މިހާރު ކޮވިޑް-19 ފެތުރެމުންދާ ބައެއް ރަށްތަކުގެ ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭ އިން އަންގާފައި ވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގެ ރެސްޓޯރެންޓްތައް ބަންދު ކުރުމަށެވެ.

އެރަށްތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމައި އެޗްޕީއޭ އިން ނެރުނު އެންގުމުގައި ވިދާޅުވެފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލިބިދޭ ބާރުގެ ދަށުންމާދސަމާ އިން ފެށިގެން ވަކިގޮތެއް އަންގަންދެން އެ ރަށްތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި އެ ރަށްތަކުގެ ރެސްޓޯރެންޓްތައް ބަންދު ކުރަން އަންގާފައި ވެއެވެ. އެހެން ނަމަވެސް އެ ރެސްޓޯރެންޓްތަކުން ޑެލިވަރީ ހިދުމަތް ދެވޭނެ ކަމަށް އަންގާފައި ވެއެވެ.

އޭގެ އިތުރުން، އެ ރަށްތަކުގައި 12 ގަޑިއިރަށް ކާފިއު ހިންގުމާއި، އެރަށްތަކުގައި ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

އަދިސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދިނުމާއި، ޓެކްސީގެ ޚިދުމަތްވެސް އެގޮތަށް ދިނުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު