"އެންމެން ފުޓްބޯޅަ" ކެމްޕެއިން ފެށުމަށް ދިރާގު އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާގޮތެއްގައި ދެމުން އަންނަ ކުންފުނި ދިރާގު އިން، ވޯލްޑް ކަޕަށް އަމާޒުކޮށް "އެންމެން ފުޓްބޯޅަ" ގެ ނަމުގައި އަގުހުރި އިނާމްތަކާއި އެކު ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ. މިއަދު ހަވީރު ރަސްމީކޮށް ލޯންޗްކުރި މި ކެމްޕޭނަކީ ޑިޖިޓަލް ޕެލެޓްފޯމުތަކުގައިވެސް ވޯލްޑްކަޕްގެ ފޯރި ގަދަވެގެންދާނެ ކެމްޕޭނެކެވެ. މި ކެމްޕޭންގެރ ދަށުން ވޯލްޑްކަޕަށް ހާއްސަ އެންމެ ބޮޑު އިމާންވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ވޯލްޑްކަފުގެ ހުރިހާ މެޗުތަކެއް ދިރާގު ޓީވީ މެދުވެރިކޮށް ރާއްޖޭހެ ހުރިހާ ހިސާބަކުން ބަލާލެވޭނެ އިންތިޒާމު ދިރާގުން ވަނީ ހަމަޖައްސާފައެވެ. އަދި ދިރާގު ޓީވީ އެޕް ބޭނުންކުރަން ދިރާގް ޓީވީގެ ހިދުމަތް ބައްލަވައިގަންނަވާ ފަރާތްތަކަށްވެސް ދިރާގް ޓީވީ އެޕްގެ ޔޫސާނޭމް އާއި ޕާސްވޯޑްގައި "ޕްލޭ" ޖެއްސެވުމުން ވޯލްޑްކަޕްގެ މެޗުތަށް ބަލާލެވޭނެއެވެ.

"އެންމެން ފުޓްބޯޅަ" ކެމްޕެއިން ފެށުމަށް ދިރާގު އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

މިފަހަރުގެ ވޯލްޑް ކަޕަށް އަމާޒުކޮށް ދިރާގު ޓީވީ އިން ވަނީ 195 ރުފިޔާއަށް 50 ޖީބީގެ ޑޭޓާ ބަންޑަލްއެއްވެސް ތައާރަފްކޮށްފައެވެ. އެގޮތުން Add (space) WC ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން، މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ވާނެއެވެ.

މީގެ އިތުރުން ވޯލްޑްކަޕްގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެންވެސް ވަރަށް ހާއްސަ އިނާމްތަކެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. އެގޮތުން އެ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްއަކަށް އިންގްލިޝް ޕްރިމިއާ ލީގުގައި، ސަޕޯޓުކުރާ ޓީމެއް ކުޅޭ ތަން ބަލާލުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެހެން އިނާމުތަކުގެ ތެރޭގައި އައިފޯނު 8، ސަމްސަންގް އެސް 9 އަދި ދިރާގް ޓީވީ ސަބްސަކްރިޕްޝަން އެއް އަހަރަށް ހިލޭ ލިބިގެންދާނެއެވެ.

ދިރާގުގެ "އެންމެން ފުޓްބޯޅަ" ވޯލްޑްކަޕް ކެމްޕޭމްގެ ދަށުން ދިރާގުން ވަނީ މީސްމިޑިއާ ޕްރޮމޯޝަންތަށް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން އިންސްޓަގްރާމް ކޮސްޓެސްޓެއް ވަނީ ތައާރަފްކޮށްފައެވެ. ހޭޝްޓެގް ވޯލްޑްކަޕް މޫމެންޓްސް ޖަހާފައި ވޯލްޑްކަޕާއި ގުޅުންހުރި ފޮޓޯއެއް ހިއްސާކުރެއްވުމުން އެ ފްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ނަސީބުވެރި އެއްފަރާތަކަށް ސޮނީ ސްޕޯޓްސް އިން ދޭ 5000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

"އެންމެން ފުޓްބޯޅަ" ކެމްޕެއިން ފެށުމަށް ދިރާގު އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

އިންސްޓާގްރާމްގެ އިތުރުން ޓްވިޓަރ އަދި ފޭސްބުކް ކޮންޓެސްޓެއްވެސް ދިރާގުން ވަނީ ވޯލްކްކަޕް ކެމްޕޭންގެ ތެރެއިން ފެށުމަށް ނިންމާފައެވެ. އެގޮތުން ޓްވިޓާގައި ކޮންމެ ރެޔަކު 10:00 ގައި ދިރާގުން ހިއްސާކުރާ ފުޓްބޯޅައާއި އެންމެ ގުޅޭ މަންޒަރު އެންމެ ގިނައިން ދިމާކޮށްގެން ކޮންމެ 4 ދުވަހުން އެއް ދުވަހު ނަސީބުވެރި އެއް ފަރާތަކަށް ޕިއްޒާ ބޯނާއިން ދޭ ޕާޓީ ޕިއްޒާ ޕެކްއެއް ލިބޭނެއެވެ. އަދި ފޭސްބުކްގެ ކޮންޓެސްޓްގައި ބައިވެރިވުމަށް ކޮންމެ ދުވަހަކު ދިރާގުން ޕޯސްޓްކުރާ ފޮޓޯއަކަށް ރަގަނޅު ޖަވާބު ދިމާކޮށް ކޮމެންޓް ކުރަން ޖެހެއެވެ. މި ކޮންސެޓުގައި ވެސް ރަގަނޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ޕިއްޒާ ބޯނާއިން ދޭ ޕާޓީ ޕިއްޒާ ޕެކްއެއް ލިބޭނެއެވެ.

މީގެ އިތުރުން ވޯލްޑްކަޕްގެ މެޗުތަށް ބެލުމަށް ހާއްސަ ސަރަހައްދުތަކެއް ދިރާގުން ކަނޑައަޅައިފައިވާއިރު އެ ސަހަރައްދުތަކުގައި "އޮރެންޖް ޓާފް – ބޯލް ކޮންޓްރޯލިންގ"ގެ ހަރަކާތެއް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އެ ހަރަކާތުގައި ބައިވެރިވެގެން އަގުހުރި އިނާމްތަށް ވަގުތުން ވަގުތަށް ލިބިގެންދާނެއެވެ.

ދިރާގަކީ ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ޑިސްޓްރިބިއުޝަން ޕާޓުނަރ އެވެ.

ކިޔުންތެރިންގެ ހިޔާލު