މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ އަމިއްލަ ކުންފުނިތަކާއި އޮފީސްތައްވެސް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން މާދަމާ އިން ފެށިގެން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަ ކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން ކުރަން ޖެހޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް އަންގާފައި ވެއެވެ.

އަދި ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށްގެ ބޭއްވުމަށްވެސް އަންގާފައި ވެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް މާލޭގައި މިހާރު ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ނަމަވެސް އަދިވެސް ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހު ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖޭގައި 7607 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 203 މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލީމު

    ހުންނަނީ އޮފީހަށް ގޮސްގެން ކުރަންޖެހޭ މަސައްކަތް ހުސް

    21
    1
  2. ޙަސީ

    ސަރުކާރު 100% ހިތްސާވާ ކުންފުނިތަށްވެސް ނުކުރެ ބަންދު އަދި.

    15
  3. ހިބަރު

    މާލޭގަ ބަންގާޅިއަކު ހިންގާ ކޮލެޖެއްގަ ހުރިހާ މުއައްޒަފުން ނެރިގެން ކުދި ކޮށިތަކަށް ލައިގެން މަސައްކަތް ކުރަނީ ކޮންތާކުން ދޭ ހުއްދައެއްގެ ދަށުންހޭ؟

    11
  4. ބޮޑުސޭޓު2

    ބައްލަވާ ތިބަންދެއް ނުކުރެޔޭ. އަހަރެން ވަޒީފާ އަދާ ކުރަނީ ކޯޓެއްގައި، މި ކޯޓުގައި ޕޮޒިޓިވް ވީ މީހުންނާއި ކަރަންޓީނުގައި ތިބި މީހުންވެސް އެބަތިބި. އެކަމަކުވެސް އަހަރުމެން ސެކްޝަން އެންމެންގެ އިތުރުން ކޯޓުގެ އިދާރާގެ ގިނަ މުވައްޒަފުންނަށް އޮތީ އޮފީސްތައް ބަންދުކުރަން އަންގާފަ އޮތަކަސް އޮފީހަން ބަރާބަރަށް ހާޒިރުވާން އަމުރުކޮށްފައި، ކޮވިޑު ކޭސްތައް ލައްކައަށް އެތިޔަށް ގޮތްދޫކުރާ ގޮތަކަށް ނޫން މިތާގެ އިސްވެރިން ތިބީކީ. މިމީހުން އަންގަނީ އޮފީހަށް އައިސްގެންނޭ މަސައްކަތް ކުރެވޭނީ. މިއީ ކަނޑައެޅިގެން މީހުންގެ ސިއްހަތާއި ފުރާނައަށް ވާ ބޮޑު އިހުމާލެއް. އަހަރެންގެ މާމައާއި ކާފައާއި އެކުގައި ދިރިއުޅެނީ. މާމައަށް އެއްފަހަރު ކޮވިޑު ޖެހި ރަގަޅު ވެފައި އެހުރީ. އެޗެޕީއޭ އާއި ސަރުކާރުން މިކަންކަމާއިމެދު ހަރުކަށި ފިޔަވަޅު އަޅަން ކެރިބަލަދޯ