ރާއްޖޭގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާއެއް ދިނުމުގެ މައްސަަލައާއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން މިރޭ ކުއްލިއަކަށް ކުރިއަށް ގެންދާ ހާއްސަ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވިފައިވާ ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، މިހާރު އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ ލޮލަށް ގެއްލުން ވެފައިވެއެވެ. އަދި ފަރުވާދެމުން އަންނަނީ ހޭނައްތައިލައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިރޭ 11:00 ޖަހާކަށް ހާއިރު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވެސް ފެށިއެވެ. އަދި އެއީ ދިގުދެމިގެންދާ ޖަލްސާއެއް ކަމަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާ މެދުކަނޑާލި ފަހުން އަދި ނުފަށައެވެ.

މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް ވެސް ބާއްވަން އެ ބައްދަލުވުން މިރޭ ފެށިއެވެ.

މިރޭގެ އެ ބައްދަލުވުމުން ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވޯޓަށް އެހުމުން ކޮމިޓީގައި ބައިވެރިވެވަޑައިގެން ތިއްބެވި 8 މެމްބަރުންގެ އިއްތިފާގުން ބައްދަލުވުން ސިއްރުކޮށްގެން ކުރިޔަށް ގެއްދިޔުމަށް ވަނީ ތާއިދު ލިބިފައެވެ.
ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލަ ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ދަނީ ކުށްވެރިކުރަމުންނެވެ. އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. ނަޝީދާ އެކު އޭރު ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް އަނިޔާ ލިބުނުއިރު ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އެ މީހުން ދޫކޮށްލައިފައެވެ. ނަޝީދަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  ނިކަމެތި އާރެއް ބާރެއް ނެތް އިންސާނާގެ އެއްވެސް ބާރެއް ނެތްކަން މިހާމަވަނީ. އަށިފާރަވެރިން ލައިގެން އެއްވެސް ހިމާޔަތެއް ނެތްކަން ހާމަވެގެން މިދަނީ. ކިބުރުވެރިކަމާއެކީ ތިމާވަރުމީހެއް ނެތިގެން އުޅުނު އެތައްބަޔަކު ވަނީ ގެެއްލުމާ ހަލާކާ މީގެކުރިންވެސް ކުރިމަތިލާން ޖެހިފަ. ވިސްނާ މީހުނަށް އިބުރަތެއް.

  11
  3
 2. ޑިމޮކްރަސީ

  އިއްޔެ ނާސިގެހަދަން ފާސްކުރރ ރީ އެއީ މުސްލިމް ޤައުމެއްގައިކުރުރ ރުން ޙަ ރރ ރާމް ކަމެއް އެކު ރރރރީނުންް އަދި އެވީނުން

 3. ހަސަނުގެދަރި

  241 ސިއް ރުން ވިޔަސް ފާޅުގަ ވިޔަސް ކިތައްމެ ޖަލްސާއެއް ބޭއްވި ޔަސް ކު ރެވޭނެ ކަމެއް ނޯންނާނެ ކަންދެއްކުމަށް ކު ރާ ކަންތައް. ކަމާ ބެހޭ ފަ ރާތް ތަކުން މައްސަލަ އެދަނީ ބަލަމުން . ފުލުހުންނާ ސިފައިން. އެބުނަނީ މިހާ ރު އެ ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ ކަމަށް. ދެން ކަލޭމެން ކީއްކު ރަން ތިތާ ތިބެނީ.