ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ އޮނަހިރި ރެއެއްގައި ސުވަރުގެ ދާން ދިން ހަމަލާއެއް ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިންތާ އިރުކޮޅެއް ފަހުން ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޮނިހިރި ރެއެއްގައި ސުވަރުގެ ދާން ވެގެން މީހަކު މަރާލަން ރާވާފައި،" ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް ފަރުވާ ދެމުންދާ އިރު، އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ. އަނެއް ދެ މީހުންނަށް ފަރުވާދެމުންދާ އިރު، އެމީހުންގެ ހާލު ރަނގަޅެވެ.

ނިރުބަވެރި ހަމަލައާ ގުޅިގެން ރައީސް ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އެލެކްސް ގަންޖާ

    ސުވަރުގެ ދާންވެސް މީހަކު މެރީމޭ ބުނަން އެއީ މަރާވަރުގެ މީހެއްނޫން

    89
    9
    • ޒައިކް

      އޮނަހިރި ރެއާ ސުވަރުގެ އޮތްކަން އެނގުނުކަންވެސް އެއީ ނަސީބެއްތާދޯ..

      27
    • ހ

      ޖެނިފާ، މީހުން މަރާ މީހުން ދާނީ ނަރަކަޔަށް އެވަރު ނޭގޭ....

      9
      1
  2. މީނަގެ

    ގަމާރުންނަށް އެހެންހީވިއަސް.. މީހަކުމަރާފަ ސުވަރުގެ ނުވަދެވޭނެ

    83
  3. ލާދީނީ

    އެމްޑީޕީގެ ލާދީނީން ވަރައް ދީނާ ބެހޭ ހިއްވާނެ

    113
    6
    • ޢަހޮމަދު

      ލާދީނީމީހުންނަކީ މީހުންމަ ރަންދުވާމީހުން.

      11
      6
  4. ރަދީފް

    ސުވަރުގެ ގަބޫލުނުކުރާ މީހަކު ސުވަރުގޭ ކިޔައިގެން ޓްވީޓްކުރީމަ އެހާ ސަޅިއެއް ނޫން.

    136
    2
  5. ާަރުމިއާ

    ؟..........

    17
    1
  6. ހުސޭނުބޭ

    މީނަ އޮންހިރިރެޔޭ ކިޔައިގެން އިސްލާމްދީނަށް މަލާމާތްކުރަނީތަ؟ ސައިކަލެއްގެ ބެރެޓެރީ ގޮވައިގެން މުޅި ޤައުމު ހަލަބޮލިކޮށްގެން ތިއުޅެނީ!

    103
    11
  7. ޕުޗުސް

    މިއީ ޖެނިފާ ކުރި ކަމެއް! އޭނާ ހައްޔަރު ކުރޭ!

    64
    5
  8. ޙުއްތު

    މަގުބޫލުކަން ގެއްލޭތީ ހެދި ސްޓަންޓަކަށް ވެސް ވެދާނެދޯ

    60
    6
  9. ޞަބްރާ

    މީއޭ މިމީހުންގެ މައްސަލައަކީ. މިހާރު އިސްލާމްދީނާ ފާވެގަތީ

    73
    3
  10. އިންޑިއާ އައުޓް

    ސުވަރުގެއާ ނަރަކައެއް ވާކަމާ މަރުވާނެ ކަން ކަމާނާ ގަބޫލު ކުރަންތަ މަގާމު ދިފާއުކުރަން މާ އަނގަ އަރުއަނީ

    75
    4
  11. ސައްތާރު

    ކަލޭ ތިޔަ ކުރާ މަލާމާތް ރަނގަޅައް އެނގޭނެ ފަސްދަށައް ދާދުވަހަކުން.

    95
    3
    • ޑެޑުއހފޯސް

      މީ ކެލާ ގޮލައެއްތައް. ކެލާ ގަވެސް އުޅޭ ޖެނިފާއެއް

      14
    • ޜިޒޮ

      ކަލޭތީސުވަރުގޭގެ ބަނޑޭރިދޯ.އެއީ މަލާމާތެއްނޫން އެއީ ގައިންތާހި ރުނުވެއުޅޭ ބައެއްއިސްލާމުންނޭކިޔައިގެން އުޅޭމީހުންގެ ވިސްނުންހުންނަގޮތް.

      6
      10
  12. ހުސޭނުބެ

    ކަމަނާ ތިބުނީ ހަމަ ރަނގަޅަށް! ސުވަ ރުގެއަށް ދާން ކެތްމަދުވެފަ ހު ރި ޓެ ރަ ރިސްޓެއް ހަމަލާދިނީ

    5
    17
    • ........

      އެހެންތަ! ޓެރަރިސްޓުން ޓެރަރިސްޓުންނަށް ހަމަލާ ދެނީ؟ ސަޅިއެއްނު ދޯ!

      4
      1
    • ޖ

      ސުވަރުގެ އަށް ދެވޭތޯ އަޅުގަނޑުމެން ކުރަނީ ހެޔޮ އަމަލު. މީހުން މެރުމަކީ ގެއްލުން ދިނުމަކީ ފާފަ އެއް... ބޮޑު ފާފަ އެއް، ހަރާމް ކަމެއް... އެވަރު ނޭގޭ...

  13. ޢލަި

    ވަރައްރަނގަޅު ވާހަކަ އެއް. ހަރުކަށި ބަލާއެއް މިހާރު

    5
    20
  14. އެހެންދޯ

    މި ޗެނިޕާ މިހިރީ ބޮލުރޮދި ކެނޑިފާ މީނަ އަނގަ އޮތީމަ ފިރިމީހަގެ މައިދާތަޔޭ ކިޔަނީ

    22
  15. ދެރަ

    ކިހިނެއްތަ އެނގެނީ އެއީ ދީނީ ބަޔަކުކުރިކަމެއްކަން ބަލަ ސިޔާސީ ކުޅިއަކީ މާހުތުރު ކުޅިއެކޭ ކޮށްފަ ނުކުރާނެކަމެއް ސިޔާސީ ބާރުވެރިކަން ހޯދަން ނޯންނާނޭ ބުނާތީ އަޑުއަހަން. މިކަންކުރިބައެއް ހޯދާ ހައްގުއަދަބު ދިނުމަށް ގޮވާލަން.

    17
  16. ސަޓޯ

    ޖެނިފާރ ގެ ތިކޮމެންޓުން ވެސް އެނގިއްޖެ ތިކަމެއް ކުރީ އެމްޑީޕީ ކަހަލަ ލާދީނީ ސަރުކާރަކުން ކަން.. އިބޫ ވައްޓާލާފަ ބޮޑު ވަޒީރު ކަމަށް އައިސްފާނެތީވެ ކުރި ކަމެއް ކަމަށް ގަބޫލު ކުރެވޭ... ކުރީ ފަހަރުވެސް ބުރޯ ޖެއްސީ ތިކަހަލަ ސްޓަންޓެއް...

    20
  17. ޛ

    ކޮބާ އަފްރާސީނު މެރިމީހުން ތަހުގީގު ކުރޭ

  18. ކިނބޫ

    ހޫނ ލަހެއް ނުވިތާ ލާދީނީ ބަހުރުވަގަނޑު ފެށުނީ.

  19. ދައިތާ

    މަންޖޭ ސައިކަލެއްގެ ބެޓެރިގޮވައިގެން އޮނަހިރިޔޭ ކިޔައިގެން ސުވަރުގެއާއި ނުބެހޭ އެއީ މަންޖެވެސް ހެޔޮއަމަލުކުރީމާ ދާން އޮތްތަން..

  20. ޑަންބޯ

    ކޮންމެ ބަޔަކު ކުރި ކަމެއްވިޔަސް މީ ވަރަށް ކަޑަކަމެއް. މާރާމާރީއާ ފޭރުމާވައްކަމާ މީހުންމެރުމާ މީ މިހާރު މި ދިވެހި ރާއްޖޭގަ ވަރަށްއާންމުކަމަކަށް ވެއްޖެ. މިކަންކަން ނިމުމަކަށް އަންނާނީ ކޮންދުވަހަކުންބާ.....

  21. ހާލަތު

    މިވަރުގެ މީހަކަށް ޑުޕިއުޓީ މެނޭޖިން ޑިރެކްޓަރ މަޤާމު ދޭންހެޔޮނުވާނެ. ޢަވަހަށް މަޤާމުން ވަކިކުރޭ

  22. އޒބނ

    ހަމަލާދިން މީހުން މި ޖެނިފާއަށް އިނގޭތީތާ މީނާ ސީދާ ވަކި ބައެއްކަށް ނިސްބަތް ކޮއް މިއެން ބުނާނީ. ދީންގެ ނަމުގައި ދިން ހަމަލާއެއް ކަން މިނާ އަށް އިނގުނީ ކިއިނެއް ބާ؟؟
    މިހާ މޮޅަ ކިޔަވައިގެން ތިބޭ މީހުން ޕާޓީގެ އަވާގާޖެއި ކިޔޭނުކިޔޭ ނެނގޭ! މީނާ ހައްޔަރު ކުރަން މިހާރުން މިހާރަ ގޯވާއިލަން،، މިހިރަ ބީތާ ސީދާ އެއް ޖަހަނީ ދީނަށް ޖޯކް. ހަމަލާދިނުން ބަލައިނުގަނެވޭ.. ދީނައް ފުރައްސާރައް ކުރުމަކީ ހަމަ ލެޔެއާ ކުޅުން. މިޕާޓީގެ މީހުން ޖެއްސި ސްޓަންޓަކަށް ވެސް މިކަން ވެދާނެ! މިމީހުން މީ ގޮތް ނެގޭ ބައެއް، އިތުބާރު ކުރަން ހެޔޮނުވާނެ!!