ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ އެއްޗެއް ގޮއްވާލި ހަމަލާ ދިން މީހާ އެއްޗެއް ގޮވި ވަގުތު ދުވެފައި އެސަރަހައްދުން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އިތުބާރުކުރެވޭ ފަރާތަކުން ބުނީ ހަމަލާދިން މީހާ ދުވެފައިދާ މަންޒަރު ފެންނަ ވީޑިއޯ އަށް ބަލާއިރު އޭނާ ހުރީ މާސްކް އަޅައިގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދިން މީހާ މަޖީދީމަގުން ދުވެފައި ގޮސް ވަނީ ފާށަނާކިލެގެ މަގަށެވެ. އޭނާ ދުއްވައި ގަތުމަށްފަހު މަޑުކޮށް ފައިވާން އަތައް ނަގައިގެން އަނެއްކާވެސް ދުވެފައިދާ މަންޒަރު ވަނީ ކެމެރާއަށް އަރާފައެވެ.

"މިހާރު ފުޓޭޖް ވަނީ ފުލުހުންނަށް ލިބިފައި. މިއީ ކޮލެޓީ ރަނގަޅު ފުޓޭޖެއް. މިހާރު ފުލުހުންނަށް ވަނީ ތުހުމަތު ކުރެވޭ މީހަކު ވެސް ދެނެގަނެވިފައި. ނަމަވެސް އިތުރަށް ކަށަވަރު ކުރަން ޖެހޭ ކަންކަން އަދި ދަނީ ބަލަމުން." މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

ހަމަލާ ދިނީ ނަޝީދު ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ. އޭރު ނަޝީދުގެ އަރިހުގައި ތިބި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށް ވެސް އަނިޔާވިއެވެ. ނަޝީދަށް އަދިވެސް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް ތިން ހަށިފާރަވެރިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މިހަމަލާގައި އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކަށް ވެސް އަނިޔާވިއެވެ.

މަަންޒަރުދުއް މީހުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި އޮތް އެއްޗެއް ގޮއްވާލައިގެންނެވެ.

މިހަމަލާގެ ޒިންމާ ޑާކްވެބްގައި އައިއެސް އިން ވަނީ އުފުލާފައެވެ. ނަމަވެސް މިއީ އައިއެސް އިން ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ާފޮރެންސިކް

    ވީޑިއޯ ނުލިބޭތަ އަދި؟

    79
    2
    • މަކަރާއި ހީލަތުން ވެރިކަމާއި ތާއީދު

      ތުނބުޅި ލާފަހުރި މީހާ ހަމަލާ ދޭއިރު ހުންނާނީ ތުނބުޅި ބާލައި މީހާގެ އަސްލު އައިޑެންޓިޓީ ފޮރުވައިގެން!! ވަރަށް ސާފުކޮށް މިހާރުވެސް ސުވާލު އުފެދޭ ވަކި ބަޔެއްގެ ބޮލުގައި ތިކަން އަޅުވަން ނިންމާފަ އޮތްކަން.

      192
      24
    • އިންޑިއާގެ މަކަރުވެރި ރޭވުމެއް!

      އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
      ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

      135
      12
    • ޖޯކް އޮފް ދަ ސެންޗަރީ

      ހަމަލާ ދީފައި ފިލަން ދިޔައީ ދުވެފައޭ! ކީއްވެ ސައިކަލެއްގެ އެހީގައި ދިއަނަމަ އަވަހަށް ބެޗޭނެ އެއްނު އެތަނުން؟ ތިއީ ހަމަ އަސްލުވެސް ބޮޑު ޖޯކަކަށް ވެއްޖެ.

      28
      4
    • ކކކކކ

      ޥީޑިއޯ އަދި ނުނިމޭ.

  2. ޙަލީމު

    އަން! މިކަހަލަ ކަންކަން ކުރާއިރު އެހެން މީހުން ކުރަނީ ފޮރުވިގެން، އެކަމަކު މި "ތުނބުޅިލީ" މީހުން ކުރަނީ ތުންބުޅިލާފަ ފައިކުރިކުރުކޮށް ކުރުތާ ލައިގެން! އަނިޔަވެރި ހަމަލައެއް އެކަމު ތިކަން އެޅޭނީ ޝެއިޚުންގެ ބޮލުގަ ތިކަން ކުރި ބަޔަކީ ރަނގަޅައްވިއްޔާ ބޭރުގެ ބަޔަކު!

    156
    19
    • ބޯ ހަލާކު

      މޯދީ ހުންނަނީ ކުރުތާ ލާފަ ތުނބުޅި ލާފަ. އެމީހާގެ ޑިސްކްރިޕްޝަންއިން ހީވަނީ މޯދީހެން

      227
      16
      • ޜގ

        ލަދުހަޔާތްކުޑަ ބައެއްދިވެހިން މިފަދަ މާތްމަހެއްގަވެސް މިއުޅެނީ މިނިމަސްކެއުމިގަ ހޭބޯނާޜާ.ކިހާދުވަހަކުތިހެންއުޅެވިދާނެކަމަށްތޯ ހީވަނީ. ޥަގުތުފާއިތުނުވަނީސް ތައުބާވެ ހެޔޮމަގު ހެޔޮމަގު ހިޔާ ރުކުރައްވާ.

        13
        7
  3. އިއްސޭ

    ނާގާބިލު ސިޔާސީ މީހުންގިނަވުން މިއީ މިކަހަލަ ނާތަހުޒީބީ އަމަލު ގިނާވާކަމެެއް...މިސާލު އަލީ އާޒިމި އަނދުން ހުސެން މީ ދޮގެކޭ ނުބުނެވޭނެ ދެއްތޯ

    144
    13
    • ޟީ

      މީވަގުންގިނަވެގެން ވާގޮތް ކު ރި ވައްކަންތަށް އިތު ރަށް ފެންނަމުންދާތީ އެވާހަކަ ދައްކާމީހުންދެކެ ރުޅިއަންނަ ބަޔަކު ތިބޭނެ.

      9
      1
  4. މަލްޓޯ

    މިގައުމުގެ ޝޭހުން އެބަ ގަބޫލުކުރަން ޖެހޭ ހައްދުފަހަނަ އަޅައިފަ ތިބި ބަޔަކު އެބައުޅޭކަން މިތަނުގަ.މިވާހަކަ ދައްކާ އިރަށް ޝޭހުން ބުނަނީ ލާދީނީ ވާހަކަ އަޑުކަނޑުވާލަން ދައްކާ ވާހަކަ އެކޭމީ. ނޫން. ނިބުރުވެރި ޖަމާއަތްތަކަށް ހިތުން ވަދެގެން އުޅޭ ހައްދުފަހަނަ އެޅި މަމޮޅު ކޮހުންތަކެއް އެބައުޅޭ ހަމަ. ލާދީނީވެސް ހަރުކަށިވެސް އެބައުޅޭ.ދެކަން ވެސް ގޯސް. ޝޭހުން މިކަން ގަބޫލުކޮށްގެން ހަރުކަށި ބުރާންތިތައްވެސް އިސްލާހު ކުރެވޭނި.

    79
    49
    • ބޮސް

      ގޮތް ނޭނގޭ ބަޔަކު މާސްކްނާޅާ ފުރުޤާން މިސްކިތައް އަރާ ގަވައިދުން. ހީވަނީ އެއީ ސިއްހީ މާހިރުންނަށް ވުރެ މަތީގައުޅޭ ބައެއްހެން. ނޫނީ މާބޮޑައް ދީން އިންގެނީކަންނޭނގެ. ޢެހެންވީމަތާ އިމާމުމީހާ އެންގީމަވެސް އަޑުނާހާ މަލާމާތުގެ ރާގަށް ހީލާނީ.

      40
      17
      • ޢަހޮމަދު

        ފުޜުގާންމިސްކިތް މިއުޅޭ ފެންނުވަ ރާ ބައިގަޑު ދަނީ މުޑުދާޜުކު ރަމުން.

  5. sana

    ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީންއަށް ހަޖޫޖަހާމިގައުމައް އެހެންދީން ތައް ތައާރަފް ކޮށް ހަދާ ގައުމުގެ މިނިވަން ކަން ނަގާލުމައް މަސައްކަތް ކުރާފަރާތް ތަކަށް ނަފުރަތު ކުރާމީހުން އުޅޭނެ.

    98
    14
  6. ތާއީދު އަނބުރާ ހޯދުން

    ނަޝީދަކީ މީޑިއާގެ ސަމާލުކަމާއި އާންމުންގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ސިޔާސީ މީހެއް!!

    107
    8
  7. ޑިސްގާއިސް

    ތުނބުޅި ލާފަހުރި މީހާ ހަމަލާ ދޭއިރު ހުންނާނީ ތުނބުޅި ބާލައި މީހާގެ އަސްލު އައިޑެންޓިޓީ ފޮރުވައިގެން!! ވަރަށް ސާފުކޮށް މިހާރުވެސް ޝައްކުވެއްޖެ ވަކި ބަޔެއްގެ ބޮލުގައި ތިކަން އަޅުވަން ރާވާފަ އޮތްކަން.

    71
    9
  8. ދިވެހި މީހާ

    މިހުންނަނީ ހަގީގަތުގަ ހު ރިހާ ގޮތަކުންވެސް ވަ ރައް ދެ ރަ ދަށުދަ ރަޖައިގެ ކަންތައްތައް މިކަހަލަ ކަންތައްތައް މީކީ އެއްވެސް ގޮތަކުން ބަލައި ގަނެވޭނެ ކަންތައްތަކެއް ނޫން

    33
    13
  9. މަކަރާއި ހީލަތުން ވެރިކަމާއި ތާއީދު

    އައިއެސްއިން ދިން ހަމަލާއެއްކަމަށް ނުބެލެވޭ، ސަބަބަކީ އައިއެސްއަކީ ކުށެއްނެތް މައުސޫމު މުސްލިމުންނަށް ހަމަލާދޭ ޖަމާއަތަކަށްވާތީވެ...
    ބޮޑަށް ބެލެވެނީ އެކުވެރި ދައުލަތެއްގެ އިރުޝާދުގެދަށުން ނަޝީދުގެ ގާތްބަޔަކު ރާވައިގެން ދީފައިވާ ސިޔާސީ ހަމަލާއަކާ.

    #ނުލަފާކެރެފާ
    #އިންޑިއާ އައުޓް
    #ރޯ އިންޓެލްް
    #އެމްއެންޑީއެފް

    52
    7
    • ޔނސ

      އައިއެސް އަކީ މުސްލިމުންގެ ދިފާޢުގައި މަސައްކަތް ކުރާ ދައުލަތެއް.

      5
      32
      • ޢަހޫ

        ޢެއީ މުޑުދާ ރު ޖާހިލުބައެއް.

        8
        1
  10. ލޯ ކަނު

    ވަކި ކޭސް ތަކެއްގަތޯ ކޮލެޓީ ރަނގަޅު ފުޓޭޖް ލިބެނީ؟

    81
  11. ޙުއްތު

    ތުނބުޅިއެއް ލާފައޭ ބުނާއިރު ގައިގެ އެހެންތަންތަން ވެސް ނުފެނޭތަ.

    64
    1
    • ޑީން

      ކަލޯ އަޑު ނާހަމުތަ؟ މޯދީ އާޔޯ ވައްތަރީ!

      80
      2
  12. ރައްޔިތުސޮރު

    ދިވެހިންގެ ތެރެއިން މަދުބަޔަކު ޤަބޫލުކުރާ ގޮތުގަ އެމީހުން ޤަބޫލުކުރާ ގޮތް ނޫން އެހެން ހުރިހާ ގޮތަކީ ނުބައި ގޮތްތަކެއް. އަދި އެމީހުންނާ ވިސްނުން ތަފާތު އެއްމެންގެ ލޭ ހުއްދަކުރޭ... މިއީ ހަޤީޤަތުގަ ނުވިސްނޭ ގަމާރުންނަށް "ހަޖަމު" ކުރަން ދަސްކޮށްދޭންވީ ވަގުތު. މިއީ ޤާނޫނު އަސާސީ ބަދަލުކޮށް "ސެކިއުލަރ ސްޓޭޓަކަށް" ދިވެހިރާއްޖެ ހަދަންވީ ވަޤުތު!

    6
    25
    • ޢަސްލު

      އިސްލާމްދީނުގެ ޙުކުމްތަކާ ޝިޢާރުތަކަށް ފާޅުގަ ގޮންޖަާ ހެދި މީހުންނަކީ މަށާ ޚިޔާލުތަފާތު މީހުންނެއް ނޫން (ޝަރީޢަތަކީ މަގޭ ޚިޔާލަށް އޮތްކަމެއް ނޫން)! އެއީ ﷲ ގެ ދީނާ އެކަލާނގެ ނަބިއްޔާ محمد ﷺ އަށް އިންކާރުކުރާ ލާދީނީ މީހުން. އިސްލާމްދީނުގެ ޢަދުވުން. ﷲ ގެ ޝަރީޢަތް ފުރިހަމައެވެ. އެޝަރީޢަތް محمد ﷺ ވަނީ ޢާލަމްތަކަށް ފުރިހަމަކޮށްދެއްވައިފައެވެ. މަގޭ ހިތް ރުހުނަސް އަދި ނުރުހުނަސް އޭގައިވާ އެއްޗަކާ ޚިޔާލުތަފާތުވާކަށް ނުޖެހޭ! އޭގައި އޮތީ ރުހި ފުރިހަމަޔަށް ކިޔަމަންވެ ބޯލެނބުމެވެ.

  13. ޢާދަނުބެ

    ތީ މިދުވަސްކޮޅު ކޮވިޑް ކަންތައްގަނޑާހުރެ ރައީތުން ސަރުކާރު ބޮލައްއަރާތީ ކުޅުނެ ގޭމެތް ނޫނީ މި ގައުކުގަ ތިބި ދީނީ މީހުން ދުއްވާލަން ކުޅުނު ޑުރާމާއެތް ނަސީދު އާ އޭނަ އައުވާނުން ވަރަށްރުޅި ދުރުވާނެ ދީނައް އުޅޭމިހުންދެކެ

    21
    1
  14. އައްޑޫ މީހާ

    ތިޔަ މީހަކު ހޯދަން މާބޮޑެތި މަސައްކަތެއް ކުރާކަށެއް ނުޖެހޭތާ ކެމެރާ ފުޓޭޖް ލިބިފައި ވާކަމަށް ވަންޏާ އަދި ތިޔަބުނާ ސައިކަލްގެ ރަޖިސްޓްރީ ނަމްބަރު ބަލާލީމަ ސައިކަލްގެ ވެރިފަރާތް އެނގޭނެ އެމީހަކާ ސުވާލު ކުރީމަ އެނގޭނެ ކާކުކަން ދުއްވީ

    17
    2
    • ބިންބި

      ކޭ ހާދަ މޮޅޭ

      1
      1
  15. ޒަބީބު

    އެތަނުގައި އިގިރޭސިވިލާތުގެ ފަތުރުވެރިއަކު އެވަގުތު ހުރުމަކީ ހަމަ އިއްތިފާގެއްބާ؟ ކޮވިޑްގެ މިހާލަތުގައިވެސް އިނގިރޭސި ފަތުރުވެރިން ހަމަ މާލޭ މަގުމަތީގަ އެވަރަށް އުޅޭބާ؟ ވީމާ އެތަނުގައި ހުރި އިނގިރޭސި ވިލާތުގެ ފަތުރުވެރިޔާ ދެނެގަނެވިއްޖެއްޔާ ވަރަށް ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ. ސަބަބަކީ މިފަދަ ކަމެއް ހިނގާ ކޮންމެ ވަގުތަކު އަބަދުވެސް އެފްއޯއެމް އަށް ނިސްބަތްވާ "އިނގިރޭސި ފަތުރުވެރިއަކު" އިއްތިފާގަކުން ނަޝީދު ހުންނަ ހިސާބުގަނޑުގައި ހުންނާތީ. އަދި އިނގިރޭސިވިލާތުގައި ނަޝީދު ހިންގާ ސިޔާސީ ހަރަކާތަތަކުގައި ވެސް ހަމަ "އެފަތުރުވެރިން" ތިބޭތީ. އެގޮތުން އެންމެ އަަވަހަށް އެ ޚަބަރު އަރާނީ ސްޓީލިންގް ޕެރަޑައިސް ގެނެސްދިން ޗެނަލްގެ ފަލަސުރުޚީ އަށް! ދެން އަރާނީ އިންގިރޭސިވިލާތުގެ "ޑެއިލީ މިރަރ" އާއި "ދަ ގާޑިއަން" އަށް. ދެން މިވާގޮތަ ވިސްނާ ފިކުރު ކުރާ ބަޔަކަށް ވަރަށް ސާފުވާނެ ދެއްތޮ!

    28
    1
  16. ގެސްޓް ސޯޓު

    ބަލަ ތުނބުޅި ނެތް މީހަކު މިހާރު ތާއްޖޭގައި މަދުވާނެ..ފުރަތަަމަވެސް ތުނބުޅިއޭ ބުނީމަ ބަޔަކު ޑްރާމާއެއް ކުޅެފަ ވަކި ބައެއްގެ ބޮލަށް ކަނޑާލާ ދެބޯގެރި ދުއްވަން އުޅޭހެން ވަރަށް ހީވޭ..

    26
    1
  17. ތުއްޓެ

    އައިސިސް އިން ދިން ހަމަލާއެއް ނަމަ ގޮއްވާލާނީ ތިޔަވަރުގެ ފަޓާހެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި ތިޔަހާ ފިނޑިކޮށް ފައިވާން އަތައް ނަގައިގެން ފިލަން ދުވާކަށްވެސް އެމީހުން ނުހަދާނެ. އެމީހުންގެ ތެރޭގައި ތިބޭނީ ބޯދޮވެލާފަ ތިބޭ ފިދާއީން. އެމީހުން ދުއްވާލަން ބޭނުންވާ މީހާ އާއި ގޮއްވާމީހާ އާއި ދެމީހުންގެ ފޮރެންޒިކް ހެކިވެސް ނުލިބޭވަރުގެ ބާރު އެމީހުން ގޮއްވާ އެތީގައި ހުންނާނެ. އެމީހުން ގޮއްވާލާ އެތި ގޮވާތަން ބަލަން "އިންގިރޭސި ފަތުރުވެރިން" ބައިތިއްބައިގެން އެމިހުން އެކަމެއް ނުކުރާނެ. އަދި އެމީހުން އެކަން ކުރާނީ ނަޝީދު ކެނެރީގެއިން ނިކުމެ ކާރަށް އަރާ ވަގުތަކުވެސް ނޫން. އެމީހުން ގޮއްވާލުމަށްފަހު ޒިއްމާ އުފުލާނީ ފިލާތިބެ ޑާކްވެބްގައި ޖަހައިގެނެއްވެސް ނޫން. އެމީހުން ޒިއްމާ އުފުލާނީ އަމިއްލަ ވެބްސައިޓްގައި ޖަހައިގެން. ގެއްލެމުންދާ ޕޮޕިއުލަރިޓީ ބޫސްޓްކުރަން ގޭތެރެއިން ރާވާ ހިންގާ ސްޓަންޓް އައިސިސްގެ ނިރުބަވެރި ހަމަލާތަކާއި ވަރަށް ތަފާތުވާނެ.

    30
    1
    • މިޝަން ފެއިލްޑް

      ސަތޭކައިގެ ވާހަކައެއް!!

  18. ނިހާ

    އަލްމަރުހޫމް އަފްރާޝިމް މަރާލި ބަޔަކުވެސް ފޫޓޭޖަށް އަރާފހުރީ.. އެކަމަކު އަދިވެސް އެބަޔަކު ނުހޯދެ...... ވަކިމީހެއްވީމަތ އެއިީ؟؟؟؟

    30
  19. މެން

    ރެއާދުވާލު ދިވެހިރައްޔިތުން ތަންތަންފަލާ މުދާތައްފޭރި ނިދުމުން މަހުރޫމުކުރާ އެތައްބަޔަކު މިރާއްގާއުލޭއިރު އަދި އެވާހަކަތައް ރޮއިރޮއިފަދައްކާއިރު މިއުޅޭ ސަލާމަތީ ބާރުތަކުން ކަންފަތްވެސް ހިރުވާވެސްނުލާ އެކަމަކު އެއުލޭ ސޮރު ޑުރާމައެއްކުޅޭއިރައް ހީވަނީ އަމަށަކު ކަމެއްހެ މިއޮތީވާ ކަމެއް.

    24
    2
  20. ހިސާމު

    ވަކި ބަޔެއްގެ ބޮލުގަ އަޅުވަން ހާދަ ފޯރިއެއް ހުރެޔޭ...ތީހަމަ ރާއްޖެއަށް އަށް އިންޱިއާ ސިފައިން އަރުވަން ޖެއްސި ސުޓަންޓް އަކަށް ވާނީ..އެމްޱީޕީ އިން ހިންގާ ޖަރީމާތަކާހެދި ތާއީދު ގެއްލިފަ އޮތީމަ ރައްޔިތުން ސިމްޕަތީ ކުރުވަނީ..ތުނބުޅި ލީ މީހުނޭ ކިޔާއރު ދީނަށް މަލާމަތް ކުރެވޭ ހިސާބަށް ދީއިރުވެސް ނޭންގެ..

    22
    3
  21. އަހަންމަދުު

    ދުވެފަދިޔައީޙަމާދިންމީހާކަންއެގުނީކިހިނެއްތޯ؟

    19
  22. ޕާޕާގެޕާޕާ

    މީހަމަ ޑުރާމާއެއް ބޭނުމަކީ އިންޑިޔާސިފައިން ބަޑިޔާ ބޮމާހިފައިގެން ބޭނުންގޮތަކައް އުޅުމައް މަގުފަހިކޮއްދިނުން ދިވެހިސިފައިންނާ ފުލުހުންނަކީ އެއްވެސް އެއްޗެއްނުދަންނަ ގަމާރުން ކަމައް ދެއްކުން ހެލްކޮޕްޓަރު ގަނޑެއްވެސް ތަހުގީގެއްވެސް ނުކުރެވޭ ބައެއްކަމުގަ ދެއްކުން ސިޔާސީ ރަންޑިތައް މިގައުމުގެ ފަހުރުވެރި ސިފައިންނާ ފުލުހުންގެ އަބުރާ އިއްޒަތް ނަގާލައިފި

    20
    1
  23. ހުދައިން

    ކޮނެމެ ބަޔަކު ނަމަވެސް އެއީ ކޮށްގެން ވާނެ ކަމެއް ނޫން އިސްލާމް ދީނަކި އަނިޔާވެ ރި ކަމަށް ތަ ރުހީބުދޭ ކަމެއް ނޫން، ނަފްސު ސަލާމަތް ކު ރުން އެއީ އިސްލާމް ދީން އެންމެ ބޮޑަށް ބާ ރު އަޅާ ކަންތައް

    11
    1
  24. ނަން

    ހާދަހާވާ އުފަލެއް މިމީހުން އެބަ ވެޔޭ ދޯ؟ ކަލޭމެންނަށް ލައިލަތުލް ގަދުރިވިލޭރޭ ކުރާކަށް ތިޔަށް ވުރެން ހެޔޮކަން ބޮޑުކަމެއް ނުފެނުނީތަ؟

    3
    12
    • ކަލޯ

      ކަލެއަށް ކިހިނެއް އެނގެނީ ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮބައިކަން

  25. ހުސޭނުބޭ

    އެމީހާގެ ތުބުޅި ނޫން އެއްޗެއް ފާހަގަނުވިދޯ ފޫޓޭޖަކުން. އަނެއްކާ ތުބުޅި ލީ އަންހެނެއްބާ؟

    17
  26. ގަންޖާ

    ކޮވިޑް މަރުތައް ގިނަވާތީ ސަމާލުކަން އަނބުރާލަން ޖައްސާފައޮތް ސްޓަންޓްއަކާ ވައްތަރީ... އަދި ކޮވިޑް މުޅިގައުމުގާ ފެތުރުނީ މި ފުރޭތަ ގެ އަމަލުތައް ހުރިގޮތުން. ދެން މިހާރު މީނަޔާ ދިމާލަށް އިނގިލި ދިއްނުކުރާނެ ނު...

    12
    1
  27. އަހުމަދު55

    މީވަރަށް ސަކަރާތްކޮއް ކުރާކަމެއް. ތަހުގީގުގަ ހިނގާ ހުރިހާކަމެއް ނޫސްތަކުގަ ޖެހީމަ ކުއްވެރިވާމީހާ އެވިޑެންސާ ޓެމޕާ ކުރާނެ. މިހެން ނަހައްދަވާ!

    4
    2
  28. ޑުރާމާ

    ތުބުޅި ލީމީހެއްވިޔަސް ނުލާ މީހެއް
    ވިޔަސް ދުވެފާނެ ދޯ ހަމަ. އެއްޗެއް ގޮވި ވަގުތު. މަވެސް ހަމަ ބާރަށް ދުވާނެ

    19
  29. ތަހުގީގު ކުރުމެއް ނެތި

    ފިނިފެންމާ ލޯންޗުގައި ވެސް ރައީސް ޔާމީނަށް އަމާޒުކޮށް ހަމަލާދީ އެއްޗެއް ގޮއްވާލި.. އެކަމަކު ތަހުގީގެއްވެސް ނެތި، އެހާ އަވަހަށް ވަގުުތުން އައިސިސްގެ ބޮލަށް ކަނޑާނުލާ އަދި ހާއްސަކޮށް އިންޑިއާާގެ މީޑިއާތަކުން!! އެހެންވީމާ ވަރަށް ސުވާލު އުފެދޭޭކަންކަންމީ!

  30. ޖާނޭ

    ޢަބުދުﷲ ޔާމީނު ހައްޖުން އެބުރި މާލެ ވަޑައިގަތް މަގުމަތީގައި ލޯންޗަށް ހަމަލާ ދިން މައަްސަލަ އާ ދައުވާ ނުކުރަން ސަރުކާރުން ނިއްމީ ކޮން އަސާސަކަށް ބައްލަވާފައި ތޯ؟ އެއީ ޓެރަރިސްޓް ހަމަލާ އަކަށް ވުވީ ކީއްވެގެންތޯ.

  31. ބުރާންތީ

    މިގައުމުގަ ހައްދު ފަހަނަ އަޅާފަ ތިބި ދެބާވަތެއް އެބަ އުޅޭ އެއްބަޔަކީ މިނިވަން އަންހެނާގެ އައުރަޔަކީ މޫނާ ދެއަތްތިލަ ނުން ހުރިހާ ތަނެއްކަން އެންގޭއިރު އެވަރުވެސް ނިވާނުވެ އުޅޭ މީހުން، ދެވަނަ ބަޔަކީ ރަސޫލާގެ ސުންނަތް އޮޅުވާލައިގެން އުޅޭ ދަންނަ ނުދަންނަ(އައި އެސް އެސް ވައްތަރު )މީހުން

  32. ޢިބްރާ

    ކޮބާ ތަ ސްކޫލުން ކުދިންކަނޑައިގެން ބޯދިގު ކޮށް ޖުއްބާ ލައްވައިގެން މުޅި މާލެކުޑަކުރާ މީހުންގެ މައްސަލަ އެޑިއުކޭސަނުން ފިޔަވަޅު ނާޅާ ޖެންޑާ އިން ނުބަލާ

  33. ކިނބޫ

    ހަމަލާ ދިންތަން ފެނޭތަ؟ ދުވެފަ މީހަކު ދިޔަސް އެއީ ހަމަލާ ދިން މީހާ ކަމެއް ނޭނގޭނެ. ބާރު އަޑެއް އިވުނީމަ ކައިރީގަ ތިބޭ މީހުން ދުވެފަ ދުރަށް ދާނެ. ހައްތަހާ ބޭޒާރެއްނު ތިވަނީ.