ގާނޫނޫ އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން އެމަނިކުފާނު ނެރުއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ، މިއަދު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އިއްތިފާޤަކުންނެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރުމުގެ އިތުރުން މިއަދުވަނީ މިކަމާ ގުޅުންހުރި އިތުރު ދެ ޤަރާރަކަށްވެސް ވޯޓަށް އަހާފައެވެ. އެއީ، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުގެ ހަތަރު މާއްދާއަކާއި މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ނިންމުމެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައިނުވާއިރު، ޖަލްސާ ފައްޓަވަމުން މަޖިީހުގެ ރައީސް ވިދާޅުވީ، މިއީ މަޖިލީހުގެ ޤަވާއިދުގެ 38 ވަނަ މާއްދާގެ ދަށަށް ފެތޭ ޖަލްސާއެއް ނޫންކަމުގައެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެޅިޔަނު

    ގްޑް

  2. ނީނާ

    ގައިމު އިއްޔެ ބުނި 43 މެމްބަރުން ބޭނުންވާނެޔޯ... އެކަމަކު 35 އަކުންވެސް ފާސްވޭ....

    • މަޖާ

      އެގޮތައް އަހަރެމެންގެ ޓެސްޓް ޕޭޕަރަށް ވެސް ހެދިނަމަ ދޯ... ގައިމުވެސް އޭ ލިބުނީސް ?

  3. ތިމަންނަ

    " ވިދާޅު ވުމަކީ " އެންމެ ފަހުގެ ( އިތުރަށް އެއަށް ބަދަލެއް ނުގެނެވޭ) " ސްޓީލް ކޮންކްރިޓް" އެއްޗަކަށް ވާއިރު ، ބޭކާރު ވަގުތުތަކެއް ނަގާލަން ކީއްކުރަން ބާއްވާ މަޖްލީހެއް

  4. ދޮށިމޭނާ

    ނޫނޭ 35ނުުުޫން38މެމްބަރުން ވޯޓުގައި ބައިވެރިވީ

  5. ސީނު

    ބަރާބަރު...ނާންނަބަޔަކު ނައިސްގެނޭކިޔާފަ ކަންކަން ނުކުރެވި ހުރެގެނެއްނުވާނެ.......ސެޕްޓެންބަރާ ހަމަޔަށް ކުއްލިހާލަތު ބާއްވަން ފެނޭ

  6. އަލީ

    ފާސް ނުުރެވޭނެ.

  7. އަހަންމާ

    އަންދާ ގާނޫނޫ. އުތުރު ކޮރެއާ ގާނޫނޫ. އިޒްރާއިލް ގާނޫނޫ

  8. ސާންތި

    43 މެންބރުނ ް ތިބެގެން މެނުވީ ތިނެގި ވޯޓު ސައްޚައެއްވެސް ނުވާނެ.

  9. މިނިވަންމީހާ

    ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަން ޖެހޭ ކޮންމެ އެއްޗެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓު މަޖިލީހުގައި ނަގާއިރު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން މަޖިލީހުގައި ތިބެ، އެވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ

    ޤާނޫނު އަސާސީއަށްވުރެ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 38 މާއްދާގެ ބާރުގަދައީތޯ؟

    އެމަޖިލީހުން ފާސްކުރާ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުން ނުހިމެނޭ ކަމަށް މަޖިލީހުގެ ރައީސް މަސީހު ވިދާޅުވިއިރު މީނައަށް ޤާނޫނު އަސާސީވެސްހަމަނޭގެނީދެއްތޯ، އޭގަ އެއްވެސްކަމެއް ވަކިވަކިން ބުނެފަކަނުވާނެ، އޭގަބުނަނީ "ރައްޔިތުން އެމައްޗަށް ޢަމަލް ކުރަން ޖެހޭ ކޮންމެ އެއްޗެއް" ފާސްކުރުމަށްޓަކައި ނަގާ ވޯޓު މަޖިލީހުގައި ނަގާއިރު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން މަޖިލީހުގައި ތިބެ، އެވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ

  10. ޖާނޫ

    ތިނެތި އެއްކޮން ބަދެލީމަ ދެން ކީޢްކުރަން ނަގާ ވޯޓެއްތޯ؟ ވަގުތުބޭކާރު، ފެންއިސްރާފު، ސައިބޯނި ބަރުބާދު

  11. ޖާނޫ

    ތިނެތި އެއްކޮން ބަނދެލީމަ ދެން ކީއްކުރަން ނަންގަވާ ވޯޓެއްތޯ؟ ވަގުތުބޭކާރު، ފެންއިސްރާފު، ސައިބޯނި ބަރުބާދު، މަޖިލިސް ބަދުނާމު ދެން ލަލަލާ، ޕަޕަޕާ.

  12. ނނނ

    ސަޅި!

  13. ދަވޭ

    ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމީ ގާނޫނާ ހިލާފަށް، އަމަލުކުރާކަށް ނުޖެހޭނެ ކަމަށް ތަމެންގެ އިދިކޮޅު އީގޯ ސިންޑްރޯމް ބަލި ޖެހިފައިވާ މީހުން ބުނި ނަމަވެސް އެއޮތީ ދިގު ދަންމާފައި ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. އަޅެ ކެރެންނާ އެކަކު ވެސް ބޯދިއްކޮށްލަބަލަ އެހާލަތާއި ޚިލާފަށް މުޒާހަރާ ކުރަން މާލޭގެ މަގުމައްޗަށް އަޅެ ނިކުމެލަ ބަލަ ކެރެންނާ. އަޅެ ނިކުމެލަ ބަލަ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އަދިވެސް އިތުރު ކުރާނަން ހަމަ ތެޅި ތެޅި ރަންރީނދޫ ޓްވިޓަރޭ ތަމެން ތިބެން ޖެހޭނީ. ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ. މަމެން މީ ހާކިމާއިންނޭ ތަމެން ތިޔާއީ ނޮން ހާކިމާއިންނޭ މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.