ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ރާއްޖޭގެ އިގްތިސޯދަށް ދިން ހަމަލާއެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސިފަ ކުރައްވައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާއެކު، މިރޭ ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެންމެ ފަހުން މައުލޫމާތު ލިބިވަޑައިގެންނެވި ގޮތުގައި، އެމަނިކުފާނު އިތުރު ސާޖަރީތަކެއް ހައްދަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ނަޝީދަށް ދެވުނު ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ދެވުނު ހަމަލާއެކެވެ. އަދި އެ ކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ފަސް ޖެހުމެއް އަޅުއްވާނެ ކަމުގެ ޔަޤީން ކަން ރައީސް ދެއްވިއެވެ.

"މިއީ ޑިމޮކްރަސީއަށާއި އިގުތިސޯދަށް ވެސް ދިން ހަމަލާއެއް. މިކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ބައިނަލް އަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތުން އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބުުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. ރައީސް ސޯލިހް ވަނީ ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތް ވެސް ކުރައްވައިފައެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި މިރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ.

މި ހަމަލާގައި ރައީސް ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށް ވެސް ފަރުވާ ދެމުންދާ އިރު، ސިފައިންގެ އެ މީހުނަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ވަނީ ދޫކޮށްލައިފައެވެ.

ރައީސް ނަޝީދާއި ސިފައިންގެ މީހުންގެ އިތުރުން އެ ސަރަހައްދުގައި އޭރު ތިބި ބައެއް އާންމުންގެ މީހުންނަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަމީލް

    ރައީތުން ބޮޑު ބަލި މަޑުކަމެއްގަ ހަނާވަމުން ދާއިރު މިޔޮއް ހައިދުވަހު ފިލާ އޮވެފަ މިރޭ ފެނުން ރޭވެސް ރައީތުންގެ ހާލާ ބެހޭގޮތުން ކަންބޮޑުވުމެއް ހިތާމައެއް ފާޅުނުކޮށް ބަހެއްވެސް ބުނެލީއަކީއެއްނޫން. މިވަރުގެ ލަދުކުޑަ ވެރިޔެއް ހުންނާނެތަ. ހަމަ މިހާރު އިސްތިއުފާދީ

    30
    • ޑީޑީ

      ދެން. ޞްރިޖު ވެސް ނޭޅޭނެ ... އިގްތިސާދު ހަލާކު ވީ ޔޯ... ގައުމު ހިންގަން ނޭގިގެން ދިމާވާ މުސީބާ ތީ

  2. ކިޔުންތެރިއެއް

    މާ ބޭކާރު ވާހަކަ ނުދައްކަވާ އިސްތިއުފާދެއްވާ. މިހާރުގެ ރާއްޖޭގެ ހާލަތު ބަދަލުކޮށްލަން ޖައްސަވާ ސުޓަންޓެއް. ލޮކްޑައުންކުރުވާފަ ރައްޔިތުން އަތްދޮއްނަން ގެއައް ފޮނުވާފަ ރައްޔިތުންގެ ރުފިޔާތަށް ބަނޑު އަޅާލަން އަނެއްކާވެސް ބޭނުންވަނީ ދައުރުނިމެންދެން. ދެންއޮށްނާނީ މުޅިންވެސް މިވާހަކަ.

    25
  3. ޙަހަހަހަހަހހަހަހ

    ޢިސްތިއުފަދީފަ ބޮންގޮއްވަން ދޭބަ އޖެންޑަ19 ގެ ދަށުނ ..މަކަ ރުވެ ރި. ޢިބިލީސްތައް

    21
  4. ފިކުރީ

    ޑިމޮކްރަސީ ކަމަށްވެދާނެ. އެކަމަކު އިގްތިސޯދާ ގުޅުމެއް ނެތް.

    24
    1
  5. މުހައްމަދު

    ޙަމަލާ ދިނެމީހާ ކަމަށް ތިބުނަނީ ހަމަލާ ދިން މަންޒަރު ފެނޭތޯ؟

    15
    1
  6. ކިނބޫ

    ތިއޭ މައްސަލައަކީ. ރާއްޖޭގެ ޑިމޮޖްރަސީއަކީޗެސް އިގްތިސާދަކީވެސް ނަޝީދެއް ނޫނޭ. ތިހާ ވަރަށް އޮޅުންބޮޅުން ވެފަ ތިބޭ ބަޔަކަށް ހެވެއް ނުވިސްނޭނެ.

    20
  7. ހުސޭނުބޭ

    ސޯލިބޭއަށް އެނގޭތަ މިތާ ޑިމޮކްރަސީއެއް އިޤްތިޞާދެއް އޮތްކަން. މުޅި ސިސްޓަމުގައި ބުއްޅަބޭގެ ދެފައި. އޭތަ ޑިމޮކްރަސީއަކީ. ކޮވިޑޭ ކިޔުާގެން ކަލޭ މުޅި ބަތުލްމާލު ތިހުރީ ދިރުވާލައިގެން. އެއީތަ އިޤްތިޞާދަކީ.

  8. ބަބުރެ

    މިތަނަށް އިގްތިސާދު މިބަސް ވެއްދީ ޖުމްލައިގެ ކާފިޔާ އާއި ފިލިކޯޅި އެއްގޮތް ކުރަންބާ ނުވަތަ ކީއްވެ ..؟ ވިސްނާލުން މުހިންމު.....!

  9. ގަބޭ

    މީމިހާތަނައް ދުނިޔޭގަހުރިހާ ބާރެއްއެއްކޮއްގެން އާވައްތަރެއްގެ ޑިމޮކްރަސީއެއް ހިންގާހަމައެކަނި ގައުމު

  10. ރިވެތި

    އަޅެފަހެ ކަލެޔައްއެގޭތަ ތިޔަކިޔާފަ ސުރުހީގަ ޖަހާނެއްޗެއް ހީހީ ހަލާކު ކޮންމެވެސް އެއްޗެއްކިޔަނީ