ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާނެ ކަމަށެވެ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރާނަން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވާނީ ކިހައި އިރަކު ކަމެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސް ޞާލިހް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން މިރޭ ވިދާޅުވެފައި ވެއެވެ. ނަމަވެސް ކުރެވުނު މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ފަރުވާ ދެމުން ގެންދާ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ރައީސް ވަނީ ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިޔާ އަލީ

    އަދިވެސް ރޮނީދޯ ނޫނީ ރޮވެން އުޅެނީ ނޫނީ ރޯން ހިތައް އަރަނީދޯ

    11
    1
  2. ސަޓޯ

    ނަޝީދު އޮޅާލަބަލަ... ކޮބާ ކޮރޯނާގަ މިއަދު މަރުވި 5 މީހުން.. އެކަންރަކާ ވާހަކަ ދައްކަ ބަލަ...

    11
    1