ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 24 ގަޑިއިރުގެ ތެރޭގައި ހަތް ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވެފައި ވަނީ ބިދޭސީއެކެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ދެވަނަ ބިދޭސީއެވެ.

އެންމެ ފަހުން ނިޔާވި މީހާއަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޮވިޑަސް ފައްސިވި 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ މާފުށީގައި ކަރަންޓީންގައި ބަހައްޓާފައި ހުއްޓައެވެ. މިއާއެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 81 އަށް އަރައިފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ ނިޔާވިއިރު، ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު ވަނީ ނިޔާވެފައެވެ. މިއަދުގެ ތިން ވަނަ އަށް ނިޔާވީ ރަސްދޫގައި ހުރި ފަތުރުވެރިއެކެވެ. ހަތަރު ވަނަ އަށް ނިޔާވީ ހުޅުމާލޭ ފެސިލިީގައި ފަރުވާ ދެމުން ދިޔަ 88 އަހަރުގެ ފިރިހެނެކެވެ.

ފަސްވަނަ އަށް ނިޔާވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ 97 އަހަރުގެ އަންހެނެކެވެ. ހަވަނަ އަށް ނިޔާވެފައި ވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗަށް ގެންދިޔަ އަންހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރުމޭ

  ހުރިހާވެސް ނުބަޔަކީ މި ސަރުކާރުގެ ފަރުވާކުޑަކަން. އިންޑިއާގަ އެތައްބައެއް މަރުވެ ބަލި ކޮންޓްރޯލުންނެއްޓިގެން ގޮއްސައޮއްވާ ޢެ ގައުމުން ބަލި ހިފައިގެން އަންނަހާބައެއް މިތަނައް އެތެރެކުރުން. މި ފެންނަނީ ވެރިންނަށް ކަނޑުކޮސް ގަމާރުން ހޮވީމަ ވާނެގޮތް

  33
  2
  • މޭރޫ

   މުޅި ދުނިޔޭގަވެސް ވެރިންނަށް ތިބީ މުޅިންވެސް ކަނޑުކޮސް ގަމާރުން. ކަލޭ އަށް އެކަނި ވިސްނެނީ. ޢެހެންވީމަ ކަލޭ މިބައްޔަށް ފަރުވާއެއްވެސް އުފައްދަންވީނު. ކޮންމެ ކަމަކަށްވެސް އަނގަ ގާޅާތި.

   3
   11
 2. ޔާނާ

  ފައިސާއަށްޓަކައި ގައުމެއްގެ ރައީތުން މަ ރުގެ ތުންފަތްމައްޗަށްލި ގައުމެއް މި ރާއްޖެ ނޫނީނެތް. އަދިވެސް ތި ބޯޑަ ރު ބަންދުކު ރަން ހިތަށްވެސްނާ ރާ. ސަ ރުކާ ރު އިސްތިއުފާ.

  7
  1
  • ޙގދ9

   ބޯޑަރު ބަންދު ކުރުމަށްވުރެ ފަރުދީ ޒިންމާ ނެގުން މުހިންމީ. އެ ޒިންމާ ނެގިނަމަ މިހެނެއް ނުވާނެ މިއަދު. ސަރުކާރަކަށް ގަދަކަމުން ހުރިހާ ކަމެއް ނުކުރުވޭނެ. މީހުން ވަކި ގޮތަކަށް އުޅެގެން ބަލި މެނޭޖްކުރެވެން އެބައޮތް އަދި އެކަން ގިނަ މީހުނަށް އިނގޭ. ޤަބޫލު ނުކުރުމާ އަމަލުނުކުރުމުގެ ސަބަބުން ދެރަ ގޮތްގޮތް ދިމާވީމަ ކާކަށްތަ ދެރައީ. އެންމެނަށް އަދި އެއްކަލަ ބަސްއަހައިގެން ގޭގަ ހުރި މީހާއާށްވެސް. މިގޮތަށް ވާހަކަ ދައްކާ މީހުން އުސޫލަށް ތަބާނުވެ މަގުމަތީ ގިނަވެގެން އުޅޭތަން ފެނިފަ މިހިރީ. ތި ވާހަކަ ނުދައްކާ ފަރުދީ ޒިންމާ ނަންގަވާ

 3. ލާހި

  2020ގައި ސިއްހީ މާހިރުން ބުނަމުން ދިޔައީ ކޮވިޑް 19 އަކީ ކުޑަކުދިންނަށް ޖެހޭ އެއްޗެއް ނޫނޭ ހަމައެކަނި ބޮޑެތި މީނަށޭ ޖެހެނީ، އެކަމަކު 2021 ގައި ސިއްހީ މާހިރުން މިހާރު ބުނަނީ ކޮވިޑް 2019 އެއީ ހުރިހާ މީހުނަށްވެސް ޖެހޭ ރޯގާއެކޯ ؟ ދެ އަހަރު ދެގޮތަށް ވާހަކަ ދައްކާ ބަޔެއް!

  5
  1
 4. ާްއަކީފް

  ޕިސް ޕިސް

 5. ކޮރަލް

  އަންނި ނުފޫޒް ބޭނުން ކޮށް ގަދަ ކަމުން އިންތިހާބު ބޭއްވީ އެވެ.