވެސް ވަރަށް ގަދައަށް އިވުނު. މިއީ ހޯމް މޭޑް ޑިވައިސްއެއް ކަމަށް ލަފާކުރެވެނީ.

22:16

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް: ރައީސް ނަޝީދަށް ދިނީ ނިރުބުވެރި ހަމަލާއެއް. އެހަމަލާ އެންމެ ހަރުކަށި ބަހުން ކުއްވެރިކުރަން. މިފަދަ އަމަލުތައް ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަން ފަހެއް ނުޖެހޭނަން. މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަމުން މިގެންދަނީ.

22:14

މިނިސްޓަރ މާރިޔާ: ބޮޑީގާޑުން ވަނީ ޓްރޭނިންގައި ލިބުނު ގޮތައް އަމަލު ކުރައްވާފައި. އެމަޖެންސީގައި މަސައްކަތް ކުރައްވާފައި ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް. ކާރުކޮޅުގައި ވެސް ރައީސް ނަޝީދާއި ބޮޑީގާޑުން ވާހަކަދެއްކެވި. ސީރިއަސް ހާލަތުގައި ވެސް ރައީސް ނަޝީދު ވާހަކަަފުޅު ދެއްކެވި. 20:28 ގައި ހަމަލާދިނީ، 20:35 ގައި އެމަޖެންސީ ރޫމާއި ހަމައަށް ރައީސް ނަޝީދު ގެންދެވުނު. ފުރަތަމަ އެރުއްވި ކާރުކޮޅު ނުދުއްވެވުމުން ދެވަނަ ކާރުކޮޅަށް އަރުވައިގެން ގެންދެވީ. މިހަމަލާ ދިން މީހުންނާއި ހަމައަށް ޔުނީފޯމް އެޅި ފަރާތްތަކުން ދާނެ.

22:12

މިނިސްޓަރ މާރިޔާ: ރައީސް ނަޝީދުގެ ސެކިއުރިޓީ ޓީމާއި ވާހަކަދައްކައިފިން. އެބޭފުޅުން އެކުރެއްވި މަސައްކަތް ފާހަގަ ކުރަން. އެބޭފުޅުންގެ ޕްރޮފެޝަނަލިޒަމް އަމިއްލަ ފުރާނައަށް ބެއްލެވުމެއް ނެތި ކުރެއްވި މަސައްކަތް މިއަދު އަޅުގަނޑުމެން އެންމެން ވެސް ހަނދާން ކުރަން ޖެހޭކަމެއް.

22:10

މިނިސްޓަރ މާރިޔާ: ރައީސް ނަޝީދަށް ހަމަލާ ދިނުމުން އެނގެނީ މިސެކިއުރީގައި ވެސް ރައްކާތެރިކަމެއް ނެތްކަން. ކޮންމެ ފަރާތަކުން ވެސް ވިޖިލަންޓް ވާން ޖެހޭ. މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 1615 އަށް ގުޅުއްވާ. ރަމަޟާން މަހެއްގެ ފަހު ދިހައެއްގައި މިފަދަ ކަމެއް ހިނގައިގެން ދިއުމަކީ އެންމެން ވެސް ވަރަށް ދެރަވާކަމެއް. އެންމެން އެކުގައި އެމީހުން އަތުލުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ.

22:08

އެމްއެންޑީއެފް އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

21:54

އެމްއެންޑީއެފް އިން 22:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލްލަތީފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑޮރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގަންނަވާ.

21:50

ރައީސް ނަޝީދަށް ދިން ހަމަލާއަށް 24 ގަޑިއިރު، އަދި މީހަކު ހައްޔަރެއް ނުކުރޭ

21:31

ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ހޯދަން އެހީވާން ތައްޔާރު- އެމެރިކާ

20:23

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ގައުމީ އެއާލައިން މޯލްޑިވިއަނުން ކުށްވެރި ކޮށްފި. އަދި މި ހަމަލާގައި އަނިޔާވި އެންމެންނަށް އަވަސް ޝިފާއަކަށް މޯލްޑިވިއަނުން ވަނީ އެދިފައި

20:15

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހުންނަ މަގުގައި ސައިކަލު ޕާކު ނުކުރެވޭ މަގަކަށް ހަދައިދިނުމަށް އެމްއެންޑީއެފް އިން އެދިފައިވާކަން ހާމަވެއްޖެ

19:47

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭގައި ހުއްޓާ ބޮމުގެ ހަމަލާއެއް ދިނުމަށް ގޮވާލީ މަޖާޒީ ގޮތަކަށް ކަމަށް އެ ވާހަކަ މީސްމީޑިއާގައި ލިޔުނު ފަރާތުން ބުނެފި

19:35

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސް ކުރާ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

19:10

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އެމްއެންޑީއެފްގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 21:30ގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ

17:36

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމަށް މީހަކު ގޮވާލައިފި

 

17:24

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ބޮމުގެ ހަލަމާގެ ސަބަބުން ލިބިވަޑައިގެންފައިވާ ޒަހަމްތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ފަރުވާ ދިނުމަށް ބޭރަށް ގެންދިއުމަށް ނިންމައިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ

17:13

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަށްޓާވަފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ

17:01

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސާ އީވާ އަބްދުﷲ ސިން ބަޔާނަށް ފަހު ޖަލްސާ ނިންމާލައިފި.

16:55

ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ކުރެއްވުމުން ގެންދެވި މަސައްކަތް ކުރިއަށް ގެންދާނަން. އެމަނިކުފާނަށް އަލުން އަނބުރާ އާދެވެން ދެން އަޅުގަނޑު ހަމަ ގައިމު ވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު ކުރިއަށް ގެންދާނަން. އަޅުގަނޑު ޔަގީން ކުރަން ރައްޔިތުންނަށް ޓަކައި މަޖިލީހުގެ މެންބަރުން އެ މަސައްކަތް ކުރައްވާނެ ކަމަށް - އީވާ

16:51

އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފަށައިފި.

16:48

ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދޭނެ ކަމަށް ޝައްކުވާ މީހުން މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުންގެ މުއައްސަސާއިން އެދިވަޑައިގެންފި

16:46

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް ކުރި އޮޕަރޭޝަނަށް 16 ގަޑިއިރު ހޭދަވި ކަމަށާއި، އަދި އެމަނިކުފާނުގެ ހާލުކޮޅު ގޯސްކަމުން، އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑިކޭ ހޮސްޕިޓަލުން ބުނެފި

16:35

ފުލުހުންގެ އިންޓެލިޖެންސްއާއި ސިފައިންގެ އިންޓެލިޖެންސްއާ ދެމެދު އަބަދުވެސް ވާދަވެރިކަމެއް އޮންނަ ކަމަށާއި އިންޓެލިޖެންސަށް މައުލޫމާތު ލިބުމުގައި ހުރި މައްސަލަތައް ހައްލު ކުރަން އެ ކަމަށް އެއް އިދާރާއެއް އުފައްދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ

16:10

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގެ އިންޓަލިޖެންސް ރިޕޯޓު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ

15:54

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

15:40

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތައް ނިންމާލާފައިވާ ކަަމަށް އާއިލާއިން ބުނެފި.

15:36

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ބޭނުންކޮށްފައިވާ ބޮން ހެދުމުގައި އަސްކަރީ ނުވަތަ މިލިޓަރީ ފެންވަރުގެ ތަކެތި ބޭނުންކޮށްފައި ހުރިިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

15:32

އެސިސްޓަން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ސައިކަލާ ބެހޭ މައުލޫމާތު ވަނީ މިހާރު ހޯދިފައި.

15:32

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ހަމަލާއަށް ފަހު، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައި. ފިޔަވަޅުތައް އެޅިފައި ވަނީ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެ ހިސާބަށް ކަންކަން ގެންދަން ޖެހޭ ކަންކަން ގަބޫލު ނުކުރަން. އެހިސާބަށް އެކަން ގޮސްފި ނަމަ، ކަމާބެހޭ ފަރާތްތަކަށް އަންގާނަން.

15:23

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ފާހަގަކުރެވޭ ހަތަރު މީހުން ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ.

15:21

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާގެ ފުރާނަފުޅަށް ގެއްލުން ލިބޭ ފަދަ ކަމެއްކޮށްފައި ވާތީ، މިކަމުގައި ފުރިހަމަ ތަހުގީގެއް ކުރާނެ.

15:19

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މިލިޓަރީ ގްރޭޑްގެ އެކްސްޕްލޯސިވް ބޭނުންކޮށްފައި ހުރި ކަމަކަށް ނުބެލެވޭ. އެކަމަކު ބޮޑެތި ގެއްލުންތަކެއް މީހުންނަށް ލިބޭ ވަރުގެ އެކްސްޕްލޯސިވް ތަކެތި ބޭނުންކޮށްފައި ހުރި ކަމަށް ލަފާކުރެވޭ.

15:17

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ޖެހޭނީ އިންކުއަރީއަކުން ބަލަން. މިފަދަ ހަމަލާތައް ދޭން އުޅޭ ފަރާތްތަކާ މެދު ހުއްޓުވާފައި އޮންނާނީ. މި ހަމަލާއާ ގުޅިގެން ޕޯސްޓްމޯޓަމެއް ހަދަން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ.

15:15

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އިންޓެލިޖެންސް މަސައްކަތެއް ނުހުއްޓޭ. މި ހަމަލާއާ ގުޅިގެން ފުލުހުންގެ ހިދުމަތެއް އިންޓަލިޖެންސް މައުލޫމާތެއް ނުލިބޭ. މިކަން ކަން ނުހިނގަނީ ކީއްވެކަން ޕޯސްޓްމޯޓަމް ހައްދަވަން ޖެހޭ ފަރާތްތަކުން ހައްދަވާނެ. މިހާރު މަސައްކަތް މި ކުރަނީ މި ހަމަލާއާ ގުޅިގެން ފަހަތުގައި ތިބި މީހުން ހޯދުމަށް.

15:12

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި މަސައްކަތްތައް ހަރުދަނާކޮށް، ދުރާލައި ކަންކަން ހުއްޓުވުމަށް ޖާގަ އެބަހުރި.

15:11

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި މުޖުތަމައުގެ ތެރޭގައި މިފަދަ ނުރައްކާތެރި ކަންކަން ކުރެވޭނެ ބަޔަކު ތިބި ކަމީ ދެބަސްވެވޭނެ ކަމެއް ނޫން. ބައެއް މީހުން ޖަލުގައި، ޝަރީއަތުން ކުށް ސާބިތުނުވުމާ ގުޅިގެން ބައެއް މީހުން މިނިވަންކަމާއެކު ވަނީ ދޫކޮށްލެވިފައި.

15:07

އެސިސްޓަން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީ ގޮތުން އުފުލި ކަމެއް އެނގިފައެއް ނުވޭ. މީސްމީޑިއާގައި ވާހަކަތަކެއް އެބައުޅޭ. އެކަމަކު އެއީ ސައްހަ މައުލޫމާތުތަކެއް ކަމެއް ކަށަވަރު ކުރެވިފައެއް ނުވޭ.

15:06

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ހަތަރު މީހުންނާ ދޭތެރޭގައި ތުހުމަތު ކުރެވޭ ސަބަބު މިވަގުތު މީޑިއާއާ ހާމަނުކުރެވޭނެ.

15:05

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ހަމަލާއަށް ފަހު ގައުމީ ސަލާމަތުގެ މަޖިލިސް ބައްދަލުވުމެއް ބޭއްވި. ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވިފައި ހުރީ. ރޭގެ ހަމަލާއާ ގުޅިގެން އިންޓަލިޖެންސްގެ އިންޕުޓެއް ލިބިފައެއް ނެތް.

15:03

ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިފި.

15:03

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މިވަގުތަށް ހާމަކުރެވެން އޮތް ވަރަށް މައުލޫމާތު މި ހާމަކުރީ. ރޭގެ ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް. އެމީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރޭއްސުރެ މިދަނީ މަސައްކަތް ކުރަމުން. މިކަމުގައި ފުލުހުންގެ ހުރި ގާބިލިއްޔަތު ކަމެއް ބޭނުން ކުރާނެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ވެސް ހޯދާނަން.

15:03

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅުން އޮތް ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ.

14:59

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ތަހުގީގަށް 450 އެއްހާ ފުލުހުން ބޭނުން ކުރަމުންދޭ. މި ހަމަލާއާ ގުޅުން ހުރި ފަރާތަކާ ބެހޭ މައުލޫމާތެއް، ވިޑީއޯއެއް، ފޮޓޯއެއް އޮވެއްޖެނަމަ އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުން އެދެން.

14:57

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މި ހަމަލާގެ ތަހުގީގު ފަށާފައިވާ އިރު، ތަހުގީގަށް އެހީވުމަށް އެކުވެރި ބައެއް ދައުލަތްތަކުން އެހީތެރިކަން ހޯދުމަށް ހުށަހަޅާފައިވޭ. އިނގިރޭސި ވިލާތުގެ ދެ ތަޖުރިބާކަރުން މިހާރު ދަނީ ތަހުގީގު ޓީމާއެކުގައި ހަރަކާތްތެރިވަމުން.

14:57

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ހަމަލާ ދިން ސަރަހައްދުން، ހަމަލާ ދިން ކަމަށް ބެލެވޭ ބަޔަކު ފާހަގަ ކުރެވިފައިވޭ. މި ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު އަޅުގަނޑުމެންގެ ސަމާލުކަމަށް ވަނީ އައިސްފައި.

14:55

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މިއީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް. ފުލުހުންނާ ސީން ހަވާލު ކުރުމުން އެ އެ ސީން ބަލާފައިވޭ. ނަޝީދުގެ އިތުރުން އިތުރު ފަސް މީހަކަށް އަނިޔާވި. އޭގެ ތެރޭގައި އެމްއެންޑީއެފްގެ ތިން މީހަކާއި 43 އަހަރުގެ ދިވެހި ފިރިހެނަކާއި 70 އަހަރުގެ އިނގިރޭސި ވިލާތުގެ ފިރިހެނެއް.

14:54

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މިއީ ނަޝީދަށް އަމާޒުކޮށް ގަސްދުގައި ދީފައިވާ ހަމަލާއެއް. މިއީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރުމަށް ހިންގާފައިވާ ހަމަލާއެއް.

14:52

ކަސްޓަމުން ކުރި ޓުވީޓެއްގައި ވަނީ ރޭގައި ހިނގި ހާދިސާއާ ގުޅިގެން ހިތާމަ ކުރާ ކަމަށް. އަދި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ޓުވީޓުގައިވޭ. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދި އެމީހުންނާއެކު ވާކަން ހާމަކުރި.

14:29

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން.

14:26

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް. ފުލުހުން ހިންގާ ތަހުގީގުގައި އޭނާއާ އެ އޮފީހުގެ ޕްރޮސިކިއުޓަރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި.

14:03

ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މީގެ ދެ މަހެއްހާ ދުވަސް ކުރިން، ފުލުހުންގެ އިންޓަލިޖެންސަށް ލިބިގެން ބައެއް ސަރަހައްދުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅި ކަން "ވަގުތަށް" ކަށަވަރުވެއްޖެ.

14:02

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން 2:30 ގައި ފަށަން ވަނީ ފަސްކޮށްފައި.

13:29

ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލައާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންނާއި ދިފާއީ ބާރު ގުޅިގެން މާލެތެރެ ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ފާހަގަކުރޭ.

13:28

މި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަން މި ހަމަލާ ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބެމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވޭ.

13:27

ފުލުހުންގެ ބަޔާނުގައިވާ ގޮތުން ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ފުލުހުން ބޮޑު އިސްކަމެއް ދީގެން ގެންދަނީ ތަހުގީގު ކުރަމުން. އެގޮތުން ތަހުގީގު ދާއިރާ އިންނާއި ފޮރެންސިކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ބަޔާނުގައިވޭ.

13:12

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ފުލުހުން ދެންމެ ވިދާޅުވެއްޖެ.

12:20

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަންތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފި.

12:09

ހަމަލާ އަށް ފަހު ސިފައިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން.

12:00

އޭޑީކޭ ހޮސްޕިޓަލް: ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ކާމިޔާބުކަމާ އެކު ވަނީ ފުރިހަމަކޮށްފައި. އެމަނިކުފާނު އިތުރު ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަންނަވާ.

11:48

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް 14:00 ގައި އޮންނާނެ

11:40

ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 14:00 ގައި އޮންނާނެ ކަން ދެންމެ އިއުލާންކޮށްފި.

11:06

ހަމަލާގެ ކުރިން އަކްރަމް ކުރައްވާފައި އޮތް ޓްވީޓެއް ސަމާލުކަމަށް!

10:41

ނަޝީދަށް ހަމަލާ ދިންތާ 12 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. އެކަމަކު، ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުން. މި ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރޭ.

10:39

ޑިފެންސް މިނިސްޓަރު މާރިޔާ ދާދި ދެންމެއަކު، އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި.

10:38

ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ތިން ވަނަ އޮޕަރޭޝަނެއް ފުރިހަމަކޮށްފި.

10:16

ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށް. މިހާދިސާގައި އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އޭނާ އެދިވަޑައިގެންނެވި. ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއިއެކު މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެދިވަޑައިގެންނެވި.

09:57

މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ކުރި ޓުވީޓެއްގައި ބުނީ ރޭގެ ނުރައްކާތެރި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް. މިފަދަ ކަންކަން މުޖުތަމައުގައި ވުމަކީ އެންމެންނަށް ހުރި ވަރަށް ބޮޑު ބިރުވެރި ކަމެއް ކަމަށް އޭނާ ބުނި. އަދި މި ހަމަލާގައި އަނިޔާވި ނަޝީދަށާއި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށް ދިނުމަށް އެދި ދުއާކޮށްފައިވޭ.

09:54

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައި. އަދި އޭޑީކޭ ހޮސްޕިޓަލްގައި މަލްޓި ޑިސިޕްލިނަރީ ޓީމެއް އެމަނިކުފާނަށް ފަރުވާދެމުންދާ ކަމަށް ނަސީމް ވިދާޅުވި. މި ހަމަލާގައި ނަޝީދަށާއި ގެއްލުންވި ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުމަށް އެދި ނަސީމް ދުއާ ދެންނެވި.

09:52

ކުރީގެ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ނަޝީދަށް ދީފައިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދި ދުއާ ކުރެއްވެވި. މި ހަމަލާގައި ގެއްލުންވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވައި ރާއްޖެ އަށް ހަމަޖެހުން މިންވަރު ކުރެއްވުމަށް އެދި ސައީދު ދުއާ ދެންނެވި.

09:47

ޕްލޭނިން މިނިސްޓަރީ: ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް، އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަން. ޢާއިލާ، ގާތްތިމާގެ، އެކުވެރި، އަދި ހެޔޮއެދޭ ފަރާތްތަކަށް ކެތްތެރިކަން ދެއްވާށި.

09:39

ސީޕީއަކަށް ރައީސްގެ ޅިއަނަކު ހުރެގެން ފުރިހަމަ ތަހްގީގެއް ކުރުމުގެ ފުރުސަތު ކުޑަ: މުހައްމަދު

09:37

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ޗައިނާ އިން ވަނީ ކުށްވެރިކޮށްފައި.

09:34

އެމެރިކާއިން ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި. އަދި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް އޭނާ ވިދާޅުވި.

09:15

ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފޮރެންސިކް ފުލުހުން އެސަރަހައްދުގައި ނުވަވަރަކަށް ގަޑިއިރު ވަންދެން ހަރަކާތްތެރިވުމަށް ފަހު އެސަރަހައްުދު ދޫކޮށް ހިނގައްޖެ. ނަމަވެސް އަދިވެސް ހަމަލާދިން ސަރަހައްދު އޮތީ ބަންދުކޮށްފައި.

05:44

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިިން މީހުން ހޯދޭނެ ކަމުގެ އެއްވެސް ޔަގީންކަން ނެތްކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ

05:34

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ފެތުރުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. "ވަގުތު"އަށް އެނގިފައިވާގޮތުން ފުލުހުން ދަނީ ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން

04:48

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ އެއްޗެއް ގޮއްވާލި ހަމަލާ ދިން މީހާ އެއްޗެއް ގޮވި ވަގުތު ދުވެފައި އެސަރަހައްދުން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެ.

04:17

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް - ރާއްޖެޓީވީ

03:05

މި ހަމާލައަކީ ޑިމޮކްރަސީއާއި އިގްތިސޯދަށް ދިން ހަމަލާއެއް: ރައީސް

02:48

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވައިފި.

02:47

ރައީސް: މިއީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް. ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވަން.

02:46

ރައީސް ޞާލިހް: މިމައްސަލައިގެ ތަހްގީގަށް ބައިނަލްއަގުވާމީ އެހީ މިދަނީ ހޯދަމުން. އޮސްޓްރޭލިއަން ޕޮލިސް އިން ހޮނިހިރު ދުވަހު ތަހްގީގަށް ރާއްޖެ އަންނާނެ.

02:45

ރައީސް ޞާލިހް: ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އެންމެ ފަހުން ޑޮކްޓަރުން ދެއްވި މައުލޫމާތު ދެއްވީ އިތުރު އޮޕަރޭޝަންތައް ކުރުން ކުރިއަށްދާކަމަށް. އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރަން.

02:44

ރައީސް ޞާލިހް ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.

02:33

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރައީސް ޞާލިހް ގައުމާއި މުހާތާބު ކުރައްވާނެ.

02:25

ރައީސް 02:30 ގައި ގައުމާއި މުހާތަބު ކުރައްވާނެ

02:17

އީވާ: މިވަގުތައް މަޖިލިސް ޖަލްސާ މެދުކަނޑާލާނަން. މާދަމާ އަނެއްކާވެސް ޖަލްސާ ކުރިއަށް ގެންދާނަން.

02:16

އީވާ: އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަން ޖެހޭކަން އަންގާފައި. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ ތިން އޮފިސަރަކު ޒަހަމްވި. އެތިން އޮފިސަރުން ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި. ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ލިބެމުން އެބަދޭ. އެމެސެޖްތަކަށް މަޖިލީހުން ޝުކުރު އަދާކުރަން. ކޮންމެ މީހަކަށް ކަމެއް ދިމާވެއްޖެނަމަ އިސްވެ ފިޔަވަޅު ނަންގަވާ ބޭފުޅަކީ ރައީސް ނަޝީދު. އެކަން ދިވެހިރައްޔިތުންނަށް އިހްސާސް ކުރެވޭކަން ލިބެމުންދާ މެސެޖްތަކުން އެނގޭ.

02:14

މަޖިލިސް ޖަލްސާ ފަށައިފި.

02:08

އަނެއްކާވެސް މަޖިލިސް ޖަލްސާ ފަށަން ތައްޔާރުވެއްޖެ.

01:56

ހަމަލާގައި ޖުމްލަ ފަސް މީހަކު ޒަހަމްވި ކަމަށް ފުލުހުން ވިދާޅުވެއްޖެ. އެއީ ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނު ދެބޮޑީގާޑުންނާއި، އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެއް. މިއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވޭ.

01:32

ބޮޑަށް ގަބޫލު ކުރެވެނީ ހަމަލާ ދިނީ "އެތެރެއިން ކަމަށް": ނަޝީދުގެ ދަރިފުޅު

01:16

ރައީސް މިރޭ ގައުމާއި މުހާތަބު ކުރައްވާނެ

01:11

ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ކުރަން ދަނީ ތައްޔާރުވަމުން - އޭޑީކޭ

00:58

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ

00:46

ކެބިނެޓް ބައްދަލުވުން ކުރިއަށް ދަނީ މުލީއާގޭގައި. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވަމުން އެބަގެންދަވާ ކަމަށް.

00:44

ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން އުފުލައިފި

00:35

ކެބިނެޓް ބައްދަލުވުމުގައި ފަށައިފި. ކެބިނެޓްގެ ބައްދަލުވުން ކުރިއަށް ގެންދަނީ ރައީސް ނަޝީދަށް މިރޭ ދިން ހަމަލާ އާއި ގުޅިގެން.

00:27

ހަމަލާ ދިނީ އޮނަހިރި ރެއެއްގައި ސުވަރުގެ ދާން - ޖެނިފާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބުވެރި ހަމަލާއަށް މުޅި ގައުމާއި އަދި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިގެން ދިޔަ ހަމަލާ އާއި ގުޅޭ ތަފްސީލްތަކެއް އަދި ނުލިބެއެވެ. އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ފުރާނައަށް ނުރައްކާވާވަރުގެ ޒަހަމެއް ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ނަޝީދަށް ހަމަލާ ދިނީ ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ. ނަމަވެސް ހަމަލާ ދިން ގޮތާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދިވެސް ފޮރެންސިކް ފުލުހުން ގެންދަނީ ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިހަމަލާގައި ނަޝީދާއިއެކު ޖުމްލަ ހަތަރު މީހަކަށް އަނިޔާވިކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ހިމެނެނީ ނަޝީދުގެ ދެ ހަށިފާރަވެރިންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެކެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޖަޒީރާބޯއީ

    އެމީހެއްގެ އަމަލުތަކުގެ ނަތީޖާ އެމީހަކާ އަރާހަމަކުރާނެ، ފަހަރުގައި މިވެދާނެ ބަޔެއްގެ ރޭވުމަކަށް، ގާތީ ބޮޑަށް އިންޑިޔާއާ. ސަރުކާރާ ތޮޅޭތީ އިންޑިޔާ އޮންނަނީ ވަރަށް ބޯޑުހާސްކަމެއްގެތެރޭގައި، އެބުނީތާ ނަށީދެއް ފަހަތަކަށް ނުޖެއްސޭނެޔޭ. މީގެންދޭހަވަނީ ކަންކޮއްފައި މަތިޖަހަން އުޅޭހެން

    101
    22
    • ވިސްނާލުމަށް އެދެމޭ

      އިންޑިޔާގެ ޒިންމާއަކަށްވާނީ ހަމަލާ ކުއްވެ ރި ކު ރުން އެކަމަކު ސިިޔާސީ ޓްވީޓެ އިންޑިޔާއިން ކު ރީ.. ރނަޝީދު ފަހަތަށްޖެހުނަސް ކު ރިޔަށް ޖެހުނަސް އިންޑިޔާއަށް ކޮންކަމެ..

      68
      4
    • ނައިކް

      ކޮވިޑްގަ މިއަދު އެކަނި 6 މީހުން މަރުވެ ކުއްލި މަރުތައް ެިތުރުވާ ވާހަކަ މީޑިއާތަކުންނާ ސޯޝިއަލް މީޑިއާއިން އޮބިއްޖެ

      50
      3
      • ެވެރިން

        މިދުވަސްކޮޅު ވަ ރަށް ޕޮޕިއުލެ ރީ ދަށް އެހެނވެ ޕީއާ ރް ސްޓަންޓެއް ޖައްސާލީ. މީގެ ކު ރިގަވެސް ސްޕައިނަލް ކޯޑް މައްސަލަ ދޮމާވެގެން ޕެ ރަލައިސް ވަނީޔޭ ކިޔައިގެން ވެސް ސްޓަންޓެއް ޖެއްސި

        10
    • އިންޑިއާ އައުޓް!

      މި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައިވާ ކަމަށް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އާދިލް ބުރާރު ވަނީ އޭނާ ކުރި ޓްވީޓެއްގައި ބުނެފައެވެ. ހާދަ އަވަހަކަށް ވަކި ބަޔަކުގެ ބޮލުގަ އިލްޒާމު އެޅުވީ!! މިކަމުގެ އަޑީގައި ތިބި މީހުންނާއި މެދު މިހާރުވެސް ސުވާލު އުފެދޭ؟

      35
    • ބޮޑު ޕްލޭން

      ހިންދޫ ހަރުކަށި ފިކުރުގެ އާރް.އެސް.އެސް އައުޓް! އިންޑިއާގެ ރޯ އިންޓެލިޖެންސް އައުޓް! ބީޖޭޕީގެ ހުރިހާ ނުފޫޒެއް މިގައުމުން ބޭރުކުރޭ! ހިންދޫއިންގެ ނުފޫޒު މިގައުމުން ބޭރުކުރޭ!
      ކަލޭމެންގެ ކަންތައް މިހާރު މިދަނީ މާމައްޗަށް 😡😡😡

      51
      1
    • އިންޑިއާގެ ބޮޑު ރޭވުމެއް!

      ލައިވް ޓީވީގައި ލޯންޗެއްގައި ރައީސަކު އަވަހާރަކޮށްލަން ދިން ހަމަލާ ދުނިޔޭގެ މީޑިއާތަކުން ދެނެހުރިކަމަށްވެސް ނުހަދާ! މިހާރުވެސް ތިކަމުގެ އަޑީގައި ތިބި ބަޔަކާއިމެދު ސުވާލު އުފެދިއްޖެ!

      43
      1
    • ސިޔާސީ ކުޅިގަނޑު

      ސައިކަލެއްގެ މަޑިދަށުން ދިމާވިކަމެއްގެ ސަބަބުން ނަޝީދުއަށް އަނިޔާލިބުނުކަން ވަރަށްދެރަ. އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
      ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން އަންނިގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

      33
      4
    • ސަމާ

      ނަޝީދަކީ ރާއްޖޭގެ ސިޔާސީ ފިތުނައިގެ ބާނީ. ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީއެއް.

      16
      2
    • ތާލީ

      އައިސިސް އިން ހަމަލާ ދޭނަމަ ބަކަރިއެއް ކަތިލާހެން ކަތިލާނީ ނޫންތޯ.. ގޮއްވުމަކީ އެމީހުން ކުރާކަމެއް ކަމެއްް ތޯ.

  2. ވިސްނާތި

    ރާއްޖޭގައި ވެސް ޓެރެރިސްޓް ހަމަލާ ތައް ދޭނެ ކަން މިކަމުން ދޭހަވަނީ މިކަން އެންމެ ބޮޑަށް އަމާޒުވާނީ ސިޔާސީ ލީޑަރުންނަށް ކަން ސިޔާސީ ލީޑަރުންނަށް އިނގެން ޖެހޭނެއޭ އެގޮތުން ބަލާއިރު ދީނަށް ކުޑާ މީސް ބަސް ބުނެ އިސްލާމް ދީނުގެ އަސްލު ތަކާއި ޚިލާފަށް މަޖްލީހުގައި ވާހަކަ ދެއްކުމާއި އަދި ދީނުގެ ހުރުމަތް ކެނޑޭ ގޮތަށް ސިޔާސީ ލީޑަރުންނާއި މަޖްލީހުގެ މެމްބަރުންނާއި ސިޔާސީ އެކްޓިވިސްޓުން ވެސް އެފަދަ ވާހަކަ ތައް ނުދެއްކުން މުހިއްމޭ ދީނުގެ ނަމުގައި ކުރާ ޖިހާދު ނުހުއްޓުވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ދީނަށް ފުރައްސާރަ ކުރާ މީހުން އަލަށް މިނިސްޓަރު ކަމުގެ މަގާމް ދިނުން މީ ވަރަށް ނުބައި މެސެޖްސް ތަކޭ ރައްޔިތުންނަށް މިދެނީ..

    62
    8
  3. ހުދާ

    އަސަ ރެއް ކޮށްފިތާ.. ލައިވް ޓ.ީވީ ކު ރިމަތީ ލޯންޗެއް ގޮވިކަން ދުނިޔެއަށް އެނގޭކަމަށްވެސް ނުހެދިވިއްޔަ.

    77
    14
    • ސިމްޕަތީ އެންޑް އެޓެންޝަން

      "ހުރިހާ ސަމާލުކަމެއް ރައީސް ނަޝީދަށް!"
      ތިއީ ބުއްޅަބޭ އެންމެ ބޭނުންވާ ކަންތައް.

      26
      3
  4. ޗަބީ

    ކިހިނެއްތޯ ސީދާ ރައީސް ނަސީދައް ދިންހަމަލާއެކޭ ތިޔަބުނަނީ.....ދެންވެސްވިސްނަބަލަ ނޮވެމްބަ ރި3 ހާދިސާ ކޮބާ އެހުރިހާކަމެއްރާވައި ހިންގި އަދި ގޮނަބަޔަކު ޝަހީދުވެގެންދިޔަ ..މިހާ ރު ކޮބައިބައިބާ އެޓަރިސްޓު ...އަޅުގަނޑުމެން ރައްޔިތިންނައްވެ މިނިވަން ވިސްނަވާލަ ބައްލަވާ....އަދި ކޮބައިތޯ އެހެނިހެން ޓެރަރިސްޓު ހަމަލާތައް ރާވާ ހޮންގި މީހުން ބޮޑެތި މިނިވަނުން...ދެންވިސްނަވާ މީ ހަމަ އެއްނައިގަނޑެއްގެ ކަންކަން ކަމައް ހީވަނީ...ކިއިދާ ނެ ކައިގެނޭ ފު ރާނީ ނުކައެއް ނުފުރާނަމޭ

    35
    1
  5. ހަރުބަސް

    ލަނޑަޔާވާނީ ލަނޑަޔާއޭ ބުނެއުޅެނީ

    37
    3
  6. މީހާ

    އޭ ޑީ ކޭ ގަ އޮވެގެން ގޮނޑިގެ ބަދަލު އެނދު ދުއްވަނީ ނޫންބާ.

    48
    6
    • މަކަރުވެރި ކެރެފާ ތާރީހު

      ބުރަކަަސި ބިންދައިގެން ގޮސްގެން އިނގިރޭސިވިލަތަށް ގޮނޑި ދުއްވަން ދިޔަ ސޮރު ތީ. ތިޔަ މީހަގެ ޔަހޫދީ މަކަރު އަހަރެމެން ދަންނަން. ޖުޑިޝަރީ ކުރިމައްޗަށް އަމިއްލަފުޅަށް ވެއްޓި ވަަޑައިގެން ވެލި ފަރިއްކުލުވަން އުޅުނު ދުވަސް ވެސް ދިވެހިންނާއި ފުލުހުން ދެނެހުރިން.

      33
      1
  7. ޢައްޑު

    ޑް ރާމާ ނުޖައްސާ. ދިވެހިންނަކީ މޮޔަ އިންނެއް ނޫން. ާާ
    ގުންޑާއިން 2023 ގއި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
    ޢިސްތިއުފާދީފައި ބޮންގިއްވަން އިންޑިޔައަށްދޭ

    55
    3
  8. މާރިކޒސ

    ސީދާ ރާވާއިންހިންގި ފިލްމެއް ކުޅުނުޑުރާމާއެއް... ރީނދޫ ގެރިތަެއް

    62
    3
  9. ޙ

    ކޮބައިތޯ އަފްރާސީނައް ދިން ހަމަލާަ

    49
    2
  10. ޙ

    މިހާރު ގައުމުގަ ފައިސާއެބަހުރި

    32
    2
  11. އައްޑޫ މީހާ

    މިހަމަލާ އަކީ މިގައުމުގައި ޓެރަރިސްޓުން އެބަ އުޅެޔޭ މިގައުމަށް ޓުއަރިސްޓުން ދަތުރު ނުކުރާށޭ ކިޔައި ޓުއަރިޒަމް ބޮއިކޮޓްކޮށް ގައުމުގެ އިގްތިސާދު ފުނޑަން މަސައްކަތް ކުރި ނަޝީދަށް ދިން ހަމަލާއެއް އެހެން ނަމަވެސް އަަހަރެން ކަންބޮޑުވޭ މިރާއްޖޭގައި މިފަދަ ކަންތައްތައް ހިނގާތީ މިފަދަ ކަންތައް ހިނގަނީ ސަރުކާރުގެ ނުކުޅެދޭ ކަމުން ކުރީގެ ރައީސް ޔާމީނަށްވެސް މިފަދަ ހަމަލާއެއް ދިން އޭރުގެ އިދިކޮޅުގައި މިހާރުގެ ސަރުކާރު އޮވެ ޖެހީ ޖޯކު އެކަމުންވެސް މިކަމުންވެސް އިބުރަތް ހާސިލްކޮށް މިގައުމުހެ ނަން ކިލަނބު ނުކޮށް ވޭތޯ އެންމެންވެސް މަސައްކަތް ކުރަން ޖެހޭ އެމް. އެން.ޑީއެފް އަދި ފުލުހުންގެ މުއައްސަސާގައިވެސް ކައުންޓަރ ޓެރެރިޒަމް ޑިޕާޓްމެންޓް އޮވޭ ދެމުއައްސަސާއަށް ނޭގި މިވަރުގެ ކަމެއް ހިނގުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް އެމްސީ ހަމީދާއި ޝަމާއިލާއި ހޯމް މިނިސްޓަރާ ޑިފެންސް މިނިސްޓަރު ވަގުތުން ވަގުތައް މަގާމުން ދުރުުކުރަންޖެހޭ

    19
    2
  12. މެން

    ބޮޑުވަޒީރުކަން ހަވާލުކުރޭ އޭރުންތިކަން ރަގަޅުވެދާނެ.

    38
    2
  13. އަލިބެ

    ޢިންޑިޔާ ގެ ނޫސްތަކުގަ ވަރަށް އަވަހަށް ހަބަރު ޖެހި. ނާމާން ފަތިހަކަށް ދިވެހި ރާއްޖެ މިސްރާބު ހުރީ. ރަށްވެހި ފަތިސް ތަ މީ؟ ޖަޒީރާ ރާއްޖެ ތަ މީ؟ އެހެންވިޢްޔާ ބޭ ނުމެއް ނޫން މީ މުޞީބާތް ބޮޑު ވެރިކަން

    20
  14. އިސްތިއުފާ

    ކެނެރީގެ ނަޝީދުގެ މައުލޫމާތު ރަނގަޅަށް ދަންނަ މީހަކަށް ކުއްލިއަކަށް މިނިސްޓަރު ކަން ދިނުން މިކަމާއި އެއްވެސް ގުޅުމެއްވޭތޯ ބަލަން ޖެހޭނެއޭ ޖެހޭނެއޭ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    11
    1
  15. އިސްތިއުފާ

    ތިމާވެށި މިނިސްޓަރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ތަމެން ކެނެރީގެ ނަޝީދުގެ މައުލޫމާތު ހާނަ ކުރުމުން ތަމެންނަށް އިނަާމެއްގެ ގޮތުން މިނިސްޓަރު ޖަންދަޮ ދިނީ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  16. ވިސްނާތި

    ނަޝީދުގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ އެއް ދިން އިރު ޕޮލިސް އިންޓެލިޖެންސް ކޮބާތޭ ތަމެން ދައުލަތުގެ ބަޖެޓުން ބޮޑެތި މުސާރަ ބަނޑު އަޅައިގެން ކުރާ ކަމަކީ ކޮބައިތޭ އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަ ކުރާ މީހަކަށް ތިމާވެށި މިނިސްޓަރު ކަން ރައީސް އިބޫ ދޭން ވެގެން ނިންމި އިރު ޕޮލިސް އިންޓެލިޖެންސް ކޮބާތޭ ދީނަށް ފުރައްސާ ކުރަމުން ދިއުން އެއީ މިހާރުގެ ތިމާވެށި މިނިސްޓަރު ވެސް ކެނޑިނޭޅި ކުރަމުން އަންނަ ކަމެކޭ އެކަމަކު އެކަމަށް ހިތްވަރު ނޫންތޭ މިދެނީ އިސްލާމީ މުޖުތަމައު އެއްގެ ތިމާވެށި މިނިސްޓަރު ކަން އެފަދަ މީހަކަށް ދިނުމުން ދެން އެމެން މިނިސްޓަރު ކަމަށް އަރާ ދައްކާނީ ކްލައިމެޓް ޗޭންޖޭ ކިޔާ ކުފުރުވާ ފަދަ ވާހަކަ ތަކެއް ނޫންތޭ ދުނިޔޭގެ އޯޒޯން ފަށަލައިގެ ލޯވަޅެއް ހުރި ކަން އޭނާ އަށް އިނގެނީ އޭނާ ގޮސް އެތަން ބެލީތޭ...

    7
    1
  17. އިސްތިއުފާ

    މާލޭގައި ނުރައްކާތެރި ބޮމުގެ ހަމަލާ އެއް ދިން އިރު އެކަން ސަރުކާރަށް ނޭގުން ދެން ސަރުކާރުން ޖެހޭނީ އިސްތިއުފާ ދޭންއޭ ރައީސް އިބޫ މިހާރު ވެއްޖެއެއް ނޫންތޭ ތަޖްރިބާ ހުރި މާލޭގެ ކަމުވޮށިގެންވާ މީހުން ކެބިނެޓަށް ލާން ތަނެއް ދޮޮރެއް ނުދަންނަ މީހުން ކެބިނެޓް މިނިސްޓަރުންނަށް ލައިގެން ކޮން ނަތީޖާ އެއްތޭ ނެރެވެނީ ރައީސް އިބޫ އެބަޖެހޭ އިސްތިއުފާ ދޭން ވިސްނަން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    13
    1
  18. އިސްތިއުފާއޭ

    ރައީސް އިބޫގެ ސަރުކާރު އޮތީ ކޮވިޑް ބަހަނާ އަކަށް ހަދައިގެން އެއްވެސް މަސައްކަތެއް ނުކޮށް ސަރުކާރުގެ އޮފީސް ތައް ވެސް ބަންދުކޮށްގެން އަދި އަމިއްލަ އޮފީސް ތައް ވެސް ބަންދުކޮށްގެން ސަރުކާރަށް ލިބޭ ޓެކްސް ފައިސާ ބަނޑުއަޅާލަ އަޅާލާ ކޮވިޑް ވެކްސިން ގަންނަން އިންޑިއާ އަށް ދިން 25 މިލިއަން ޑޮލަރު ވެސް ގެއްލުނީ ވެކްސިނެއް ވެސް ލިބުނީ އެއް ނޫން ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑުވެ މީހުން ބަނޑަށް ޖެހި މަރުވަނީ އަދި ވެސް މާލޭ ފުރަބަންދޭ ކިޔައިގެން ފޭކް ނަތީޖާއޭ ނެރެމުންދަނީ...

    14
  19. ތަމެންދޯ

    ތިޔަ ކުޅުނީ މުޅި ގައުމާ، އަހަރެމެން އެންމެންނާ އެކު ކަމަށް ބުނި ނަމަވެސް ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރަން އަދި ކޮވިޑް ވަބާ އިން ރާއްޖެ ސަލާމަތް ކުރަން އެއްވެސް މަސައްކަތެއް ކުރާ ތަން އަދި ކުރި ތަން ނުފެނެއޭ މުޅިން ވެސް ފެންނަނީ އެޗްޕީއޭގެ ބޮޑުންނަށް ބައިއަޅާ ކޮވިޑް ޓެސްޓް ހަދާ ކުންފުނި ތަކަށް ގިނަ ގިނައިން ކޮވިޑް ޓެސްޓްސް ތައް ހަދަން ދެވޭތޯއޭ ސަރުކާރުން ކޮވިޑް ޕޮޒިޓިވް އޭ ކިޔާ ނެރެމުންދާ ނަތީޖާ ތަކަކީ އެއީ އެއްގޮތަކަށް ވެސް ތެދު ނަތީޖާ ތަކެއް ނޫނޭ...

    12
    2
  20. ހުމާމް

    ފުލުހުންގެ މުވައްސަސާ ހަވާލު ކު ރަންވީ އޭ.ޖޭ ސެކިއު ރިޓީ އާއި . އެމީހުން ވެސް ފުލުހުންނަށް ވު ރެން ޕް ރޮފިޝަނަލް

    2
    2
  21. އަހުމަދު

    ތިއޭސީޕީ އިސްވެހުރެ ކުރި ތަހުގީގެއް އެބައޮތްތޯ މިވީހާތަނަށް ނިމިފަ. އެމްއެމްޕީރސީ މައްސަލަވެސް ބަލަނީ މީނަޔޯ.

  22. ވަގު

    ކޮބާތޯ އިލްމުވެރިޔާ އަލީ އެއްވެެސް ހަބަރެއްނެތްތޯ

    3
    1
  23. Anonymous

    އީވާ: އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަން ޖެހޭކަން އަންގާފައި. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ ތިން އޮފިސަރަކު ޒަހަމްވި. އެތިން އޮފިސަރުން ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި. ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ލިބެމުން އެބަދޭ. އެމެސެޖްތަކަށް މަޖިލީހުން ޝުކުރު އަދާކުރަން. ކޮންމެ މީހަކަށް ކަމެއް ދިމާވެއްޖެނަމަ އިސްވެ ފިޔަވަޅު ނަންގަވާ ބޭފުޅަކީ ރައީސް ނަޝީދު. އެކަން ދިވެހިރައްޔިތުންނަށް އިހްސާސް ކުރެވޭކަން ލިބެމުންދާ މެސެޖްތަކުން އެނގޭ.
    * މިވަރުވީމަ ދެން ބުނަންޖެހޭނީ ލޯކަލްކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ ގޮނޑި ހޯދަން އަންނި އެވަރަށް މަސައްކަތްކޮށް ނާކާމިޔާބު ވުމާއި ބޮޑުވަޒީރުކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ޕާޓީގެ ބޮޑުބައެއް އަންނިއާއި ދެކޮޅު ވުމުން ހަމްދަރުދީ ހޯދަން ޖައްސާ ސްޓަންޓެއް ކަމަށް. ތިޔަ ޖަލްސާ އަކީވެސް މިކަމުގައި ރޭވިގެން ހިންގާފައިވާ އަމަލެއް.

    11
    2
  24. މަރީ

    ރައީސް ނަޝީދަށާއި ހަށިފާ ރަވެ ރިންނަށް އަވަސް ޝިފާއެއް އެދެން. ހަށިފާ ރަވެ ރިންނަށް ފު ރިހަމަ ސިއްހީ ހިދުމަށް ދޭނެކަމަށް އުންމީދުކު ރަން. ހަށިފާ ރަވެ ރިން ހޮސްޕިޓަލުން ދޫކޮށްލިވާހަކަ ކިޔާފަ ހިތައް އެ ރި އެ ބޭފުޅުންނަށް ފު ރިހަމަ ސިއްހީ ފަ ރުވާ ދިންބާއޭ.

  25. އަސްމާ

    ނަޝީދައް ފަރުވާދޭން އިންޑިޔާއަށް ގެންދެބަލަ. ކިހާ ވަރުގަދަކަމެއްތަ ދެންމީ.

    16
    1
  26. އާސީ

    ނަޝީދު ބޮމުގެ ޑުރާމާ ފެށުނީ..

  27. ދެކުނު ސޮރު.

    މާ ރިޔާ ދީދީ ކޮންމެވެސް އެއްޗެއްކޭ ވިދާޅުބައްލަވާ. 24 ގަޑިއި ރު ވަނީވިއްޔާ.

    2
    1
  28. ސުވާލު

    ނަޝިދުގެ ހަށިފާރަވެރިންނަށް ބޮޑު އަނިޔާއެއް ނުވީކީވެބާ.. އެމީހުންނަށް ހަމަލާއެއް އަންނަކަން އެނގުނީބާ.. ނުވިތާކަށް އިނގިރޭސި ފަތުރުވެރިއެއް މިކޮވިޑު ހާލަތުގައި މާލޭގެ މަގުމަތީގައި ކީއްކުރަނީ..

  29. ދިސްވޭ

    ނަޝީދުގެ ސާޖަރީތައް ނިމިއްޖެ، އޮތީ އައިސީޔޫގައި ނަމަވެސް އަދި ނަޝީދު ރިކަވަރީ އަށް ވެސް ވަރަށް ގިނަ ދުވަސް ނަގާނެއޭ އަދި ނަޝީދު ރިކަވަރވި ނަމަވެސް ދެން ކުރިން ހުރި ނަޝީދެއް ދިވެހިންނަށް ނުފެންނާނެއޭ މަމެންގެ ޕްރެޑިކްޝަން އަކީ ދެން ނަޝީދަށް އާއިލާގެ ޕްރެޝަރ ބޮޑު ވުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާނަށް ނަޝީދު އަލްވަދާއު ކިޔުމޭ ދެން މިއަހަރު ނިމޭ އިރު އެމްޑީޕީގެ ރައީސަކީ ވެސް ރައީސް އިބޫ އަދި މަޖްލީހުގެ ރައީސަކަށް ހުންނާނީ އަފީފުއޭ ދިސްއިޒްއިޓް

  30. އިސްތިއުފާ

    ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ ތިމާވެށި މިނިސްޓަރު އިސްތިއުފާ

  31. ބަލާތި

    ތިމާވެށި މިނިސްޓަރު މިނިސްޓަރު ކަމުގެ ބޭނުމުގައި ނަޝީދާއި ގުޅޭ ހުރިހާ މައލޫމާތެއް އެ ބޭނުންވެގެން އުޅޭ އެތެރެ ކޮއިލްގެ މީހަކަށް ދިނީ އޭނާ އަށް ބޮޑު މިނިސްޓްރީ އެއްދޭ ގޮތަށް ޝަރުތުކޮށްފައޭ މިކަން ގާތުން އެމްޑީޕީގެ ގައުމީ މަޖްލީހުން ބަލަން ޖެހޭނެއޭ

  32. ފަޒީލް

    ނަޝީދުވެސް އިސްތިއުފާ.. ސޯލިހުވެސް އިސްތިއުފާ..